Advertisement

ގެއްލުނު ކުޅުދުއްފުށީ ޒުވާނާގެ ޚަބަރެއް ވެއްޖެ

ގެއްލިގެން ހޯދަމުން ދިޔަ އަޙްމަދު އަނިލް މުޙައްމަދު: ފޮޓޯ/ ޕޮލިސް

މާލެއިން ގެއްލިގެން ހޯދަން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ހޯދަމުން ދިޔަ ޒުވާނާގެ ޚަބަރެއް ވެފައިވާ ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ހދ. ކުޅުދުއްފުށި، ކިނާރުގެ، އުމުރުން 23 އަހަރުގެ އަޙްމަދު އަނިލް މުޙައްމަދެވެ.

މިއަދު ފުލުހުން ބުނީ އާއިލާ އިން މައުލޫމާތުދީފައިވާ ގޮތުން އޭނާ އާއިލާއަށް ގުޅާފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށް ބުނެފައިވާ ކަމަށެވެ.

Advertisement

މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ބުނެފައިވަނީ އާއިލާއާ އަނިލް މިހާރު އުޅެނީ މާލޭގައި ކަމަށާއި، އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު ކަމަށް އާއިލާއިން ބުނެފައިވާ ކަމަށެވެ.

އެގޮތުން އެ ދުވަހު އޭނާއާ ފޯނުން ގުޅުނު ނަމަވެސް ފަހުން ޚަބަރެއް ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement