އިސްރާއީލްގެ ހަމަލާތަކުގައި ޣައްޒާއިން ކޮންމެދުވަހަކުވެސް އެތައްބަޔަކު ޝަހީދުވޭ --- ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
16 Aug 2024 | 00:25
ޣައްޒާގައި ކޮންމެ ދުވަހަކު ގާތްގަނޑަކަށް 130 މީހުން މަރުވޭ: އދ

ޣައްޒާގައި ކޮންމެ ދުވަހަކު އެވްރެޖްކޮށް ގާތްގަޑަކަށް 130 މީހުން މަރުވަމުންދާކަމަށް އދ. އިން ބުނެފިއެވެ.

ޣައްޒާ ސިޓީގައި ދިގުދެމިގެންދާ އިސްރާއީލީ އަނިޔާވެރިކަން އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކޮމިޝަނަރު ވޯލްކާ ޓާރކް ވަނީ ކުށްވެރިކޮށްފައެވެ. އަދި އޮކްޓޯބަރު 7 އިން ފެށިގެން ކޮންމެ ދުވަހަކު ގާތްގަނޑަކަށް 130 މީހުން މަރުވަމުންދާކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.

ބުރާސްފަތި ދުވަހު ދެއްކެވި ވާހަކަފުޅުގައި ޓާރކް ވިދާޅުވީ، ވޭތުވެދިޔަ 10 މަސް ދުވަހުގެ ތެރޭގައި ކޮންމެ ދުވަހަކު އެވްރެޖްކޮށް 130 މީހުން މަރުވަމުންދާކަމަށެވެ. އަދި އިސްރާއީލީ ސިފައިން ގެދޮރާއި، ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި އަދި އަޅުކަންކުރާ ތަންތަން ބިމާ ހަމަކޮށް ސުންނާފަތި ކޮށްލާފައިވާ މިންވަރު ވަރަށް ބޮޑަށް ހައިރާންކުރުވާކަމަށް އޭނާ ވިދާޅުވިއެވެ.

ޣައްޒާގައި މިހާރު ކުރިމަތިވެފައިވާ "ހިތަށްނުގެނެވޭފަދަ" ހާލަތަކީ އިސްރާއީލީ ސިފައިން ހަނގުރާމައިގެ ގަވާއިދުތަކާ ޚިލާފުވުމުގެ ސަބަބުން ދިމާވެފައިވާ ކަމެއްކަމަށް ޓާރކް ވަނީ ފާހަގަކުރައްވާފައެވެ. އަދި އިންސާނީ ޤާނޫނުގެ ދަށުން އާންމު ރައްޔިތުންނާއި އާންމުންގެ މުދަލާއި އިންފްރާސްޓްރަކްޗަރ ރައްކާތެރިކުރުމުގެ މުހިންމުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައްވަމުން ޓާރކް ވިދާޅުވީ، ހުރިހާ ފަރާތްތަކުން ވެސް ވަގުތުން ހަނގުރާމަ ހުއްޓާލައި، ހަތިޔާރު ބަހައްޓައި، މީހުން މެރުން ހުއްޓާލުމަށެވެ. އަދި ރަހީނުން ދޫކޮށްލައި، ކުށެއްނެތި ހައްޔަރުކޮށްފައިވާ ފަލަސްޠީނު މީހުން މިނިވަންކުރުމަށާއި، އިސްރާއީލުގެ ޣައިރު ޤާނޫނީ އޮކިއުޕޭޝަން ނިމުމަކަށް ގެނެސް، ބައިނަލްއަޤްވާމީ ގޮތުން އެއްބަސްވެފައިވާ ދެ ދައުލަތުގެ ހައްލު ޙަޤީޤަތަކަށް ހެދުމަށް އޭނާ ގޮވާލެއްވިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަދުވަހުން ފެށިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 40،000 އަށްވުރެ ގިނަމީހުން ޣައްޒާއިން ޝަހީދުވެފައިވާއިރު، އޭގެތެރޭގައި ގިނައީ އަންހެނުންނާ ކުޑަކުދިންކަމަށް އދ.ގެ ރިޕޯޓްތަކުން ދައްކައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.