އިމާރާތް ކުރުމާއި، ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު: ފޮޓޯ/ މަޖިލިސް
ހަބަރު
13 Aug 2024 | 10:49
ފެނާ ނަރުދަމާގެ ޚިދުމަތަކީ 2025 އަށް ނިންމަން މަޖުބޫރު ކޮށްފައި އޮތް ކަމެއް؛ އެކަން ނުފެށޭ ރަށެއް ނެތް: މުއްޠަލިބް

ފެނާއި ނަރުދަާގެ ޚިދުމަތަކީ އަސާސީ ޚިދުމަތެއް ކަމަށާ، އެ މަސައްކަތް ނުފެށޭ އެއްވެސް ރަށެއް ރާއްޖޭގައި ނެތް ކަށް އިމާރާތް ކުރުމާއި، ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަށް ދެވުނު ފުރުސަތުގައި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ރާއްޖޭގައި މިހާރު ފެނާއި ނަރުދަމާގެ ޚިދުމަތް ނުފަށައި ހުރީ ކިތައް ރަށުގައި ތޯ އާއި އަދި މަސައްކަތް ފެށިފައި ހުއްޓިފައިހުރީ ކިތައް ރަށުގައިތޯ ސުވާލު ކުރައްވާފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށޭ އެއްވެސް ރަށެއް ނެތް ކަމަށެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށޭ އެއްވެސް ރަށެއް ނެތް. ފެނާއި ނަރުދަމާގެ މަސައްކަތަކީ ގާނޫނީ ގޮތުން ސަރުކާރަށް 2025 ވަނަ އަހަރަށް ނިންމަން މަޖުބޫރު ކޮށްފައި އޮތް ކަމެއް.  އެހެންނަމަވެސް ޕްރޮޖެކްޓްތައް ލަސްވެފައި ވުމުން ގާނޫނަށްވެސް ބަދަލުތަކެއް ގެންނަންޖެހޭ އެކަން ކުރަން. އެހެން ނަމަވެސް މަސައްކަތް ނުފެށޭ އެއްވެސް ރަށެއް ނެތް. 

އިމާރާތް ކުރުމާއި، ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު 

މީގެ އިތުރުން 20 ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ފެނަކައާއި ހަވާލުކޮށއފައިވާ މަސައްކަތް ކުރިއަށް ނުދާތީ ކޮންޓްރެކްޓް ބާތިލްކޮށް އެމްޑަބްލިޔުއެސްސީ އާއި ހަވާލު ކުރުމުގެ މަސައްޖަތް ކުރައްވަމުން ދާކަމަށްވެސް ވަޒީރު މުއްޠަލިބު ވަނީ ވިދާޅުވެފައެވެ. 

ފެނަކައަކީ މިކަހަލަ ޕްރޮޖެކްޓް ހިންގާނެ ކޮންޓްރެކްޓަރަކަށް ނުވާތީ، އާއި ޚިދުމަތް ފޯރުކޮށްދޭ ސާވިސް ޕްރިވައިޑާ އަކަށް ވާތީ، ސަރުކާރުން ނިންމީ އެގޮތަށް ފެނަކައާއި ހަވާލު ކޮށްފައި ހުރި ހުރިހާ މަސައްކަތެއްގެ ކޮންޓްރެކްޓް ބާތިލްކޮށް އެމްޑަބްލިޔުއެސްސީއާ ވާހަކަދައްކައިގެން، ޑައިރެކްޓް ނެގޯޝިއޭޝަނެއްގެ ތެރެއިން އެމްޑަބްލިޔުއެސްސީއާ ހަވާލު ކޮށްގެން ކުރިއަށް ގެންދަން

ވަޒީރު ޑރ. އަބްދުالله މުއްތަލިބު 

އަދި އެ މަސައްކަތްތައް މި މަސް ތެރޭގައި ޓެންޑަރ ކުރެވި އެވޯޑް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.