މިބިލް ފާސްވުމުން ފުލުހުންނަށް ޚާއްޞަ ބާރުތަކެއް ލިބިގެންދާނެ ---
ހަބަރު
14 Aug 2024 | 22:42
ގޭންގު ކުށްތައް ހުއްޓުވުމަށް އާ ބިލެއް އެކުލަވާލައިފި

ރާއްޖޭގައި ބޮޑުވެފައިވާ ގޭންގު ކުށްތައް ހުއްޓުވުމަށްޓަކައި، ގޭންގުތަކުގެ ބާރު ކަނޑުވާލުމަށް އަމާޒުކޮށްގެން އާ ބިލެއް ހޯމް މިނިސްޓްރީން އެކުލަވާލައިފިއެވެ. "ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު" ގެ ނަމުގައި އެކުލަވާލާފައިވާ މި ބިލް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށްޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.

މި ބިލުގައި ގޭންގެއް ކަމުގައި ކަނޑައަޅާނެ މިންގަނޑުތަކާއި، ގޭންގު ކުށްތަކުން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމާއި، ގޭންގު ކުށްތަކަށް ކަނޑައެޅޭ އަދަބުތައް ހިމެނެއެވެ. އޭގެ އިތުރުން، ގޭންގު މެންބަރުންނަށް ދައުލަތުގެ ވަޒީފާ ނުދިނުމާއި، އިންތިޚާބީ މަޤާމުތަކުން ވަކިކުރުމާއި، އެފަދަ މަޤާމުތަކަށް ކުރިމަތިނުލެވުން ފަދަ ކަންކަން ވެސް ހިމަނާފައިވެއެވެ.

ބިލުގައިވާ ގޮތުން، ގޭންގު މެންބަރެއްކަން ކަނޑައަޅާނީ ޚާއްޞަ ކޮމިޓީއަކުންނެވެ. އަދި ގޭންގު މެންބަރެއް ކަމަށް ކަނޑައެޅޭ މީހަކު ދައުލަތުގެ ވަޒީފާއެއްގައި ހުރިނަމަ، އެ މީހަކު ވަކިކުރަންޖެހޭނެއެވެ. އިންތިޚާބީ މަޤާމެއްގައި ހުރި މީހަކު ގޭންގު މެންބަރެއް ކަމަށް ކަނޑައެޅިއްޖެނަމަ، އެ މަޤާމު ގެއްލޭނެކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ފުލުހުންނަށް އިތުރު ބާރުތަކެއް ދިނުމާއި، ގޭންގު ކުށްތަކަށް ހަރުކަށި އަދަބުތަކެއް ކަނޑައެޅުން ވެސް ބިލުގައި ހިމަނާފައިވެއެވެ. މިސާލަކަށް، ގޭންގަކަށް ނިސްބަތްވާ ނިޝާނެއް ނުވަތަ ލޯގޯއެއް ތަނެއްގައި ކުރެހުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އޭގެ އަދަބަކީ 6 މަހާއި 18 މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ބަޔާންކޮށްފައިވެއެވެ.

މި ބިލަކީ ރާއްޖޭގައި އިތުރުވަމުންދާ ގޭންގު ކުށްތައް ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ. އެހެންނަމަވެސް، ބިލުގައި ހިމެނޭ ބައެއް މާއްދާތަކާ ގުޅޭގޮތުން ޤާނޫނީ ފަންނުގެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.