ޒިފްލީނާ ހަސަން ---
ހަބަރު
15 Aug 2024 | 23:47
ޒިފްލީނާގެ ފްލެޓް މައްސަލަ: ދަޢުވާކުރުމަށް ޕީޖީއަށް ފޮނުވަނީ

ކުރީގެ ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝަހީދުގެ އަނބިކަނބަލުން ޒިފްލީނާ ހަސަން، ހުޅުމާލެއިން 3.5 މިލިއަން ރުފިޔާއަށް ފްލެޓެއް ގަތް މައްސަލައިގެ ތަޙްޤީޤު ނިންމައި، ދަޢުވާކުރުމާމެދު ގޮތެއް ނިންމުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމައިފިއެވެ.

އޭސީސީގެ އިންފޮމޭޝަން އޮފިސަރު ބައެއް މީޑިއާ އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި މައްސަލައިގެ ތަޙްޤީޤު ނިމި، ދަޢުވާކުރުމާމެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.

ކުރީގެ ސަރުކާރުގައި ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޒިފްލީނާގެ މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން އޭސީސީއަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ.

މީގެ އިތުރުން، ޒިފްލީނާގެ ދަރިފުޅު އައިޝަތު މިސްކްގެ ނަމުގައި ވެސް ހުޅުމާލެއިން 3.8 މިލިއަން ރުފިޔާގެ ފްލެޓެއް ގަނެފައިވާ މައްސަލައެއް ފެންމަތިވެފައިވެއެވެ. މި ފްލެޓަކީ އާރްސީސީއިން ހުޅުމާލޭގައި ތަރައްޤީކުރި ބްލޫ ހެވަން ރެސިޑެންސްއިން ގަނެފައިވާ ފްލެޓެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jun 2026
ފްލެޓާއި ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު މިއަހަރު އާންމުކުރާނަން: ރައީސް
ފްލެޓާއި ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު މިއަހަރުގެ ތެރޭގައި އާންމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
29 Jun 2026
އީސީގެ ރައީސްގެ މަގާމަށް ޝަކީލް އައްޔަނުކުރަން މަޖިލީހަށް
އީސީގެ މެންބަރު އަދި ހައްޖު ކޯޕަރޭޝަންގެ ކުރީގެ އެމްޑީ، މުހައްމަދު ޝަކީލް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސަކަށް އައްޔަން ކުރަން ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ.
29 Jun 2026
އަލިފުށީ އެއާޕޯޓާއި ހޮސްޕިޓަލް ހުޅުވާނަން
އަލިފުށީގައި ތަރައްޤީކުރަމުންދާ 30 އެނދުގެ ހޮސްޕިޓަލާއި އެއާޕޯޓުގެ މަސައްކަތް ނިންމައި މި ދައުރުގެ ތެރޭގައި ހުޅުވާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
29 Jun 2026
މިފްކޯ އާބާދީ ބޮޑު ރަށްރަށުގައި ފިހާރަތައް ހުޅުވަނީ
މިފްކޯ އިން ސިޓީތަކާއި އާބާދީ ބޮޑު ރަށްރަށުގައި ފިހާރަތައް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ ސީއޯއޯ ހާމިދު ނަޒީމް ވިދާޅުވެއްޖެއެވެ. މިއަހަރުގެ މެއި މަހު އައްޑޫ ސިޓީގައި ވަނީ އަތޮޅުތެރޭގެ ފުރަތަމަ އައުޓްލެޓް ހުޅުވައިފައެވެ.
29 Jun 2026
ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަންނަމަހު ފެށޭނެ
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ 13 ރަށެއްގައި ހައުސިންގ ޔުނިޓް އެޅުމަށް އެޑްވާންސް ޕޭމަންޓު ހަމަޖެހި، ޢަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވެ ނިމިފައިވާ ކަމަށެވެ.
29 Jun 2026
ބަކިންގަމް ގަނޑުވަރުގައި ރަސްގެފާނު ނޫޅުއްވާނެ
ބަކިންގަމް ގަނޑުވަރުގެ 10 އަހަރުގެ މަރާމާތު 2025 ގައި ނިމުމުން ވެސް ޗާލްސް ރަސްގެފާނު ކުރީގެ އާވާހަކައަށް ކްލެރެންސް ހައުސްގައި ދިރިއުޅުއްވާނެ ކަމަށް ޝާހީ އޮފިޝަލުން ހާމަކުރައްވައިފި
29 Jun 2026
ސަޢޫދީ ހެލިކޮޕްޓަރެއް ވެއްޓި ދަތުރުކުރި އެންމެން ނިޔާވެއްޖެ
ސަޢޫދީ އަރަބިއްޔާގެ އަރަމްކޯގައި 14 މީހުންނާއެކު ދަތުރުކުރަމުންދިޔަ މި ހެލިކޮޕްޓަރު ވެއްޓުނީ އިއްޔެ ސައުދީ ގަޑިން 6:00 ކަންހާއިރުއެވެ. މި ހާދިސާގައި ހެލިކޮޕްޓަރުން ދަތުރުކުރި އެންމެން ވަނީ ނިޔާވެފައެވެ.
29 Jun 2026
އާންމު ދިރިއުޅުމުގެ ތެރެއިންވެސް ފައިސާ ރައްކާކުރެވިދާނެ