މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް ---
ހަބަރު
11 Aug 2024 | 21:17
ގޯސްކޮށް އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކަށް ފްލެޓް ޙައްޤުވާނެކަމަށް ނުދެކެން: އާޒިމް

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4،000 ފުލެޓަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯސްކޮށް އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކަށް ފްލެޓް ޙައްޤުވާނެކަމަށް ދެކެވަޑައި ނުގަންނަވާ ކަމުގައި މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. 

މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެސިޓީ ކައުންސިލާއެކު ބޭއްވި ރަސްމީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، ފްލެޓް ތަކުގެ ކަންކަން ވީހާވެސް އަވަހަށް ނިމި މައްސަލައެއް ނެތް ފްލެޓްވެރިންނަށް ފްލެޓް ލިބުމަކީ ވަރަށް ބޮޑަށް އެދިލައްވާ ކަމެއްކަމަށެވެ. އަދި ފްލެޓަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯސް މަޢުލޫމާތު ފޯމުގައި ހިމެނި ފަރާތްތަކަށް ފްލެޓް ޙައްޤުވާކަމަށް ޚުދު އޭނާ ވެސް ދެކެވަޑައި ނުގަންނަވާކަމަށެވެ.

"ފޯމު ހުށަހެޅި ދުވަސްވަރުގެ ހާލަތާއި މިހާރުގެ ހާލަތު ތަފާތުވެދާނެ، އެހެންކަމުން ފްލެޓަށް އެދިފައި ތިބި މީހުންގެ ތެރެއިން ފޯމުގައި މައްސަލަ ހުރި ފަރާތްތަކާއި ވަކިން ބައްދަލުކޮށް މަޢުލޫމާތު ހޯދަން ޖެހޭނެ"

އާޒިމް ވިދާޅުވިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެށި ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް ލިބުނު މީހުންގެ ތެރެއިން 59% މީހުންނަކީ ޝަރުތު ހަމަނުވާ މީހުންކަމަށެވެ. އަދި ފްލެޓް ލިބޭ މީހުންގެ ތެރެއިން އެއްވެސް މައްސަލައެއް ނޫޅެނީ 20% މީހުންކަމަށް އޭސީސީން ބުނެފައިވެއެވެ.

ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ އަޢުލަބިއްޔަތާއެކު ވަނީ ފްލެޓް ލިސްޓް އޮތްގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ފްލެޓްތައް މީހުންނާ ހަވާލުކުރުމަށް ސަރުކާރަށް އެންގުމަށް ފާސްކޮށްފައެވެ. ސަރުކާރުން ބުނެފައިވަނީ އޭސީސީގެ ރިޕޯޓް ބޮލާލައި ޖަހައި ފްލެޓްތައް ދޫކޮށްފިނަމަ ގިނަ ބައެއްގެ ޙައްޤުތައް ގެއްލިދާނެކަމަށެވެ.

ކޮމެންޓް
ޒަިނަބ
4000 މީހުންގެ ތެރެއިން ދޮގު މައުލޫމާތު ދިން މީހުން އުނިވާއިރު ދެން އެންމެ މަތިން ޕޮއިންޓް ލިބިފައި ތިބި މީހުން ލިސްޓަށް އިތުރު ނުވާނަމަ އެއީ ވަރަށް ނާ އިންސާފުވެރި ގޮތެއް
11 Aug 2024
ވާހިދު
އަޅުގަނޑު ހަމަޔަގީނުން ނުބައިމައުލޫމާތެއް ނުދެން. ފުލެޓް ލިބޭނެކަމަށް މިބަލަނީ. ލިސްޓުގަނަންއޮތް.
12 Aug 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.