ކުޅުދުއްފުށީ ބަނދަރަށް ޕައިލެޓްބޯޓު ވަންނަނީ... ފޮޓޯ/އެމްޕީއެލް
ހަބަރު
03 Aug 2024 | 09:28
ބަންކަރިންގެ ހިދުމަތަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގް ބޯޓް ކުޅުދުއްފުއްޓަށް ގެންގޮސްފި

ރާއްޖޭގެ އެންމެ އުތުރުގައި ބަންކަރިންގެ ހިދުމަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން އެކަމަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގްބޯޓު ކުޅުދުއްފުއްޓަށް ގެންގޮސްފިއެވެ.

މިކަމާ ގުޅޭގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ، އުތުރުގައި ބަންކަރިން ފެށުމަށް ތައްޔާރުވުމުގެ ގޮތުން އެ ހިދުމަތަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގްބޯޓު، އިއްޔެގެ ވަގުތެއްގައި ކުޅުދުއްފުށީގައި ހުންނަ އެމްޕީއެލް ބަނދަރަށް ގެންގޮސްފައިވާކަމަށެވެ. އެމްޕީއެލްއިން ބުނީ، ބަންކަރިންގެ ހިދުމަތް ފެށުމަށްޓަކައި އެ އެކުންފުނިން ތާވަލްކޮށްފައިވާ ކަންކަން ހަމަޖެހިފައިވާ ގޮތަށް ކުރިއަށްދާކަމަށެވެ.

ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ހިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިޤްތިސާދީ ސިޔާސަތުގެ ތެރޭގައި ހިމެނޭޢ ވަރަށް މުހިއްމު ހިދުމަތެކެވެ. މިއީ ރާއްޖޭގެ އިޤްތިސާދު ޑައިވަރސިފައިކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ވަރަށް މުހިއްމު ބައެއްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ބަންކަރިންގެ ހިދުމަތާ ގުޅޭގޮތުން މިދިޔަ ޖުލައިމަހު ޕީއެންސީ މައި ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ، ސަރުކާރުގެ އަމާޒަކީ ކުރިއަށްއޮތް މަސްދުވަހުގެ ތެރޭގައި ބަންކަރިންގެ ހިދުމަތް ފެށުން ކަމަށެވެ. މި ހިދުމަތް ފެށުމަށްޓަކައި ވޭތުވެދިޔަ ދުވަސްތަކުގައި މުހިއްމު ބައެއް މަސައްކަތްތައް ކުރިއަށްގެންގޮސްފައިވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ޕައިލެޓް ބޯޓް ކުޅުދުއްފުށީ ޕޯޓަށް ގެނައުމުގެ ތެރެއިން.... ފޮޓޯ/އެމްޕީއެލް

މިގޮތުން އެސްޓީއޯއިން ބޮޑު 2 ޓޭންކަރު ގެނެސްފައިވާއިރު، އެމްއެންޑީއެފާއި އެކު އެސްޓީއޯއިން ޗާޓު އަޕްޑޭޓް ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށްވެސް ސައީދު ވިދާޅުވިއެވެ. މީގެ އިތުރުންވެސް ބަންކަރިން ފެށުމަށްޓަކައި ކަސްޓަމާއި އިމިގްރޭޝަނުންވެސް މުހިންމު ބައެއް މަސައްކަތްތައް މިހާރު ނިމުމަކާ ހަމަޔަށް އައިސްފައިވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ފެށި އެކަމުން ދައުލަތުގެ ބައިތުލްމާލަށް އާމްދަނީ ވަންނަން ފެށުމާއެކު، ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް މިހާރު އޮތް 6.5 ބިލިއަން ޑޮލަރުގެ ތެރެއަށް 400 މިލިއަން ޑޮލަރު އިތުރުވާނޭކަމަށް ސަރުކާރުން ބުނެއެވެ.

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓްގެ ދަށުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށް އެސްޓީއޯއާއި ވިޓޯލް ގުރޫޕާ ދެމެދު ޓާރމް ޝީޓް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، މިއަހަރުގެ މާޗުމަހުގެ ތެރޭގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.