ޣައްޒާ: ފޮޓޯ/ އެކްސް
ދުނިޔެ
15 Aug 2024 | 12:15
އިސްރާއީލުން ޣައްޒާގެ ސްކޫލްތަކަށް ދީފައިވާ ހަމަލާތައް!

ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުން ހިމާޔަތްހޯދަމުން ދިޔަ ޣައްޒާ ސިޓީގެ ސްކޫލަކަށް ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ދިން ހަމަލާއެއްގައި މިދިޔަ ހަފުތާގައި 100 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އިސްރާއީލުން ސްކޫލްތަކަށް ދޭ ހަމަލާތައް އިތުރުކުރަމުންދާ ކަމަށް އ.ދ ބުނެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ފަތިސް ނަމާދަށްފަ ތިއްބައި އަލް ޡަބަޢީން ސްކޫލަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މުޅި ދުނިޔެއިން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ.

ޣައްޒާގެ ސިވިލްޑިފެންސް އިން އެތަން ސިފަކުރި ގޮތުގައި މިއީ މިހާތަނަށް ހިންގި ބިރުވެރި ގަތުލުއާންމެއްކަމާއިި ހަށިގަނޑުގެ ބައިތަށް އެކިތަންތަނަށް ބުރައިގެން ގޮސްފައިވާކަމަށެވެ. މި ހަމަލާ ހައްދުފަހަނަ އަޅާފައިވާ އިޒްރާއީލުން މި ސުކޫލަށް އަމަޒު ކުރީ ހަމާސް އާއި ފަލަސްތީނު އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރިން އެ ސްކޫލުން ހަރަކާތްތެރިވަމުންދާ ކަމަށް ބުނެއެވެ. ނަމަވެސް ހަމާސް އިން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ޣައްޒާގެ ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ޔުނިވާސިޓީތަކަށް ތަކުރާރުކޮށް ހަމަލާދެމުން ދަނީ އެ އިމާރާތްތަކަކީ ހަމާސް އާއި ފަލަސްތީނު އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރިން އަސްކަރީ ބޭނުމަށް ބޭނުންކޮށްފައިވާ އިމާރާތްތަކެއް ކަމަށްބުނެ އެއްވެސް ހެއްކެއްނުދައެވައެވެ.

މިހިންގާ އޮގަސްޓް މަހު 10 ދުވަހުގެ ތެރޭގައި ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ސިފައިން ވަނީ ޣައްޒާގެ ފަސް ސްކޫލަކަށް ހަމަލާދީ 179 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި އެތައް ސަތޭކަ ބަޔަކު ޒަހަމްކޮށްލައިފަ އެވެ.

އޮކްޓޯބަރު މަހުގައި ސްކޫލުތަކަށް ދީފައިވާ ހަމަލާތައް

- އޮގަސްޓްމަހު 1 ވަނަ ދުވަލުގައި ޝުޖައިޢިއްޔާ ނޭބަރްހޫޑްގެ ދާލާ އަލް-މަޣްރަބީ ސުކޫލަށް ދިން ހަމަލާދައި ވަނީ 15 މީހުން ޝަހީދުވެ، 29 މީހުން ޒަހަމްވެފައެވެ.

- އޮގަސްޓްމަހު 3 ވަނަ ދުވަލުގައި ޝެއިހް ރަޛްވާން ނޭބަރްހޫޑްގެ ހަމާމާ އަދި އަލް-ހުދާ ސުކޫލަށް ދިން ހަމަލާދައި ވަނީ 17 މީހުން ޝަހީދުވެ، 60 މީހުން ޒަހަމްވެފައެވެ.

- އޮގަސްޓްމަހު 4 ވަނަ ދުވަލުގައި ނަސީރް ނޭބަރްހޫޑްގެ ނަސީރް އަދި ސަލާސަހް ސުކޫލަށް ދިން ހަމަލާދައި ވަނީ 30 މީހުން ޝަހީދުވެ، 19 މީހުން ޒަހަމްވެފައެވެ.

- އޮގަސްޓްމަހު 8 ވަނަ ދުވަލުގައި ތުއްފާހް ނޭބަރްހޫޑްގެ އަބްސުލް ފައްތާހް އަދި އައް-ޒަހްރާ ސުކޫލަށް ދިން ހަމަލާދައި ވަނީ 17 މީހުން ޝަހީދުވެ، 16 މީހަކުގެއްލި، އެތައްބައެއް ޒަހަމްވެފައެވެ.

- އޮގަސްޓްމަހު 10 ވަނަ ދުވަލުގައި ދަރާޖް ނޭބަރްހޫޑްގެ އަލް-ޡަބަޢީން ސުކޫލަށް ދިން ހަމަލާދައި ވަނީ 100 އަވުރެ ގިނަ މީހުން ޝަހީދުވެ، އެތައްބއެއް ޒަހަމްވެފައެވެ.

