ޣައްޒާ: ފޮޓޯ/ ޓެލެގުރާމ
ދުނިޔެ
08 Aug 2024 | 15:40
އިސްރާއީލުން ޣައްޒާގެ މެދުތެރެއަށް ހަމަލާދީ އެތައްބައެއް ޝަހީދު ކޮށްލައިފި

ހައްދު ފަހަނަ އަޅާފައިވާ އިޒްރާއީލުގެ ޔަހޫދީން ޣައްޒާގެ މެދުތެރޭގައި އޮންނަ އަލް-ބުރައިޖް ރެފިއުޖީ ކޭމްޕްގެ އިރުމަތީ އޮންނަ ބޮލޮކް 12 ހުންނަ އަބޫ މަންޒިލް އަބޫ އިޔާދު ނިޝްވާންގެ ގެއައް ދިންހަމަލާގައި އެތައްބައެއް ޝަހީދުވެއްޖެެއެވެ.

މިއަދު މެންދުރު ރާއްޖޭ ގަޑިން 13:25 ހާއިރު ދިން މި ހަމަލާގައި 15 މީހަކު ޝާހީދުވެ، އެތަބައެއް ޒަހަމްވެފައިވާކަމަށް އަލް-ޖަޒީރާއިން ބުނެފައިވެއެވެ.

ފަލަޞްޠީނުގެ ސިވިލް ޑިފެންސްއިން ހާމަކޮށްފައިވާ ގޮތުން މިހަމަލާގައި 2 އަހަރުނުވާ ކުޑަކުއެޖެއްކަމުގައިވާ ޖޯން ޔޫސުފް ޒަޔިނާ ވަނީ ޝަހީދުވެފައެވެ.

އަދި މިއަދު ހެންދުނުން ފެށިގެން މިހާރާ ހަމައައް 31 މީހުން ޝަހީދުކޮށްލާފައިވާ ކަމަށްވެސް އެ ވުޒާރާއިން ވަނީހާމަކޮށްފައެވެ.

މީގެ އިތުރުން މިދިޔަ 24 ގަޑިއިރުތެރޭގައި 4 ގަތުލުއާންމެއް ހިންގައި 22 މީހެއްް ޝަހީދުކޮށްލައި 77 މީހުން ޒަހަމްކޮށްލާަފައިވާ ކަމަށް ފަލަސްޡީނުގެ ހެލްތް މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.

އަދި މިއަދު ހެދުނުން ފެށިގެ މިހާރާހަމަޔަށް ޣައްޒާގެ އުތުރުން އެކަނިވެސް 12 މީހަކު ޝަހީދު ކޮށްލާފައިވާކަމަށް އެ ވުޒާރާއިން ވަނީހާމަކޮށްފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ހައްދުފަހަނައަޅާފައިވާ ޔަހޫދީން، ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާއްމުގައި މިއަދާ ހަމައައް 39،699 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.

އަދި މި ލާއިންސާނީ އުދުވާނުތަކުގައި 91،722 މީހުން ޒަހަމްކޮށްލާފައިވާކަމަށް ޣައްޒާގެ މިނިސްޓްރީ އޮފް ހެލްތް އިން ވަނީ ހާމަކޮއްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.