އިޓަލީގެ ފައިޓަރު ޖެޓްތަކެއް މިދިޔަ މަހު ރާއްޖޭގައި-- ފޮޓޯ: އިޓާލިއަން އެއާފޯސް
ހަބަރު
14 Aug 2024 | 15:16
އިޓަލީގެ އަސްކަރީ މަތިންދާބޯޓުތައް އަނެއްކާވެސް ރާއްޖެއަށް

އިޓަލީއަށް ނިސްބަތްވާ 13 އަސްކަރީ މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ޖައްސައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި، ނަގަންޖެހޭ ހުއްދަތައް ނަގައިގެން ޓެކްނިކަލް ސްޓޮޕެއްގައި ވީއައިއޭގައި ގައި މި ބޯޓުތައް ޖައްސާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައިއެވެ.

މިކަމާއި ގުޅިގެން އެއާޕޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ އެ އުޅަނދުތައް ވީއައިއޭ އަށް ޖެއްސީ ރީފިލް ކުރުމަށް ކަމަށާއި، އެ ބޯޓުތައް ދެން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މެލޭޝިއާއަށް ކަމަށެވެ.

އެހެންނަމަވެސް، ރާއްޖެ އިން ބޯޓުތައް ފުރާނެ ވަގުތެއް އަދި ސާފުވެފައެއް ނުވެއެވެ.

މިކަން ކަށަވަރުކޮށްދެއްމުން އެމްއެންޑީއެފުން ވެސް ބުނީ އެއީ ޓެކްނިކަލް ސްޓޮޕަކަށް ރާއްޖެ އައި އިޓަލީ ޖެޓުތަކެއް ކަމަށެވެ.

މިދިޔަ މަހު ވެސް އިޓަލީގެ ހަތަރު "ޔޫރޯފައިޓާ ޓައިފޫން" މަރުކާގެ ފައިޓަރު ޖެޓާއި އެއް ސަޕޯޓު އެއާކްރާފް ރާއްޖެ އައިސްފައިވާއިރު، މިދިޔަ އަހަރުގެ ތެރޭގައި ވެސް  ފަސްވަނަ ޖެނެރޭޝަނުގެ ޖެޓުތަކެއް ކަމަށްވާ "އެފް-35 ލައިޓްނިން" މަރުކާގެ ޖެޓުތަކެއް ދެފަހަރެއްގެ މަތިން ވީއައިއޭގައި ޖައްސާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

މިއީ ދަތުރުގެ މެދުން ތެޔޮ އެޅުމަށްޓަކައި ޓްރާންސިޓް ބޭނުމުގައި ރާއްޖޭގައި ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ޖައްސާ ޖެޓުތަކެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.