ޣައްޒާގެ މުޖާހިދުން މަރާލި އޮމަރް ގިނިޒްވާގް
ދުނިޔެ
12 Aug 2024 | 11:07
ޣައްޒާގައި އިސްރާއީލްގެ ސިފައިންގެ މީހަކު މަރާލައިފި

ފަލަސްޡީނުގެ ޣައްޒާގެ ދެކުނުގައި ހަރަކާތްތެރި ވަމުން ދިޔަ އިޒްރާއީލުގެ ނިރުބަވެރިއެއް ޣައްޒާގެ މުޖާހިދުން މަރާލައިފިއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި އިއްޔެގެ ވަގުތެއްގައި ޣައްޒާގެ ދެކުނުގައި ހިނގި ކުރިމަތިލުންތަކުގައި މަރާލާފައި ވަނީ  101 ވަނަ ބެޓާލިއަންގެ ޕެރަޓްރޫޕްސް ބްރިގޭޑްގެ އޮމަރް ގިނިޒްވާގް (19އ) އެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނި ގޮތުގއި ޣައްޒާގައި ކުރަމުންދާ ހަނގުރާމާގައި މިހާތަނަށް 329 ނިރުބަވެރިން މަރާލާފައިވާކަމަށެވެ.

ފަލަސްތީނުގެ ޣައްޒާ އަށް ވެރިވެގަނެގެން ތިބި ހައްދު ފަހަނައަޅާފައިވާ އިސްރާއީލްގެ ސިފައިންނަށް އަމާޒުކޮށް ޣައްޒާގެ މުޖާހިދުން ދަނީ ވަރުގަދަ ހަނަލާތަކެއްދެމުންނެވެ. އަދި މީގެ އިތުރުން ޣައްޒާގެ މިނިވަންކުތުމަށް ޖިހާދުކުރަމުންދާ އަލް-ގައްސާމް ބްރިގޭޑްގެ މުޖާހިދުންނާ ހަމަލާ ބަދަލުކޮށްފައިވާކަމަށް އިޒްރާއީލުހެ އަސްކަރިއްޔާއިން ވަނީ ރޭގެ ވަގުތެއްގައި ބުނެފައެވެ.

މިކަމުގެ ސަބަބުން ޣައްޒާގައި ތިބި އިސްރާއީލް ސިފައިންނަށް ލިބޭ ގެއްލުން ވަރަށް ބޮޑެވެ.

ޣައްޒާގެ އެކި ސަރަހައްދުތަކުގައި މިހާރުވެސް ނިރުބަވެރި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. މިގޮތުން އެންމެ ބޮޑަށް މިހާރު ހަރަކާތްތެރިވަމުން ދަނީ ރަފާޙް އަދި ޚަން ޔޫންސް ގައެވެ.

ފަލަސްތީނުގެ މުޖާހިދުންނާއި އިސްރާއީލްއާ ދެމެދު އެންމެ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަނީ ޣައްޒާގެ ދެކުނުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.