ޚާރިޖީ ވަޒީރު މޫސާ ޒަމީރު --
ހަބަރު
11 Aug 2024 | 23:28
ޚާރިޖީ ވަޒީރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ބަހުރެއިނަށް ފުރާވަޑައިގެންފި

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު މިއަދު ރަސްމީ ދަތުރުފުޅެއްގައި ބަހުރެއިނަށް ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ބަހުރެއިނުގެ ޚާރިޖީ ވަޒީރު ޑރ. އަބްދުއްލަޠީފް ބިން ރަޝީދު އަލް ޒަޔާނީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ވަޒީރު ޒަމީރު ބަހުރެއިނުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ދިގު މުއްދަތުގެ ގުޅުން މުރާޖަޢާކުރައްވައި، ދެ ޤައުމަށް ފައިދާހުރި ދާއިރާތަކުން އިތުރަށް އެއްބާރުލުން ދެވިދާނެ ގޮތްތަކާ މެދު މަޝްވަރާކުރައްވާނެއެވެ. މިއަހަރަކީ ދިވެހިރާއްޖެއާއި ބަހުރެއިނާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރިތާ 44 އަހަރު ފުރޭ އަހަރެވެ.

މީގެ އިތުރުން، ވަޒީރު ޒަމީރު ބަހުރެއިނު ސަރުކާރުގެ އިސް ބޭފުޅުންނާވެސް ބައްދަލުކުރައްވާނެއެވެ. މީގެ ތެރޭގައި މާލިއްޔާ އަދި ޤައުމީ އިޤްތިޞާދުގެ ވަޒީރު، ތެލާއި ތިމާވެށީގެ ވަޒީރު އަދި ފަތުރުވެރިކަމުގެ ވަޒީރާ ބައްދަލުކުރައްވައި، އެކި ދާއިރާތަކުން ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ މެދު މަޝްވަރާކުރައްވާނެއެވެ.

11 އޯގަސްޓުން 15 އޯގަސްޓަށް ހަމަޖެހިފައިވާ މި ދަތުރުފުޅުގައި ވަޒީރު ޒަމީރުގެ އަރިހުގައި އެމްބެސެޑަރ އެޓް ލާޖް އަޙްމަދު ނަޞީރު، ސެކްރެޓަރީ، ބައިލެޓަރަލް ޑރ. ޙާލާ ޙަމީދު، ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ އަދި އެސިސްޓަންޓް ޑިރެކްޓަރ މިޒްނާ ވަޙީދު ބައިވެރިވެވަޑައިގަންނަވައެވެ.

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅަކީ ރާއްޖެއާއި ބަހުރެއިނާ ދެމެދު ދިގު މުއްދަތެއްގެ ތެރޭގައި ބިނާވެފައިވާ ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ފޮރިންމިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.