އިސްރާއީލްގެ ހަމަލާތަކުގައި ކޮންމެދުވަހަކުވެސް ޣައްޒާއިން އެތައްބަޔަކު ދަނީ ޝާހީދުވަމުން --- ފޮޓޯ: އަލްޖަޒިރާ
ދުނިޔެ
14 Aug 2024 | 23:35
ޣައްޒާގައި އިސްރާއީލުން ޝަހީދުކޮށްލި މީހުންގެ އަދަދު 40،000 އާ ކައިރިވެއްޖެ

އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 40،000 އާ ކައިރިވެއްޖެއެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް 39،965 މީހުން ވަނީ އެ ހަމަލާތަކުގައި ޝަހީދުވެފައެވެ. އަދި 92،294 މީހުން ވަނީ ޒަޚަމްވެފައެވެ.

އިއްޔެ އެކަނިވެސް ފަލަސްތީނުގެ 36 މީހުން އިޒްރޭލުގެ ހަމަލާތަކުގައި މަރުވިއެވެ. މިއަދު ހެނދުނު އިތުރު 20 މީހުން މަރުވެފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން، އޮކިއުޕައިޑް ވެސްޓް ބޭންކުގެ ޓުބާސް ގަވަނޯރޭޓްގައި ހިންގުނު އިޒްރޭލީ ރެއިޑްތަކުގައި 5 މީހުން މަރުވިއެވެ. އޭގެ ތެރެއިން 4 މީހުން މަރުވީ ތަންމޫން ރަށުގައި ޑްރޯނަކުން ދިން ހަމަލާއެއްގައެވެ.

އދ. ގެ ހިއުމެނިޓޭރިއަން އޭޖެންސީން ސެކިއުރިޓީ ކައުންސިލަށް އަންގާފައިވާ ގޮތުގައި ޣައްޒާ ސިޓީގެ ސްކޫލަކަށް ދިން ހަމަލާއެއްގައި މަދުވެގެން 100 މީހުން މަރުވި ހާދިސާއަކީ "އެކަހެރި ހާދިސާއެއް" ނޫންކަމަށާއި ސްކޫލުތަކަށް ދޭ ހަމަލާތައް ދަނީ "އިތުރުވަމުން"ނެވެ.

