ވަޒީރު ޚަލީލް މަޖިލީހުގެ ޖަލްސާގައި: ފޮޓޯ/ މަޖިލިސް
ހަބަރު
06 Aug 2024 | 10:37
ކުރީ ސަރުކާރުން ގިނައިން އިމާރާތް ކުރީ އޮފީސް ބައި؛ އަޅުގަނޑުމެން ކުރާނީ ހޮސްޕިޓަލުގެ ޚިދުމަތްދޭބައި: ވަޒީރު

ނިމިދިޔަ ސަރުކާރުން މައިގަނޑު ގޮތެއްގައި އިމާރާތް ކޮށްފައި ހުރީ ހޮސްޕިޓާތަކުގެ އޮފީސް ބައި ކަމަށާ، ނަމަވެސް މި ސަރުކާރުން ކުރާނީ ރައްޔިތުންނަށް ޚިދުމަތްދޭބައި ކަމަށް ސިއްހަތާބެހޭ ވަޒީރު ޑރ އަބްދުالله ޚަލީލް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލު ތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވަނީ ރައްޔިތުން ޚިދުމަތް ހޯދުމަށް އަންނަ ތަނަކީ އައު ތަނަކަށް ވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން މި ސަރުކާރުން އިކަމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

މައިގަނޑު ގޮތެއްގައި މިދިޔަސަރުކާރުން އިމާރާތް ކުރިއިރުގައި ހުރީ އޮފީސް އިމާރާތް ކޮށްފައި. އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑިވުމެއް. ޚިދުމަތްތަކެއް ދިނުމަށް ބަލާއިރު އަޅުގަނޑުމެންގެ ވިސްނުމަކީ، ރައްޔިތުން ޚިދުމަތް ހޯދަން އަންނަ އިމާރާތް ވާންވާނީ ޚިދުމަތްދޭ އެންމެ އައު އިމާރާތް ކަމަށް. އެހެންވީމާ ދެން ރަށްރަށުގައި އިމާރާތްކުރެވޭނީ ޚިދުމަތްދޭ އިމާރާތްތައް. އޭގެ މާނައަކީ ޑޮކްޓަރަށް ދައްކާ ފެސިލިޓީ ހުންނާނީ އެތަނުގައި. ލެބޯޓަރީ ހުންނާނީ އެތަނުގައި. 

ސިއްހަތާބެހޭ ވަޒީރު ޑރ އަބްދުالله ޚަލީލް 

ޚިދުމަތް ފޯރުކޮށްދިނުމަށް އައު އިމާރާތް އެޅުމަށްފަހު، ބައު އިމާރާތް ބޭނުން ކުރެވޭނީ އެހެނިހެން ޚިދުމަތްތަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރައްޔިތުން ޚިދުމަތް ހޯދުމަށް ވަންނަ ތަނަކަށް އެ ފަދަ ބައު އިމާރާތް ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ. 

މީގެ އިތުރުން، ހޮސްޕިޓާތަކާއި، ހެލްތު ސެންޓަރުތަކުގެ މަސައްކަތް ލަސްވާ ސަބަބަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މައިގަނޑު ގޮތެއްގައި މަސައްކަތް ލަސްވަނީ ފައިސާ ދޫކުރުމުގައި ލަސްތަކެއް ވަމުންދާތީ ކަމަށެވެ. އޭގެ ސަބަބުން އެކަމުގެ ބުރަ ކޮންޓްރެކްޓަރުންނަށްވެސް އުފުލަންޖެހޭ ކަމަށްވެސް ވިދާލޫވިއެވެ. 

އެހެންކަމުން، މި ސަރުކާރާއި ހަވާލުވުމަށްފަހު، ކޮންޓްރެކްޓަރުންނާއި ވަކިން ބައްދަލު ކުރެއްވުމަށްފަހު، ފައިސާ ދޫކުރުމުގެ ލުއިފަސޭހަ ގޮތްތަކެއް މަޝްވަރާކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.