މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުالله: ފޮޓޯ/ މަޖިލިސް
ހަބަރު
07 Aug 2024 | 10:51
ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތައް މިފަހަރުގެ މަޖިލީހުން އަދާކުރާނެ: އަބްދުއްރަޙީމް

20 ވަނަ ރައްޔިތުންގެ މަޖިލީހުން، މަޖިލީހުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރާނެ ކަމުގެ ޔަގީންކަން، މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުالله ވިދާޅުވެއްޖެއެވެ. 

ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީ ތަސްދީޤުކުރިތާ 16 އަހަރު ފުރުމާއި ގުޅިގެން އެކަމަށް އަލިއަޅުއްވާލައްވައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަޙީމް ވަނީ، ޤާނޫނު އަސާސީ އެކުލަވައިލުމުގެ މަސައްކަތް ކުރެއްވި ޚާއްސަ މަޖިލީހުގެ ހުރިހާ މެންބަރުންނަށާއި އެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވައިދެއްވި، މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށް އެމަނިކުފާނު ޝުކުރު އަދާކުރައްވާފައެވެ. 

މިއާއެކު އަބްދުއްރަހީމް ވިދާޅުވީ ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ހައްގުތައް ކަށަވަރު ކުރައްވައި، އެއިން މަޖިލީހަށް މަތިކޮށްފައިވާ ވާޖިބުތައް އަދާކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަރުއްވާފައެވެ. 

"ޤާނޫނުއަސާސީން އަޅުގަނޑުމެންނަށް ލިބިދީފައިވާ ޙައްގުތައް ކަށަވަރުކުރުމުގައި އަދި ރައްޔިތުންގެ މަޖިލީހުން މަތިކޮށްފައިވާ ވާޖިބުތައް އަދާކޮށް މުއައްސަސާތައް ޖަވާބުދާރީ ކުރުވައި ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތު މި މަޖިލީހުން އަދާކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރުވަން."

މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުالله 

މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީ އެކުލަވައިލުމުގެ މަސައްކަތް ރައްޔިތުންގެ ޚާއްސަ މަޖިލީހުން ފެށީ 2004 ވަނަ އަހަރުއެވެ. އެ މަސައްކަތް ނިންމާލުމަށްފަހު، އެ ޤާނޫނުއަސާސީ ތަސްދީޤުކޮށްފައިވަނީ 7 އޯގަސްޓް 2008ގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.