ކޮންމެދުވަހަކުވެސް އެތައްސަތޭކަބަޔަކު ޣައްޒާ ދޫކޮށް އެކިތަންތަނަށް ހިޖުރަކުރޭ -- ފޮޓޯ: އަނަޑޯލު
ދުނިޔެ
11 Aug 2024 | 21:38
ހަނގުރާމައިގެ ސަބަބުން ދެކުނު ޣައްޒާ ދޫކޮށް 75,000 އަށްވުރެ ގިނަމީހުން ހިޖުރަކޮށްފި: އދ

ހަނގުރާމައިގެ ސަބަބުން ދެކުނު ހުޅަނގު ގައްޒާގައި ފަލަސްތީނުގެ 75,000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ހިނގައްޖެ ކަމުގައި އދ.އިން ބުނެފިއެވެ.

އދ. ގެ ފަލަސްޠީނު ރެފިއުޖީންނާބެހޭ އޭޖެންސީ (އަންރުވާ) ގެ ވެރިޔާ ފިލިޕް ލަޒަރީނީ ވިދާޅުވެފައިވަނީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި ދެކުނު ހުޅަނގު ގައްޒާގައި 75,000 އަށްވުރެ ގިނަ ފަލަސްޠީނުން ގެދޮރު ދޫކޮށް ހިޖުރަކޮށްފައިވާ ކަމަށެވެ.

އެކްސް (ކުރީގެ ޓްވިޓަރ) ގައި ޝާއިޢުކުރެއްވި މެސެޖެއްގައި ލަޒަރީނީ ވިދާޅުވެފައިވަނީ އިސްރާއީލުގެ ފަރާތުން އިތުރު މީހުން ހުސްކުރުމުގެ އޯޑަރުތަކެއް ނެރެ، އިތުރު ބަޔަކު ގެދޮރު ދޫކޮށް ދިއުމަށް މަޖުބޫރުކުރުވަމުންދާ ކަމަށެވެ. އަދި ގެދޮރު ދޫކޮށް ދާ މީހުންގެ ތެރެއިން ބައެއް މީހުންނަށް ގެންދެވެނީ އެމީހުންގެ ހަމައެކަނި ދަރިން ކަމަށާއި، އަނެއްބައި މީހުންނަށް ގެންދެވެނީ އެމީހުންގެ މުޅި ޙަޔާތް ކުޑަ ދަބަހެއްގައި ބަންދުކޮށްގެން ކަމަށް ވިދާޅުވިއެވެ.

ލަޒަރީނީ އިތުރަށް ވިދާޅުވެފައިވަނީ ގެދޮރު ދޫކޮށް ދާ މީހުން ދަނީ މިހާރުވެސް ފޭލިގެތައް މީހުންނާއި ޢާއިލާތަކުން ފުރިފައިވާ ތަންތަނަށް ކަމަށާއި، އެމީހުން ވަނީ ހުރިހާ އެއްޗެއް ގެއްލި، ހުރިހާ އެއްޗަކަށް ބޭނުން ޖެހިފައި ކަމަށެވެ. އަދި އެހެން ހަނގުރާމަތަކާ ޚިލާފަށް ޣައްޒާގެ މީހުންނަށް ވަނީ ދާނެ ތަނެއް ނެތި ހިފެހެއްޓިފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުގެ ސިފައިން އިއްޔެ ރޭ އަދި މިއަދު ހެނދުނު ވަނީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ "ހިއުމެނިޓޭރިއަން ސޭފް ޒޯން" އިން ވެސް މީހުން ހުސްކުރުމުގެ އޯޑަރުތަކެއް ނެރެފައެވެ.

މިއީ ގާތްގަނޑަކަށް ހަފްތާއެއްގެ ތެރޭގައި ޚާން ޔޫނިސްގައި އިސްރާއީލުން މީހުން ހުސްކުރުމުގެ އޯޑަރުތައް ނެރުނު ތިންވަނަ ފަހަރެވެ. އިސްރާއީލުން ވަނީ ހުކުރު ދުވަހު ޚާން ޔޫނިސްގައި ސިފައިންގެ އޮޕަރޭޝަނެއް ފެށިކަން އިޢުލާންކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.