ސިއްހަތާބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުالله ޚަލީލް : ފޮޓޯ/ މަޖިލިސް
ހަބަރު
06 Aug 2024 | 13:12
މިނިސްޓްރީ އާ ހަވާލުވިއިރު އެސްޓީއޯއަށް ދައްކަން ޖެހޭ 300 މިލިއަން ރުފިޔާ ހުރި: ޑރ.ޚަލީލް

މިނިސްޓްރީ ހިންގުމާ ހަވާލުވިއިރު ސިއްހީ އެކި ޚިދުމަތްތަކަށް ސްޓޭޓް ޓްރޭޑް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އަށް ދައްކަން ޖެހޭ 300 މިލިއަން ރުފިޔާ އޮތް ކަމަށް ސިއްހަތާބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުالله ޚަލީލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވަނީ ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ކޮންޒިއުމަބަލްސް ލިބުމުގައިވާ ދަތިތައް ކުރިމަތިވާކަން ފާހަގަކުރައްވައި އެކަން ހައްލުކުރަން ކުރާ މަސައްކަތާ ގުޅޭގޮތުން ސުވާލުކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ޚަލީލް ވިދާޅުވީ ކޮންސިއުމެބަލްސް ހުސްވުމުގެ މައްސަލަ ހައްލުކޮށް، މެދުނުކެނޑި ކޮންސިއުމެބަލްސް ލިބޭނެ މަގުފަހި ކުރުމަށްޓަކައި އެސްޓިއޯއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ހޮސއޕިޓާތަކަށް ކޮންސިޔުމަބަލް ފޯރުކޮށްދިނުމުގެ މަސައްކަތްކުރާ، އެސްޓީއޯއަށް ދައްކަންޖެހޭ ފައިސާ ތަކެއް ހުރިކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. 

އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު އެސްޓީއޯއަށް ދައްކަންޖެހޭ ގާތްގަނޑަކަށް 300 އެއްހާ މިލިއަން ރުފިޔާ އޮތް. އެއީ ކޮންސިއުމަބަލްސް ރީއޭޖެންސްޓްސް. އަދިވެސް އެހެން ސިއްހީ ދާއިރާއާ ގުޅުންހުރި ބައެއް ޚަރަދުތަކުގެ. ނަމަވެސް މިހާރު ބޮޑުބައެއް ދައްކައިފިން.

ސިއްހަތާބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުالله ޚަލީލް 

މިނިސްޓަރު ވިދާޅުވީ އެސްޓީއޯއަށް ދައްކަން ޖެހޭ ފައިސާގެ ބޮޑުބައި ދެއްކުމުންވެސް ކޮންސިއުމެބަލްސް ފޯރުކޮށްދިނުމަށް އެސްޓީއޯއަށް މިހާރު ފަސޭހަ ވެގެންދާނެ ކަމަށެވެ. 

މީގެއިތުރުން، މިނިސްޓަރު ވިދާޅުވީ އެ ކޮންސިޔުމަބަލްސް ލިބުމަށް ދަތިވުމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ގެނައުމަށް ޚާއްސަ ސޮފްޓްވެއާއެއް ޑިވެލޮޕް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެ ސޮފްޓްވެއާ މެދުވެރިކޮށް ހޮސްޕިޓަލުތަކާއި ސިއްހީ ޚިދުމަތް ފޯރުކޮށްދޭ އެހެނިހެން ތަންތަނުން ހުސްވާ ސާމާނުތަކާއި އިތުރަށް ބޭނުންވާ ތަކެތި ދެނެގަނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.