ލަންކާގެ އިންތިޚާބުގައި މިފަހަރު ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން -- ފޮޓޯ: އޭޕީ
ދުނިޔެ
16 Aug 2024 | 00:03
ލަންކާގެ ރިޔާސީ އިންތިޚާބު: ރެކޯޑު އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރައްވަނީ

ލަންކާގެ ރިޔާސީ އިންތިޚާބުގައި ރެކޯޑު އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރައްވައްވާކަން ލަންކާގެ މީޑިއާތަކުން ހާމަކޮށްފިއެވެ. 

ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަނާ ހަވާލާދީ ލަންކާގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި، އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ގައުމުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް 39 ކެންޑިޑޭޓުން ވަނީ ކުރިމަތިލައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ޗެއަރމަން އާރްއެމްއޭއެލް ރަތުނަޔަކަ ވިދާޅުވި ގޮތުގައި، މި އިންތިޚާބުގައި ވާދަކުރެއްވުމަށް ހުށަހެޅުނު 39 އެޕްލިކޭޝަން ވެސް ވަނީ ބަލައިގެންފައެވެ.

މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އަދި މި އިންތިޚާބުގައި 17 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ.

2019 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި 35 ކެންޑިޑޭޓުން ވާދަކުރެއްވި އިރު، މިފަހަރުގެ އިންތިޚާބުގައި ރެކޯޑު އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރައްވާކަން ފާހަގަކުރެވެއެވެ.

ކަމާ ބެހޭ މާހިރުންގެ ލަފާގައި، ލަންކާގެ އިޤްތިޞާދު ހަމައަކަށް އެޅުވުމަށްޓަކައި ތަންފީޛުކުރާނެ ކަންކަމާއި ސިޔާސަތުތައް ބައްޓަންކުރެވޭނީ އިންތިޚާބު ކާމިޔާބުކުރާ ކެންޑިޑޭޓެއް ކަނޑައެޅުމުންނެވެ.

2022 ވަނަ އަހަރު ލަންކާގެ އިޤްތިޞާދު ދަށަށް ގޮސް، ގައުމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވިއެވެ. އޭރުގެ ސަރުކާރުގެ ދޯދިޔާ ސިޔާސަތުތަކުގެ ސަބަބުން، އައިއެމްއެފް އާއި އިންޑިއާ އަދި އެހެނިހެން ގައުމުތަކުން މާލީ އެހީ ލިބުނު ނަމަވެސް، ގޮޓަބަޔާ ރާޖަޕަކްސާގެ ސަރުކާރަށް ހާލަތު ކޮންޓްރޯލްކުރަން ނޭނގުނެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ސަރުކާރަށް ގެއްލި، މުޒާހަރާތައް ފެށުނެވެ. އަދި ރިޔާސީ ގަނޑުވަރަށް ރައްޔިތުން ވަދެގަތުމާ ގުޅިގެން ގޮޓަބަޔާ އިސްތިއުފާ ދެއްވިއެވެ.

ގޮޓަބަޔާ އިސްތިއުފާދެއްވުމުން އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ރަނިލްވިކްރަމަ ސިންހަ ވަގުތީ ރައީސެއްގެ ގޮތުން ބާރުތަކާއި ހަވާލުވެވަޑައިގެންނެވިއެވެ. އަދި އެ ގައުމުގެ މަޖިލީހުން ރަނިލް ރައީސް ކަމަށް އައްޔަންކުރިއެެވެ.

ފާއިތުވީ ދެއަހަރު ލަންކާގެ އިޤްތިސާދު ރަނގަޅު ކުރުމަށްޓަކައި އެ ގައުމުގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް އައިއެމްއެފުގެ އެހީއާއެކީ ކުރަމުންނެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.