މި މައްސަލައާ ގުޅިގެން ފުލުން އާންމު ކޮށްފައިވާ ފޮޓޯއެއް --- ފޮޓޯ: ފުލުހުން
ހަބަރު
10 Aug 2024 | 21:12
ޖަލަށް ޑްރަގު ވައްދައިދިން ކަމަށް ތުހުމަތުވި 13 އޮފިސަރުންނަށް ދައުވާކުރަން ފޮނުވައިފި

ޖަލުތަކަށް މަސްތުވާތަކެތި ވެއްދިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު 13 އޮފިސަރުންނަށް ދައުވާކުރަން ފޮނުވައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ 13 އޮފިސަރުންގެ މައްސަލަ ތަހުގީގުކޮށް ނިންމުމަށްފަހު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވާފައިވާކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު 13 މީހުންގެ ތެރޭގައި ހިމެނެނީ މާފުށީ ޖަލުން ހައްޔަރުކުރެވުނު 9 މީހުންނާއި، ކ. ކާށިދޫއިން ހައްޔަރުކުރެވުނު 2 މީހުންނާއި، ހއ. އުތީމުން ހައްޔަރުކުރެވުނު މީހަކާއި، މާލެއިން ހައްޔަރުކުރެވުނު މީހެކެވެ. މި އޮފިސަރުން ހައްޔަރުކުރެވިފައިވަނީ ފައިސާގެ ބޭނުމުގައި ޖަލަށް މަނާ ތަކެތި ވައްދައިދިނުމުގެ ތުހުމަތުގައެވެ.

ހައްޔަރުކުރި އޮފިސަރުން -- ފޮޓޯ: ފުލުހުން

2023 ވަނަ އަހަރު ކަރެކްޝަންސްގެ 18 މުވައްޒަފެއްގެ އެކައުންޓަށް ގައިދީންގެ އެކައުންޓުތަކުން ޖުމްލަ 73،600،000 ރުފިޔާ ދައުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. މީގެ ތެރެއިން 6 މުވައްޒަފުން މިހާރު ވަނީ ކަރެކްޝަންސްގެ ވަޒީފާއިން ވަކިވެފައެވެ.

މި މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ، ވަޒީފާއިން ވަކިވެފައިވީ ނަމަވެސް، ކޮށްފައިވާ ކުށަށް ގާނޫނުން ކަނޑައެޅިފައިވާ އަދަބު ލިބޭނެ ކަމަށެވެ. އަދި މި މައްސަލައިގައި އެއްވެސް މީހަކަށް އިސްތިސްނާއެއް ނުދެވޭނެ ކަމަށާއި، ތަހުގީގުގެ ދަށުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.