އިރާން: ފޮޓޯ/ އެކްސް
ދުނިޔެ
11 Aug 2024 | 09:34
ހަނިއްޔާ ޝަހީދުކޮށްލުމުގެ ބަދަލު ހިފުމަށް އީރާނުން އިސްރާއީލަށް ހަމަލާ ނުދީފާނެކަމުގެ އިޝާރާތެއް

 ފަލަސްޡީނު މިނިވަންކުރުމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ލީޑަރު ޝަހީދު އިސްމާއިލް ހަނިއްޔާ ޝަހީދުކޮށްލުމުގެ ބަދަލު ހިފުމަށް އީރާނުން އިސްރާއީލަށް ދޭނެކަމަށް ބުނި ހަމަލާ ދިނުން ލަސްކޮށް އެފަދަ ހަމަލާއެއް ނުދީފާނެކަމުގެ އިޝާރާތެއް އެގައުމުން ދީފިއެވެ.

އީރާނުގެ މި ހަމަލާދޭނެކަމަށް ބުނީ، ޖުލައި 31 ގައި ހަނިއްޔާ އަވަހާރަކޮށްލުމާއި، އޭގެ ކުރިން ބެއިރޫތުގައި ލެބަނަންގެ ހިޒްބުﷲގެ އިސް ކޮމާންޑަރެއް ކަމަށްވާ ފުއާދު ޝުކުރު ޝަހީދުކޮށްލުމާ ގުޅިގެން މަޝްރަޙް ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައެވެ.

 ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސް ނޭޅުމަށްޓަކައި، ހަމާސްގެ ސިޔާސީ ބިއުރޯގެ ވެރިޔާ އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލި ހަމަލާއަށް އިސްރާއީލަށް ދޭން ގަސްދުކުރާ ޖަވާބު ފަސްކުރަން ޖެހިދާނެ ކަމަށް އީރާނުން ބުނެފައިވެއެވެ.

ޣައްޒާގައި ހަނގުރާމަ ދާއިމީ ގޮތެއް ހުއްޓާލުމަށް އެގައުމުން އިސްކަންދޭ ކަމަށާއި ހަމާސްއިން ގަބޫލުކުރާ ކޮންމެ އެއްބަސްވުމެއް އީރާނުން ވެސް ގަބޫލުކުރާނެ ކަމަށް އދ. ގައި ހުންނަ އީރާނުގެ ދާއިމީ މިޝަނުން ނެރުނު ބަޔާނުގައި ހާމަކޮށްފައިވެއެވެ.

އަދި މީގެއިތުރުން ތެހެރާނުގައި ހަނިއްޔާ އަވަހާރަކޮށްލުމަކީ އީރާނުގެ ގައުމީ ސަލާމަތާއި މިނިވަންކަމަށް އަރައިގަތުމެއް ކަމަށް ބުނެ ިކަން ކުށްވެރި ކޮށްފައިވެއެވެ. އަދި އީރާނަށް އަމިއްލަ ދިފާއުގެ ހައްގު އޮތް ކަމަށް ބުނެފައިވީ ނަމަވެސް، އީރާންގެ ޖަވާބަކުން ހަނގުރާމަ ހުއްޓުމެއް ގެނައުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސް ނޭޅޭނެ ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.