ޢިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުالله މުއްތަލިބު: ފޮޓޯ/ މަޖިލިސް
ހަބަރު
13 Aug 2024 | 10:41
ފެނާއި ނަރުދަމާގެ އެއްވެސް މަޝްރޫޢުއެއް ހުއްޓާލައިގެން ނުތިބޭނަން: ޑރ މުއްޠަލިބު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެނާއި ނަރުދަމާގެ އެއްވެސް މަޝްރޫއުއެއް މަޑުޖައްސާލާފައި ނުވަތަ ހުއްޓާލާފައި ނުބާއްވާނެ ކަމަށް ޢިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުالله މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު، މަޢުރޫފު ޒާކިރު ވަނީ ބ. ދޮންފަނުގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމާއި ގުޅެގޮތުން ވަޒީރާއި ސުވާލު ކުރައްވާފައެވެ.

ކެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު، މަޢުރޫފު ޒާކިރު: ފޮޓޯ/ މަޖިލިސް 

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ އެ މަސައްކަތް ފެނަކައާއި ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ. އަދި ޕްރޮޖެކްޓް ނިންމަން ކަނޑައަޅާފައި އޮތް ތާރީޚަކީ 22 ޖޫން 2023 ކަމަށާ، އެހެން ނަމަވެސް 2023 ވަނަ އަހަރުގެ ޖުލައި މަހުންފެށިގެން މަޝްރޫޢު މަޑުޖެހި ކުރިއަށް ނުދާތީއާއި، ފެނަކައަށް މަޝްރޫޢު ނިންމޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތުމުން، އެ ކޮންޓްރެކްޓް މި އަހަރުގެ ތެރޭގައި ބާތިލް ކޮށްފައިވާ ކަމަށް މުއްޠަލިބު ވިދާޅުވިއެވެ. 

މުއްޠަލިބު ވިދާޅުވީ އެ މަސައްކަތާއި ފެނަކަާއި ދެންވެސް ހަވާލު ކުރެވިފައިހުރި، އެފަދަ ހުރިހާ މަސައްކަތެއް އެމްޑަބްލިޔު އެސްސީއާ ހަވާލު ކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. 

ފެނަކައަކީ މިކަހަލަ ޕްރޮޖެކްޓް ހިންގާނެ ކޮންޓްރެކްޓަރަކަށް ނުވާތީ، އާއި ޚިދުމަތް ފޯރުކޮށްދޭ ސާވިސް ޕްރިވައިޑާ އަކަށް ވާތީ، ސަރުކާރުން ނިންމީ އެގޮތަށް ފެނަކައާއި ހަވާލު ކޮށްފައި ހުރި ހުރިހާ މަސައްކަތެއްގެ ކޮންޓްރެކްޓް ބާތިލްކޮށް އެމްޑަބްލިޔުއެސްސީއާ ވާހަކަދައްކައިގެން، ޑައިރެކްޓް ނެގޯޝިއޭޝަނެއްގެ ތެރެއިން އެމްޑަބްލިޔުއެސްސީއާ ހަވާލު ކޮށްގެން ކުރިއަށް ގެންދަން

ވަޒީރު ޑރ. އަބްދުالله މުއްތަލިބު 

އަދި އެ މަސައްކަތްތައް މި މަސް ތެރޭގައި ޓެންޑަރ ކުރެވި އެވޯޑް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

މިއާއެކު ވަޒީރު ވަނީ، ފެނާއި ނަރުދަމާގެ އެއްވެސް ރަށެއްގެ ޕްރޮޖެކްޓެއް ހުއްޓާލައިގެން މި ސަރުކާރުން ނުތިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދޭ ކަމެއް އެއީ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން. ފެނާއި ނަރުދަމާގެ އެއްވެސް ރަށެއްގެ މަޝްރޫއެއް، މިހާރު ޚިދުމަތް މުލިބި ހުރި އެއްވެސް ރަށެއްގެ މަޝްރޫޢުއެއް އަޅުގަނޑުމެން ހުއްޓާލައި ނޫނީ މަޑުޖައްސާލައިގެން ނުތިބޭނަން. ވީހާވެސް އަވަހަށް މަޝްރޫއުތައް ފަށައި، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުން އެންމެ އިސްކަންދޭ ކަންތައް.

ވަޒީރު ޑރ. އަބްދުالله މުއްތަލިބު 

މުއްތަލިބު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ނަތީޖާ ނެރެންކަމަށާއި އެ ޔަގީންކަން ރައްޔިތުންނަށް ދޭކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.