އ.ދ ގެ ސަލާމަތީ މަޖިލިސް: ފޮޓޯ/ އަނަޑޯލް
ދުނިޔެ
14 Aug 2024 | 13:31
ޣައްޒާގައި ސްކޫލަކަށް ދިން ހަމަލާ ސަލާމަތީ މަޖިލީހުން ކުށްވެރިކޮށްފި

ހައްދު ފަހަނައަޅާފްއިވާ އިޒްރާއީލުގެ ޔަހޫދީން މިދިޔަ ހޮނިހިރު ދުވަހު ޣައްޒާ ސިޓީގެ މެދުތެރޭގައި އޮންނަ އަލްދަރާޖް ނެއިބަހޫޑް ގައި ހުންނަ އަލްތަބަޢީން ސްކޫލަށް ދިންހަމަލާ، 125 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލި މި ހަމަލާ އ.ދ ގެ ސަލާމަތީ މަޖިލީހުގެ މެންބަރުން ކުށްވެރިކޮށްފިއެވެ.⁩

އަންގާރަ ދުވަހު އަލްޖީރިއާގެ އެދުމުގެ މަތިން ބޭއްވުނު ކުއްލި ބައްދަލުވުމެއްގައި ޗައިނާގެ ދާއިމީ މަންދޫބު ފޫ ކޮންގް ވިދާޅުވީ އެމެރިކާއިން ހުށަހެޅި ޤަރާރު 2735 ގައި ބުނާ ގޮތާ ޚިލާފަށް، އިސްރާއީލުން ހަނގުރާމަ ހުއްޓާލާފައި ނުވާ ކަމަސާއި އިސްރާއީލަށް އެންމެ ގިނައިން ހަތިޔާރު ވިއްކަނީ އެމެރިކާއިން ކަމަށެވެ. އަދި ޣައްޒާގައި މީހުން މަރުވަމުންދާތީ އެމެރިކާއިން އިސްރާއީލަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަލާމަތީ މަޖިލީހުގެ 14 މެންބަރުންނަށް އެމެރިކާއިން ބާރުފޯރުވާ ކަމަށާއި، ހަނގުރާމަ ހުއްޓުވުމަށް އެޅޭ ފިޔަވަޅުތަކަށް އެމެރިކާއިން ހުރަސް އަޅާ ކަމަށް ރަޝިޔާގެ މަންދޫބު ޑިމިޓްރީވަނީ ވިދާޅުވެފައެވެ.

މި ގަތުލުޢާއްމާ ގުޅިގެން، އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ޑެޕިއުޓީ ސްޕޯކްސްޕާސަން ފަރްހާން ޙައްޤުވެސް ވަނީ، ޣައްޒާ ސިޓީގެ އަލް-ތަބާއީން ސްކޫލަށްގައި ފަލަސްޠީނުގެ އެތައް ސަތޭކަ ޢާއިލާތަކަކަށް ހިޔާވަހިކަން ހޯދަމުންދަނިކޮށް އިސްރާއީލުން ދިން ނުރައްކާތެރި ހަމަލާގައި އެތައް ބަޔަކު މަރުވާކަމަށާއި ޣައްޒާގެ އަންހެނުންނާއި ކުޑަކުދިން ތަހައްމަލުކުރަމުންދާ ބިރުވެރިކަން ކުއްވެރި ކޮށްފައެވެ.

އަދި އޭނާ ވަނީ ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި، ގައިދީންތަށް ދޫކޮށްލަން ގޮވާލައި، ޣައްޒާގެ ރައްޔިތުންނަށް އެތަނަކީ ރައްކާތެރި ތަނަކަށްހެދުމަށްވެސް ގޮވާލާފައެވެ.

މީގެ އިތުރުން، އެމެރިކާގެ މަންދޫބު ލިންޑާ ތޯމަސް-ގްރީންފީލްޑް ބުނީ މި ހަމަލާއާމެދު އެމެރިކާ ކަންބޮޑުވާ ކަމަށެވެ. ނަމަވެސް، އެމެރިކާއިން އިސްރާއީލަށް ދޭ އެހީތެރިކަން ދެމެހެއްޓޭނެ ކަމަށް އޭނާ ބުންޏެވެ. އަދި ސިވިލިއަނުންނަށް ގެއްލުން ކުޑަވާނެ ގޮތަކަށް ހަމަލާތައް ދިނުމަށް އޭނާ އިސްރާއީލަށް ގޮވާލާފައިވެއެވެ.

ފާއިތުވި 10 މަސް ދުވަހުގެ ތެރޭގައި ހައްދު ފަހަނައަޅާފައިވާ އިސްރާއީލުން ޣައްޒާގެ 500 އަށްވުރެ ގިނަ ސްކޫލަށް ހަމަލާދީފައިވާކަމަށް އަލް-ޖަޒީރާއިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.