މިއާއެކު، އިޒްރޭލުގެ ސިފައިންވަނީ ހަނގުރާމައިގެ ވޭންތަކަށް ހުށަހެޅިފައިވާ ހާން ޔޫނިސްގެ އިތުރު ސަރަޙައްދުތަކުން ވަގުތުން ފަލަސްތީނުގެ ރައްޔިތުން ނިކުތުމަށް އަމުރުކޮށްފައެވެ. އެ ސަރަޙައްދުތަކުގައި ވަރުގަދަ ހަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންދާ ކަމަށް އިޒްރޭލުގެ ސިފައިން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިންމައިލެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
24 Jul 2026
ނީޓް ދަރިވަރުންގެ ޢާއިލާތަކަށް ބަދަލުދޭން އިންޑިއާ ސަރުކާރުން އެއްބަސްވެއްޖެ
ނީޓް އިމްތިޙާނާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތަކަށް ޙައްލެއް ހޯދުމަށް ސަރުކާރާއި އިދިކޮޅު ސީޖޭޕީ ޕާޓީއާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބި، ދަރިވަރުންގެ ބައެއް މައިގަނޑު ޑިމާންޑްތަކަށް ސަރުކާރުން އެއްބަސްވެއްޖެއެވެ.
24 Jul 2026
ޓްރާންސްޕޭރެންސީން ވަކިކުރީ މުވައްޒަފަކަށް 3.5 ލައްކަ ރުފިޔާދޭން އަންގައިފި
ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) ގައި މަސައްކަތްކުރި ސީނިއާ މުވައްޒަފެއް ކަމަށްވާ ޢަލީ ޝަރީފް، ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ނިންމި ނިންމުމާ އެއްގޮތަށް، އޭނާއަށް ލިބެންޖެހޭ 356,932 ރުފިޔާ ދިނުމަށް ސިވިލް ކޯޓުން އަމުރުކުރުމުން އެ ފައިސާ ނުދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.
24 Jul 2026
އިންޑިއާގެ "ކޮކްރޯޗް" ޕާޓީގެ ވެރީން ސަރުކާރާ މަޝްވަރާކޮށްފި
އެ މަޝްވަރާތައް ބޭއްވީ މުޒާހަރާތަކަށް ތާއީދުކޮށް 26 ދުވަސް ވަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި ހުންނެވި އެކްޓިވިސްޓް ސޯނަމް ވާންގްޗުކް ހަޅުތާލު ހުއްޓައިލިތާ ގަޑިތަކެއް ފަހުގައެވެ. ނަމަވެސް ސީޖޭޕީން ބުނީ މަޝްވަރާތައް ކުރިއަށް ގެންދާ ކަމުގައި ވިޔަސް މުޅި ޤައުމުގައި ކުރަމުންދާ އިޙުތިޖާޖުތައް ހުއްޓައިނުލާނެ ކަމަށެވެ. ބައްދަލުވުމަށް ފަހު ސީޖޭޕީގެ ލީޑަރުން ބުނީ ސަރުކާރުން ހޮނިހިރު ދުވަހުގެ މެންދުރުފަހާ ހަމައަށް ޖަވާބު ދެއްވަން ވަގުތު ބޭނުންވާ ކަމަށް އެންގި ކަމަށެވެ.
24 Jul 2026
ހަނދާން ނެތުމާއި، ސަމާލުކަން ނުދެވުމުގެ މައްސަލައިން އަރައިގަތުން
ދިރިއުޅުމުގެ ކަންކަމުގައި އުޅޭއިރު ބުރަބޮޑުވެ، މަސައްކަތުގެ މާހައުލާއި އަމިއްލަ ދިރިއުޅުމުގެ ޒިންމާތައް އިތުރުވާ ވަގުތުތަކުގައި، ބައެއް ފަހަރު ވިސްނުން ފުސްވެ، ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވާ ހާލަތަކަށް ދެވޭގޮތްވެއެވެ. މިއީ "ބްރެއިން ފޮގް“ އެވެ. މިއީ ވަކި ބައްޔެއް ނޫން ނަމަވެސް، ސަމާލުކަން ދިނުމާއި، ހަނދާން ބެހެއްޓުމާއި، ވިސްނުމުގެ ބާރު ދަށްވުން ފަދަ ކަންކަން ހިމެނޭ ޞިއްޙީ ހާލަތެކެވެ.
24 Jul 2026
އިނގުރައިދޫ ސްކޫލުގެ ދަރިވަރުންނަށް ކަރަންޓު ވައިރުކުރަން ދަސްކޮށްދީފި
ރ. އިނގުރައިދޫ ސްކޫލުގެ ޕީޓީއޭ އިން ހިންގާ "ހުނަރު ޕޮރޮގުރާމު" ގެ ތެރެއިން ފެނަކައިގެ ޓެކްނީޝަނުން މެދުވެރިކޮށް ދަރިވަރުންނަށް ކަރަންޓު ވައިރުކުރުމުގެ ޢަމަލީ ތަމްރީނު ދީފިއެވެ.
24 Jul 2026
ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްޤީކުރި ސަރަހައްދު މިއަދު ހުޅުވައިލަނީ
މާލޭ ބޮޑުތަކުރުފާނު މަގުގައި ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދު ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކުރި ގާތްގަނޑަކަށް 700 މީޓަރުގެ ސަރަހައްދު މިއަދު ހަވީރު އާންމުންނަށް ހުޅުވައިލާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
24 Jul 2026
މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލާންޖެހޭނެ
މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމުގެ މައްޗަށް އަލިއަޅުވާލައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައިވާ ގޮތުގައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ދެމެހެއްޓުމަކީ ދީނީ އަދި ޤައުމީ ވާޖިބެކެވެ. ޤައުމުގެ އެކުވެރިކަމަށް ބުރޫއަރާފާނެ ކޮންމެ ކަމަކުން މުޖުތަމަޢު ސަލާމަތްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ.