ރައީސް ނަޝީދު އާއި ރައީސް ސާލިހް... ފައިލް ފޮޓޯ
ހަބަރު
10 Aug 2024 | 17:43
އިންޑިއާ މައްސަލާގައި ރައީސް ނަޝީދު ވިދާޅުވަނީ، އެމްޑީޕީގެ ހިތް ސާފުނޫންކަމަށް

އަވައްޓެރި އިންޑިއާ އާއި ރާއްޖެއާ ދެމެދު ބަދަހި ގުޅުމެއް އޮތުމަށް އެދޭ ފަރާތްތަކުން އެ ޤައުމާ ދޭތެރޭ އަދުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ތާއީދުކުރަންޖެހޭނޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕާޓީ އެމްޑީޕީން އެންމެފަހުން ބޭއްވި ޤައުމީ މަޖިލީހުގައި ޢަބްދުﷲ ޝާހިދު އިންޑިއާ މައްސަލާގައި ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ބަދަހި އިންޑިއާ ރާއްޖެ ގުޅުމަށް އެދޭ ފަރާތްތަކުން ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލަށް މަރުހަބާ ނުކިޔައި ކުރިން ކަންކުރެވިފައިވާ ގޮތް ފާހަގަކޮށް ސަރުކާރަށް މަލާމަތްކުރާނަމަ އެކަމުން ދޭހަވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ގުޅުން ބާއްވަން ބޭނުން ނުވާކަމަށެވެ.

އެ ބޭފުޅުން(އެމްޑީޕީ) ބޭނުންވަނީ ސިޔާސީ ޕޮއިންޓް ހޯދުން.އުސޫލުގައި ނުހިފެހެއްޓޭކަން

 ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވިއެވެ.

ރާއްޖޭގެ ހާރިޖީވަޒީރު މޫސާ ޒަމީރުގެ ދައުވަތަކަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅާ ބެހޭގޮތުން، އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވާހަކަދައްކަވަމުން ޢަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ، މި ސަރުކާރުން މީގެ ނުވަމަސްދުވަސް ކުރިން އިންޑިއާ އައުޓް ގޮވައި، އިންޑިއާ އާއެކު ގުޅެން ބޭނުން ނޫންކަމަށް ވިދާޅުވެފައިވާކަމަށެވެ.

ނަމަވެސް އުއްމީދުކުރަނީ އިންޑިއާ އާއެކު އޮތް ގުޅުން މި ވެރިކަމުގައި ރަނގަޅުވެގެން ދިއުންކަމަށާއި، މި ސަރުކާރުން އިންޑިއާ އާ ގުޅެން ނިންމީ ބޭރުގެ އެއްވެސް ޤައުމަކުން އެއްވެސްކަހަލަ އެހީތެރިކަމެއް ނުލިބި ގޮތްހުސްވުމުންކަމަށް ޝާހިދު ވަނީ ސިފަކުރައްވާފައެވެ.

ޝާހިދު އެގޮތަށް ވިދާޅުވިނަމަވެސް ރައީސް ޑރ.މުއިއްޒުގެ ސަރުކާރުން އަންނަނީ ޗައިނާ، ތުރުކީގެ އިތުރުންވެސް ބައިނަލްއަޤްވާމީ ޤައުމުތަކާމެދު އިޤްތިސާދީ އަދި އުމްރާނީ ގުޅުންތައް ބަދަހިކުރަމުންނެވެ. މިގޮތުން ދާދިފަހުން ޗައިނާ ސަފީރު ވެންގް ލިޒިން ދާދިފަހަކުން ވަނީ ރާއްޖެއިން އެދުނު ކޮންމެ ކަމެއްގައި އެހީތެރިވެދޭނޭކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
އެކްސިންޑެންޓަށްފަހު ފިލި ދޯނި ހޯދައި، ކެޕްޓަންގެ ލައިސަންސް ހިފަހައްޓައިފި
މާލޭ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓަށްފަހު މަޑުނުކޮށް ފިލި ދޯނި ހޯދައި، އެ ދޯނީގެ ކެޕްޓަންގެ ލައިސަންސް ހިފަހައްޓައިފިއެވެ.
24 Aug 2026
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ އެމްޑީކަމުގެ މަގާމުން ޝިއުރީ އިސްތިއުފާ ދެއްވައިފި
ޝިއުރީ މިއަދު އިސްތިއުފާ ދެއްވިއިރު އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއް ނުވެއެވެ.
24 Aug 2026
ރިސޯޓުތަކުން ޑޮލަރު މާރުކުރަންޖެހޭ ނިސްބަތް ދެ ގުނައަށް އިތުރުކުރަނީ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީން 40 އިންސައްތަ ދިވެހި ބޭންކުތައް މެދުވެރިކޮށް މާރުކުރުން ލާޒިމުކުރާ ގޮތަށް ބޭރު ފައިސާގެ ޤާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމައިފައިވާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
24 Aug 2026
ޑޮލަރުން މުސާރަދިނުން ހުއްޓުވައި، ހުރިހާ މުޢާމަލާތެއް ރުފިޔާއިން ކުރާގޮތް ހަދަނީ
ރާއްޖޭގެ އެތެރޭގައި ޑޮލަރުން މުސާރަ ދިނުމާއި ޚިދުމަތްތަކަށް ޑޮލަރުން އަގު ނެގުން ހުއްޓުވައި 2030 ވަނަ އަހަރާ ހަމައަށް އެންމެހައި މުއާމަލާތްތައް ދިވެހި ރުފިޔާއިން ހިންގާ ނިޒާމަކަށް ބަދަލުކުރުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަމާޒެއް ކަމަށް ގަވަރުނަރު އަޙްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
24 Aug 2026
‏މަނީ އެކްސްޗޭންޖަރުންނަށް ފައިސާ ފޯރުކޮށްދެނީ ޑޮލަރުން އާމްދަނީ ލިބޭ މަޝްހޫރު ރިސޯޓުތަކުން: އިޙްސާން
ކަޅުބާޒާރުގައި ޑޮލަރު މާރުކުރާ ފަރާތްތަކަށް ބޭރު ފައިސާ ފޯރުކޮށްދެނީ ރާއްޖޭގެ ބޮޑެތި ރިސޯޓުތަކާއި ޑޮލަރުން އާމްދަނީ ހޯދާ ވިޔަފާރިތަކުން ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
24 Aug 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ތަންތަން ބަލައި، އެއްތަން ބަންދުކޮށްފިން
ވަޒީރުންގެ މަޖިލީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، މެދު އިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް ދަށްވި ނަމަވެސް، ރާއްޖެއަށް ބޭރު ފައިސާ ވަންނަ ނިސްބަތް %1 އިތުރުވެފައިވާ ކަމަށެެވެ. އަދި ދަތި ތަކާއެކުވެސް ރާއްޖޭގެ ރިޒާވް މަތި ކުރެވޭތޯ ގިނަ މަސައްކަތް ތަކެއް ކުރެވެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.