އެއްމާބަނޑު ދެ ކުދިންނާއި އެ ކުދިންގެ ބައްޕަ: ފޮޓޯ/ ޓެފެގުރާމް
ދުނިޔެ
14 Aug 2024 | 09:19
އުފަން ދުވަހުގެ ސެޓްފިކެޓު ހިފައިގެން އައިއިރު، 2 ކުދިން އޮތީ ޝަހީދުކޮށްލާފައި!

ދީރް އަލް ބަލާހުގެ އިރުދެކުނުގައި ހުންނަ އެޕާޓްމަންޓަކަށް އަމާޒުކޮށް ދިން ހަމަލާގައި އެއްމާބަނޑު 2 ކުދިންނާއި އެކުދިންގެ މަންމަ އަދި މާމަ ޝަހީދުކޮށްލައިފިއެވެ.

މި ހަމަލާ އަމާޒު ކޮށްފައިވަނީ ދީރް އަލް ބަލާހުގެ އިރުދެކުނުން އޮންނަ އަލްޤަސްތާލް ޓަވަރުގެ ޓަވަރު އެކެއްގައި ހުންނަ ޝަރިފް އަލް ބަތްރަވީގެ އެޕާޓްމަންޓަށެވެ. 

އެކުދިންގެ ބައްޕަ ކަމުގައިވާ މުހައްމަދު މަހްދީ އަބޫ އަލް-ކުމްސަން އާއިލާ ގޮވައިގެން ޣައްޒާގެ ދެކުނުގައި އޮންނަ ހާން ޔޫނިސް ސިޓީ އަށް ދިޔައީ އެ ސަރަހައްދުން އެމީހުންނަށް ރައްކާތެރިކަން ލިބޭނެ ކަމަށް އުންމީދުކޮށްގެންނެވެ.

ނަމަވެސް މަހުދީ އެކުދިންގެ އުފަން ދުވަލުގެ ސެޓްފިކެޓް ނަގައިގެން އައިއިރު އެމީހުން އެޅެމުން ދިޔަ އެޕާޓްމަންޓަށް ހަމަލާދީ 2 ކުދިންނާއި އެކުދިންގެ މަންމަވަނީ ޝަހީދު ކޮށްލާފައެވެ.

މަހްދީގެ ދެ ދަރިން އަސެރް އާއި އައިސަލް ޝަހީީދު ކޮށްލާފައިވަނީ ދުނިޔެއަށް އައިތާ 4 ދުވަސްވީ ތަނައެވެ.

އެމީހުންނާއެކު އުފާ ފާޅުކުރާނެ ފުރުސަތެއް ވެސް ނުލިބުނު

އެދެކުދިންގެ ބައްޕަ ކަމުގައިވާ މުހައްމަދު މަހްދީ އަބޫ އަލް-ކުމްސަން

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، މިދިޔަ އޮކްޓޯބަރު 7 ވަނަ ދުވަހު ހައްދު ފަހަނަ އަޅާފްއިވާ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދިން ހަމަލާތަކުއި އަލަށް އުފަންވި 115 ކުޑަކުދިން ވަނީ ޝަހީދުކޮށްލާފައިވާ ކަމާށް ޣާއްޒާގެ ހެލްތް މިނިސްޓްރީ އިންވަނީ ބުނެފައެވެ.

އަދި މީގެ އިތުރުން، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިއަދާހައަށް 39،929 ވަނީ ޝަހީދު ކޮށްލާފައެވެ. އަދި މި މުއްދަތުގައި އެކިވަރުގެ ޒަހަމްތައް ލިބުނު މީހުންގެ އަދަދު ވެސް ވަނީ 92،240 އަށް އަރައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.