ހައްދު ފަހަނަ އަޅާފައިވާ އިސްރާއީލުގެ ޖަޔެއް:ފޮޓޯ/އަނަޑޯލް
ދުނިޔެ
06 Aug 2024 | 10:43
ފަލަސްތީނުގެ ގައިދީންނާމެދު އިސްރާއީލުން ހިންގާ އަނިޔާވެރި އަމަލުތަކަކީ ހަނގުރާމައިގެ ކުށެއް: އެމްނެސްޓީ

ހައްދު ފަހަނަ އަޅާފައިވާ އިސްރާއީލުގެ ޔަހޫދީން ފަލަސްތީނުގެ ގައިދީންނަށް ހިންގަމުންދާ އަނިޔާވެރި އަމަލުތަކަކީ ހަނގުރާމައިގެ ކުށެއްކަމަށް އެމްނެސްޓީ އިންޓަނޭޝަނަލްއިން (އެމްނެސްޓީ) ބުނެފިއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިން މިހެން ބުނެފައި މިވަނީ އިސްރާއީލުގެ ދެކުނުގައި ހުންނަ ސްދޭ ޓެއިމަން ޖަލުގައި ބަންދުކޮށްފައި ތިބޭ ފަލަސްތީނު މީހުންނާމެދު އިސްރާއީލުން ހިންގާ އަނިޔާވެރި އަމަލުތަކެއްގެ ވާހަކަ މީޑިއާއަށް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމިއްޔާ އެމްނެސްޓީ އިންޓަނޭޝަނަލްގެ އިސް އޮފިޝަލެއްކަމަށްވާ އަދި މެދުއިރުމަތީ އަދި އުތުރު އެފްރިކާގެ ޑެޕިއުޓީ ރީޖަނަލް ޑިރެކްޓަރ ސާރާ ހަޝާޝް ވިދާޅުވީ، ސްދޭ ޓެއިމަން އަސްކަރީ ކޭމްޕާއި އެހެނިހެން ބަންދު މަރުކަޒުތަކުގައި ފަލަސްތީނުގެ ގައިދީންނާމެދު ހިންގާ އަނިޔާވެރި އަމަލުތަކާއި ނުރަނގަޅު ގޮތުގައި މުއާމަލާތްކުރާކަން އެމްނެސްޓީ އިންޓަނޭޝަނަލްއިން ފާހަގަކޮށްފައިވާ ކަމަށެވެ.

ހަނގުރާމައިގެ ހާލަތުގައި އަނިޔާވެރި އަމަލުތަކާއި ޖިންސީ އަނިޔާ ހިންގުމަކީ ހަނގުރާމައިގެ ކުށެއްކަމަށް ވެސް ސާރާ ހަޝާޝް ވިދާޅުވެފައިވެއެވެ.

އަދި މީގެ އިތުރުން ގާޒާ ސަރަހައްދުން އަތުލައިގަނެފައިވާ 27 މަދަނީ ފަރާތަކާ އެމްނެސްޓީ އިންޓަނޭޝަނަލްއިން އިންޓަވިއުކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި 20 ފިރިހެނުންނާއި 6 އަންހެނުންނާއި އެއް ކުޑަކުއްޖެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މީހުން ބަންދުކޮށްފައި ބެހެއްޓީ އަސްކަރީ ނުވަތަ އިސްރާއީލް ޕްރިޒަން ސަރވިސްގެ ބަންދު މަރުކަޒުތަކުގައި 2 ހަފްތާއިން ފެށިގެން 140 ދުވަހުގެ މުއްދަތަށް ކަމަށް ސާރާ ވިދާޅުވިއެވެ.

ބަންދުގައި ތިބި މުއްދަތުގައި އިސްރާއީލުގެ އަސްކަރިއްޔާއާއި އިންޓެލިޖެންސް އަދި ފުލުހުންގެ ފަރާތުން އަނިޔާވެރި އަމަލުތަކާއި ލާއިންސާނީ އަމަލުތައް ހިންގާފައިވާކަމަށް މި ހުރިހާ މީހުން ވެސް ބުނެފައިވާ ކަމަށް ސާރާ ހަޝާޝް ވިދާޅުވިއެވެ.

މީގެ ދެދުވަސް ކުރިން ހައްދު ފަހަނަ އަޅާފައިވާ އިސްރާއީލުގެ ޖަލުން ގާޒާގެ 80 މީހަކުވަނީ މިނިވަން ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.