ޝަހީދު އިސްމާއިލް ހަނިއްޔާ (ވ) އާއި ޔަހްޔާ ސިންވާރު (ކ): ޕޮޓޯ/ ޓެލެގުތާމް
ދުނިޔެ
07 Aug 2024 | 10:00
ޝަހީދުވި ހަނިއްޔާ ހުންނެވި މަގާމަށް ޔަހްޔާ ސިންވާރު ހަމަޖައްސަވައިފި

ފަލަސްޡީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ލީޑާރު ޝަހީދު އިސްމާއިލް ހަނިއްޔާ ހުންނެވި މަގާމަށް ޔަހްޔާ ސިންވާރު ހަމަޖައްސަވައިފައިވާކަމަށް ހަމާސްއިން ބުނެފިއެވެ.

 ޣައްޒާގައި ދިރިއުޅުއްވާ ކޮމާންޑަރު ޔަހްޔާ ސިންވާރު އެ ޖަމާޢަތުގެ އައު ސިޔާސީ ލީޑަރުކަމަށް ހޮވާފައިވާކަން އިއުލާނު ކުރީ އަންގާރަ ދުވަހުގެރޭ ހަމާސް އިން ނެރުނު ބަޔާނެއްގައެވެ.

ކޮމާންޑަރު ޔަހްޔާ ސިންވާރު އެ ޖަމާޢަތުގެ އައު ސިޔާސީ ލީޑަރުކަމަށް ހޮވާފައިވަނީ ޝަހީދު އިސްމާޢީލް ހަނިއްޔާ އީރާނުގެ ވެރިރަށް ތެހުރާނުގައި ހުންނަކަވިކޮށް ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ޔަހޫދީން ދިން ހަމަލާއެއްގައި ޝަހީދުވުމާގުޅިގެންނެވެ.

ކޮމާންޑަރު ޔަހްޔާ ސިންވާރު ވަނީ ޙަރަކާތުގެ ސިޔާސީ ބިއުރޯގެ އިސްވެރިޔާގެ މަޤާމަށް ހޮވިފައި، ޝަހީދުވި ލީޑަރު އިސްމާޢީލް ހަނިއްޔާއަށް، الله ރަޙުމަތް ލައްވާށި.

ހަމާސް

ހަނިއްޔާ ޝަހީދުކޮށްލީ ޖުލައި 31 ވަނަ ދުވަހުގެ ފަތިހު އޭނާ ދިރިއުޅުނު ގެއަށް ދިން ހަމަލާއެއްގައެވެ. މިހަމަލާ ދީފައިވަނީ އީރާނުގެ އަލަށް އިންތިޚާބުވި ރައީސް މަސްޢޫދު ޕެޒެޝްކިއަންގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ތެހުރާނަށް ހަނިއްޔާ ވަޑައިގަތުމުންނެވެ.

މިއީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ފެށުނު އަޤްޞާ ފްލަޑް އޮޕަރޭޝަނަށްފަހު އިސްރާއީލުން ޝަހީދުކޮށްލި ހަމާސްގެ ދެވަނަ އިސްލީޑަރެވެ. ފުރަތަމަ ލީޑަރަކީ ޝަހީދުކޮށްލީ 2024 ވަނަ އަހަރުގެ ޖެނުއަރީ 2 ގައި ބައިރޫތުގެ ދެކުނުގައި ދިންހަމަލާއެއްގައެވެ. އެއީ ހަމާސްގެ ސިޔާސީ ޖަމާއަތުގެ މެންބަރެއްކަމުގައިވާ ޞަލާޙް އަލް-އަރޫރީއެވެ.

ހަމާސްގެ އިސް އަސްކަރީ ކޮމާންޑަރު ޔަޙްޔާ ސިންވާރުއަކީ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާ ކަމަށްވާ އަޤްޞާ ފްލަޑް އޮޕަރޭޝަންގެ މައިގަނޑު ފަރުމާކުރި ފަރާތްތަކުގެ ތެރެއިން އެންމެ އިސް އެކެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.