ފާއިތުވި ހަފުތާތަކުގައި އަލް-ޡަބަޢީން ސުކޫލަށް ދިންހަމަލާއަކީ މިދިޔަ ދުވސްތަކުގައި ދިން އެންމެ ނުރައެކާތެރި ނުރައްކާތެރި އެއް ހަމަލާކަމަށް އަލްޖަޒީރާގެ ހިންދު ޚުދަރީ ވަނީ ބުނެފައެވެ. ހިންދުވަނީ އިޒްރާއީލުން އަމާޒުކޮށްދިން 3 ހަމަލާއަކުން ސަލާމަތްވެފައެވެ.

މީގެ ކުރިން ޣައްޒާގެ ސުކޫލުތަކަށް ދީފައިވާ ހަމަހާތަށް

މިދިޔަ ޖުލައި މަހު  ޣައްޒާގެ އެކި ސަރަހައްދުތަކުގައި ހުރި ސްކޫލްތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގައި 50 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

- ޖުލައިމަހު 6 ވަނަ ދުވަލުގައި ނުސައިރިއާތްގެ ޔޫނެއް އިންހިންގާ އަލް-ޖަވާނީ ސުކޫލަށް ދިން ހަމަލާދައި ވަނީ 16 މީހުން ޝަހީދުވެފައިވެއެވެ.

- ޖުލައިމަހު 7 ވަނަ ދުވަލުގައި ޣަގްޒާ ސިޓީގެ ސުކޫލަށް ދިން ހަމަލާދައި ވަނީ 4 މީހުން ޝަހީދުވެ، 29 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

- ޖުލައިމަހު 8 ވަނަދުވަހުގައި ނުސައިރިޔާތުގައި ހުންނަ ޔޫއެންއާރްޑަބްލިއުއޭ އިން ހިްނގާ ސުކޫލަކަށް އަމާޒުކޮށް ދިން ހަމަލާގައި ވަނީ އެތައެބައެއ ޒަހަމްވެފައެވެ.

-ޖުލައިމަހު 9 ވަނަ ދުވަލުގައި ޚާން ޔޫނިސް ކައިރީގައި ހުންނަ އަބަސަނަގައި ހުންނަ އަލް-އަވްދާ ސުކޫލަށް ދިން ހަމަލާދައި ވަނީ 27 މީހުން ޝަހީދުވެފައެވެ.

ޣައްޒާގެ ސްކޫލްތަކުގެ ގާތްގަނޑަކަށް 85 އިންސައްތަ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު އުތުރު ޣައްޒާގެ ގާތްގަނޑަކަށް ހުރިހާ ސްކޫލަކަށް "ސީދާ ހަމަލާދީ" ނުވަތަ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި މީގެ އިތުރުން ޣައްޒާ ސިޓީގެ 90 އިންސައްތައަށްވުރެ ގިނަ ސްކޫލަށް ވަނީ ގެއްލުން ލިބި ނުވަތަ ހަލާކުވެފައެވެ.

- ޣައްޒާގެ އުތުރުގެ، 95 ސްކޫލެއްގެ އިމާރާތަކަށް ވަނީ ގެއްލުންދީފަ ނުވަތަ ސީދާ ހަމަލާ ދީފައެވެ.

- ޣައްޒާ ސިޓީގެ 208 ސްކޫލެއްގެ އިމާރާތަކަށް ވަނީ ގެއްލުންދީފަ ނުވަތަ ސީދާ ހަމަލާ ދީފައެވެ.

- ފާއިތުވި ހަފުތާތަކުގައި ރައްކާތެރި ސަރަހައްދުކަމަށް ކަންޑާއަޅާފައި ހިމެނޭ ދީރް އަލް ބާލާހުގައި ވަނީ ސްކޫލްތަކުގެ 70 އިމާރާތަކަށް ހަމަލާދީފަ އެވެ.

- މީގެ ދުވަސްކޮޅެއް ކުރިން 75،000 މީހުންގެ ބޮޑު އާބާދީއެއް އޮންނަ ޚާން ޔޫނުސްގެ 125 ސްކޫލެއްގެ އިމާރާތަށް ސީދާ ހަމަލާދީ ބޮޑެތި ގެއްލުންތަކެއެއްދީފައިވެއެވެ.

- ރަފާޙްގައި ސްކޫލްތަކުގެ 66 އިމާރާތަކަށް ސީދާ ހަމަލާދީ ނުވަތަ ގެއްލުން ދީފައިވެ އެވެ.

އަދި މީގެ އިތުރުން ސުކޫލުތަކަށްދޭ ހަމަލާތަށް ވަމުންދާކަމަށް އަލް-ޖަޒީރާއިންވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.