ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ ޝަރަފް ކުރީގެ ރައީސް ސާލިހް، މައްލާއަށް އަރުވަނީ... ފޮޓޯ/ ރައީސް އޮފީސް
ހަބަރު
15 Aug 2024 | 14:18
ރާއްޖޭގެ ފުރަތަމަ ފީފާގެ ރެފްރީ، މައްލާ ޅަތުއްތު އަވަހާރަވެއްޖެ

ފީފާގެ ބެޖް ހާސިލްކުރި ފުރަތަމަ ދިވެހި ރެފްރީ "މައްލާ ޅަތުއްތު" މިއަދުގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ.

ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން މައްލާ ޅަތުއްތު އަވަހާރަވެފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމް ހަސްފަތާލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު މެންދުރުގެ ވަގުތެއްގައެވެ. 

މައްލާއަކީ ރާއްޖޭގެ ކުރީގެ އެއްވަނަ ރެފްރީއެވެ. މައްލާ ވަނީ އެންމެ މަތީ ހަރުފަތުގައި 1995 ވަނަ އަހަރާ ހަމަޔަށް ރެފްރީކަންކޮށްފައެވެ. 

މައްލާ ޅަތުއްތު ފުޓްބޯޅަ ކުޅުއްވަން ފަށްޓަވާފައިވަނީ މަދަރުސީ ދައުރުގައެވެ. އޭގެފަހުން 1969 ވަނަ އަހަރުން ފެށިގެން ޤައުމީ ފެންވަރުގައި ކުޅުއްވަން ފެށްޓެވިއެވެ. އޭނާ ވަނީ މާލޭ ޓެނިސް ކުލަބަށާއި އަދި ފަހުން މޫން ސްޕޯޓްސް ކުލަބަށް ފުލްބެކްގެ މަގާމުގައި ޤައުމީ ފުޓްބޯޅަ މުބާރާތްތަކުގައި ކުޅުއްވާފައެވެ. މައްލާ ރެފްރީއެއްގެ ގޮތުގައި ފެންނަން ފެށީ 1969 ވަނަ އަހަރުން ފެށިގެންނެވެ.

މައްލާ ވަނީ ދައުލަތަށް 43 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައެވެ. މައްލާ ޅަތުއްތު، އެންމެ ފުރަތަމަ ސަރުކާރުގެ ޚިދުމަތަށް ނުކުމެވަޑައިގަތީ، އުމުރުން 16 އަހަރުގައި، 1964 ވަނަ އަހަރު، ސިފައިންގެ މީހެއްގެ ވަޒީފާއަށެވެ. އޭގެފަހުން އޭނާ ވަނީ ހޯމް އެފެއާޒްގެ ރަޖިސްޓްރޭޝަން ޑިވިޜަންގެ އިނގިރޭސި ކާތިބުކަމާއި، ކުޅިވަރާބެހޭ ބައިގެ ސެކްރެޓެރީކަން ކުރައްވާފައެވެ.

ދިވެހި ކުޅިވަރުގެ ތަރައްޤީއަށް މައްލާ ވަނީ 52 އަހަރު އަގުހުރި ޚިދުމަތްތަކެއް ކުރައްވައިފައެވެ. މައްލާ ޅަތުއްތުއަށް ވަނީ ކުޅިވަރުގެ ރޮނގުން 1990 ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަދި 2021 ވަނަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހޯއްދަވާފައެވެ. މީގެ އިތުރުން އޭނާ ވަނީ 2021 ވަނަ އަހަރު ޝަރަފްވެރިކަމުގެ އިނާމްވެސް ހޯއްދަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
06 Oct 2026
މާލޭ އުތުރު ފަރާތު ބަނދަރުގައި ހަ ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ ޖުމްލަ އަގަކީ 18.98 މިލިޔަން ރުފިޔާއެވެ. މަޝްރޫއުގެ ތެރެއިން 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
06 Oct 2026
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކުރުމުގެ ބަދަލުގައި ޕްރޮމޯޓްކޮށްފި
ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ވިވެކް ބާގަތް ޖަންތަރު މަންތަރުގައި އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، ހޯމަ ދުވަހު ނެރުނު އަމުރެއްގެ ދަށުން ބާގަތް ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގެ ވަގުތީ ޒިންމާތައް ހަވާލުކުރި 12 ޑެނިޕްސް އޮފިސަރުންގެ ތެރޭގައި ހިމެނިފައެވެ.
06 Oct 2026
އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރުން އާންމު ހާލަތަށް ގެންނާނެ ކަމަށް އިމިގްރޭޝަނުން ބުނެފި
ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ޕާސްޕޯޓު ބުކްލެޓް ސްޓޮކް ލިބުން ލަސްވެ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް އިމިގްރޭޝަނުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
06 Oct 2026
އައިޖީއެމްއެޗުން 50 އަށް ވުރެ ގިނަ ސިއްހީ މާހިރުން ކާރިސާ މެނޭޖްމަންޓަށް ތަމްރީނުކޮށްފި
މި ޕްރޮގްރާމުގައި ބައިވެރިން ވަނީ، ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ އަނިޔާވާ ހާލަތްތަކުގައި (މާސް ކެޝުއެލްޓީ އިންސިޑެންޓް - އެމްސީއައި) ބޭނުންކުރާ މުޅިން އައު ޓްރައެޖް ނިޒާމެއް ތަޖުރިބާކޮށްފައެވެ.