މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު: ފޮޓޯ/ މަޖިލިސް
ހަބަރު
05 Aug 2024 | 13:34
އިންޝުއަރެންސް ހޯދުމަށްޓަކައި ދޮގު މައުލޫމާތު ދީފިނަމަ، ފަސްމިލިއަން ރުފިޔާއިން ޖޫރިމަނާ ކުރެވޭގޮތަށް ގާނޫނެއް!

އިންޝުއަރެންސް ހޯދުމަށްޓަކައި ތެދުނޫން މައުލޫމާތު ދީފިނަމަ އެއްލައްކަ ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭ އިންޝުއަރެންސްގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު އެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ބުނެފައިވަނީ، ރާއްޖޭގައި ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި އިންޝުއަރެންސް ވުޔަފާރި ހިންގުމަށއޓަކައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމުގެ ގޮތުން، އިންޝުއަރެންސް ކުންފުނިތަކާއި، އިންޝުއަރެންސް އިންޓަމީޑިއަރިންގެ ގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލައިސެންސް ދިނުމާ ގުޅޭ އުސޫލުތަކާއި، އެފަރާތްތައް ރެގިޔުލޭޓްކޮށް ސުޕަވައިޒް ކުރުމާ ގުޅޭ އުސޫލުތަކާއި، އެނޫންވެސް އިންޝުއަރެންސް ވިޔަފާރިއާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވައިލުމެވެ. 

މި ބިލު ހުށަހެޅުމުގެ މަގުސަދަކީ އިންޝުއަރެންސްގެ ދާއިރާގެ ފެންވަރު ހިފެހެއްޓުމަށްޓަކައި އިންޝުއަރެންސް ވިޔަފާރި ހިންގުމާއި އިންޝުއަރެންސްގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ވިޔަފާރީގެ ހަރުދަނާ އަދި ރައްކާތެރި އުސޫލުތައް އެކަށައަޅައި އެ އުސޫލުތަކާ އެއްގޮތަށް ވިޔަފާރި ހިނގާތޯ ބެލުން ކަމަށް ބުނެފައިވެއެވެ.

މި ބިލުގައިވާގޮތުން، އިންޝުއަރެންސް ހޯދުމަށް ގަސްދުގައި ސީދާކޮށް ނުވަތަ ނުސީދާކޮށް ތެދުނޫން މައުލޫމާތެއް ދީގެން ހައްގުނޫން މަންފާއެއް ހޯދުމާއި އެފަދަ މަންފާއެއް ހޯދަން އުޅުން އަދި އެފަދަ މަންފާއެއް ހޯދައިދިނުމަށް އެހީތެރިވެދިނުމަކީ މަނާ ކަމެކެވެ.

އަދި އެފަދައިން ހައްގުނޫން މަންފާ ހޯދަން އުޅެފިނަމަ އެކަމުގެ ކުޑަބޮޑުމިނަށް ބަލައި އެއްލައްކަ ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހުތިޔާރު މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ލިބިގެންވެއެވެ.

މީގެ އިތުރުން، މި ބިލުގައި ވަނީ އިންޝުއަރެންސް ކުންފުނި ނުވަތަ ގުޅިފައިވާ ފަރާތަކުން ގާނޫނާ ޚިލާފުވެއްޖެނަމަ އަޅާނެ ފިޔަވަޅުތައް ވެސް ބަޔާންކޮށްފައެވެ.

އެގޮތުން، އެފަރާތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ވަކި ހަރަކާތެއް ހުއްޓާލުމަށް އެންގުމާއި،އިތުރަށް ވިޔަފާރި ކުރިއަށް ގެންދިޔުމަށް ވަކި ޝަރުތުތަކެއް ކަނޑައެޅުން ހިމެނެއެވެ.

އަދި ހިއްސާދާރުންނަށް ފައިދާ ބެހުން މަނާކުރުން ނުވަތަ ބަހާ މިންވަރު ހުދޫދުކުރުމާއި، ކަނޑައަޅާ އަދަދެއްގެ ފައިސާ ވަކި މުއްދަތަކަށް ޑިޕޮސިޓްކޮށް ބެހެއްޓުމަށް އެންގުމުގެ އިތުރުން، އެފަރާތުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން ނުވަތަ ބޯޑުގެ އެހެން މެންބަރެއް، މަގާމުން ވަކިކުރުމަށް އެންގުންވެސް ހިމެނެއެވެ.

ހަމައެހެންމެ، ކުންފުނި އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމާއި، ވެފައިވާ ޚިލާފު ރަނގަޅު ވަންދެން ނުވަތަ އަމަލުކުރަންޖެހޭ ކަންކަމަށް އަމަލުކުރަންދެން ހިނގާ ކޮންމެ ދުވަހެއްގެ މައްޗަށް އެއްލައްކަ ރުފިޔާއަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުން ހިމަނާފައިވެއެވެ.

ހަމައެއާއެކު އިންޝުއަރެންސް ބިލުގައި ހިމެނޭ، މަނާ ކަމެއް ކުރުމުގެ ތުހުމަތުގައި އެ ފަރާތެއް ބަލާ ފާސްކުރުމަށް ހުރަސްއަޅައިފިނަމަ 75،000 ރުފިޔާއާއި 750،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

މި ބިލްގައި އިންޝުއަރެންސްގެ ވިޔަފާރި ބަހާފައިވަނީ ޖެނެރަލް އިންޝުއަރެންސް ވިޔަފާރި އަށާއި ލޯންގްޓާމް އިންޝުއަރެންސް ވިޔަފާރި އަށެވެ.

ޖެނެރަލް އިންޝުއަރެންސްގެ ވިޔަފާރީގެ ތެރޭޣައި ޖެނެރަލް ތަކާފުލް ވިޔަފާރި ހިމެނޭއިރު ލޯންގް ޓާމް އިންޝުއަރެންސް ވިޔަފާރީގެ ތެރޭގައި ފެމެލީ ތަކާފުލް ވިޔަފާރި ހިމެނެ އެވެ. ބިލްގައިވާ ގޮތުން ރާއްޖޭގައި އިންޝުއަރެންސްގެ ވިޔަފާރި ކުރެވޭނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިން ދޫކުރާ ލައިސަންސް ލިބިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.