މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް: ފޮޓޯ/ މަޖިިލިސް
ހަބަރު
07 Aug 2024 | 13:10
ފަސޭހައިން ޤާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ގޮތެއް ހަދަންޖެހޭ: ޤާސިމް

ފަސޭހައިން ޤާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ގޮތެއް ހެދުމަކީ މުހިިންމު ކަމެއްކަމަށް މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، ޤާސިމް ވިދާޅުވީ، ރާއްޖޭގައި މިހާރު އަމަލު ކިރެވެމުންދާ ޤާނޫނުއަސާސީއަށް މިއަދު 16 އަހަރު ފުރޭއިރު. އެ ގާނުނު އަސާސީ އެކުލަވައިލެވުނު ފަހުން ދެ ފަގަރެއްގެ މަތީން ގާނުނު އިސްލާހުކުރެވިފައިވާ ކަމަށެވެ.

އަދި އެކަން ކޮށްފައިވަނީ ވަރަށް ފަސޭހަކަމާއެކުކަން ފާހަގަކުރައްވައި އޭނާވަނީ ކުރިން އެހާ ފަސޭހައިން ޤާނޫނުއަސާސީ ބަދަލުނުކުރެވޭ ކަމަށް ވިދާޅުވެފައެވެ.

“އެކަމަކު އެދުވަސްވަރު ޤާނޫނުއަސާސި ނިމިގެންދިޔައިރު އޮންނަނީ އެހާ ފަސޭހައިން ޤާނޫނުއަސާސީއަށް ބަދަލުގެނެވޭ ގޮތަކަށް ނޫން. ޤާނޫނަކަށް ބަދަލު ގެނެވޭގޮތަށް ޤާނޫނުއަސާސީއަށް ނުކުޅެވޭގޮތަށް އޭރު އޮންނަނީ. ރައްޔިތުންގެ ޚާއްސަ މަޖިލިސް އެއްކޮށްގެން އެކަން ކުރެވެނީ.”

މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް

ޤާސިމް ވިދާޅުވީ މަޖިލީހުގެ 75 އިންސައްތަ ވޯޓުން ޤާނޫނުއަސާސީ އިސްލާހުކުރެވޭ ގޮތަށް އޮންނަނަމަ އޭގެން ނުރަނގަޅު ނަތީޖާއެއް ނުކުމެދާނެ ކަމަށެވެ.

“ޤާނޫނުއަސާސީ އިސްލާހު ކުރުމަށްޓަކައި މިރައްޔިތުންގެ މަޖިލީހަށް މިހާރު ލިބިފައިވާ ހުރިހާ ބާރުތަކެއް، އެގޮތަށް އޮތުމުގެ ބަދަލުގައި ކޮންމެވެސް މެކޭނިޒަމެއް އެބަލާންޖެހޭ އެހާފަސޭހައިން އެކަން ނުކުރެވޭނެ މެނޭނިޒަމެއް.”

މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް

އެހާ ފަސޭހައިން ޤާނޫނުއަސާސީއަށް އިސްލާހު ނުގެނެވޭނެ ގޮތަށް ހަދަންޖެހެނީ، ބަޔަކަށް މަޖިލީހުގެ މެޖޯރިޓީ ލިބި، ޤާނޫނުއަސާސީގައިވާ އަސާސީ ހައްޤުތަަކަށް ނުވަތަ އެހެންވެސް މުހިންމު މާއްދާތަަކަށް ބަދަލެއް ގެނެސްފާނެތީކަމަށް ޤާސިމް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ދީނަކީ އިސްލާމްދީން ކަން ކަނޑައަޅާފައިވާ މާއްދާ ފަދަ މާއްދާއަށް ބަދަލެއް ގެނައުމުގެ ފުރުސަތު އޮތްކަން އޭނާ ފާހަަގަ ކުރެއްވއިެވެ.

މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީ އެކުލަވައިލުމުގެ މަސައްކަތް ރައްޔިތުންގެ ޚާއްސަ މަޖިލީހުން ފެށީ 2004 ވަނަ އަހަރުއެވެ. އެ މަސައްކަތް ނިންމާލުމަށްފަހު، އެ ޤާނޫނުއަސާސީ ތަސްދީޤުކޮށްފައިވަނީ 7 އޯގަސްޓް 2008ގައެވެ. އެ މަސައްކަތް ކުރެވުނު އިރު ޚާއްސަ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ ގާސިމެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.