ޣައްޒާ: ފޮޓޯ: ޓެލެގުރާމ
ދުނިޔެ
06 Aug 2024 | 15:24
ގަތުލު ޢާއްމަށް 300 ދުވަސް:ވޭތުވެ ދިޔަ ދުވަސް ތަކުގައި ޣައްޒާގެ ސިއްހީހާލަތު

ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން ޣައްޒާއަށް ދެމުން ދާ އުދުވާނީ ހަމަލާތަކަށް 300 ދުވަސްވެފަވާއިރު ސިއްހީދާއިރާގެ ހާލަތުގެ ތަފާސް ހިސާބުތަށް ޣައްޒާގެ ހެލްތް މިނިސްޓްރީއިން އާންމު ކޮށްފިއެވެ.

މިދިޔަ އަހަރު އޮކްޓޯބަރު މަހު 7 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ މި ގަތުލުއާއްމަށް މިހާރު 304 ދުވަސް ވަނީވެފައެވެ. 

މި ނިރުބަވެރި ހަމަލާތަކުގައި 39،480 މީހުން ޝަހީދު ކޮށްލާފައިވާއިރު 32،280 ޝަހީދުން ހޮސްޕިޓަލާހަމައަައް އައިސްފާވާކަމަށް ސިއްހީ ވުޒާރާއިން ނެރެފައުވާ ތަފާސް ހިސާބުތަކުން ދައްކައެވެ.

މީގެތެރެއިން 32.9 އިންސައްތަ 10،627 އަކީ ކުޑަކުދިން ކަމަށްވާއިރު، އޭގައި 663 އެއްއަހަރު ނުވާކުޑައުދިންވެސް ހިމެނެއެވެ. ތަފާސް ހިސާބުތަކުން އެނގޭ ގޮތުން ޣައްޒާގެ 1 އިންސައްތަ ކުޑަކުދިން ވަނީ މި ގަތުލުޢާއްމުގައި ޝަހީދު ކޮށްލާފައެވެެ

މީގެ އިތުރުން 5،959 އަންހެނުން ޝަހީދު ކޮށްލާފައިވާއިރު 2،770 ދުވަސްވީމީހުން ޝަހީދުކޮށްލާފައިވާކަމަށް ވެސް މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ. އަދި 12،920 ފިރިހެނުން ވަނީ ޝަހީދު ކޮށްލާފައެވެ.

ޝަހީދުންގެ ތެރެއިން 60 އިންސައްތައަކީ އަންހެނުނާއި ކުޑިކުދިންނާއި އުމުރުން ދުވަސްވީ މީހުންނެވެ.

މީގެ އިތުރުން، މިހާތަނަށް 91،128 މީހުންވަނީ ޒަހަމްވެފައެވެ. މީގެ ތެރެއިން 64،407 މީހުނަށް ފަރުވާދެވިފައިވަކަމަށް ވެސް އެެވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ޣައްޒާގެ ހެލްތް ސެކްޓާގެ 38 ހޮސްޕިޓަލުގެ ތެރެއިން 22 ހޮސްޕިޓަލެއްގެ ޚިދުމަތް ހުއްޓިފައިވާއިރު، ޕްރަމްރީ ހެލަތް ކެއަރ 90 ސެންޓަރުގެ ތެރެއިން މިހާރު ޚިދުމަތްދެވެނީ އެންމެ 26 ސެންޓަރެވެ. އަދި މީގެ އިތުރުން 130 އެންބިއުލާންސެއް ވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކު ކޮށްލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.