ހުޅުމާލޭގައި ބޭއްވުނު ދައުވާ ހަރަކާތުގެ ތެރެއިން: ފޮޓޯ/ ޓީޑީއެމް
ހަބަރު
16 Aug 2024 | 16:22
ފަތުރުވެރިންނަށް އިސްލާމް ދީނާއި ގުޅޭ މައުލޫމާތު ދިނުމަށް “ޓީމް ދައުވާ މޯލްޑިވްސް”ގެ ޚާއްސަ ހަރަކާތެއް

“ގްލޯބަލް ދައުވާ ޑޭ” ނުވަތަ ދައުވާ ދިނުމުގެ ބައިނަލް އަޤުވާމީ ދުވަސް ރާއްޖޭގައި ފާހަގަ ކުރުމަށް، ޣައިރު ދީން ތަކުގެ ފަތުރުވެރިންނަށް އިސްލާމްދީނާއި ގުޅޭ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޚާއްސަ ހަރަކާތެއް ހުޅުމާލޭގައި ކުރިއަށް ގެންގޮސްފިއެވެ. 

ރާއްޖޭގައި، ޣައިރު މުސްލިމުންނަށް ދައުވާގެ އެކި ހަރަކާތް ކުރިއަށް ގެންދިޔުމުގެ ކަންކަން ރާވައި ހިންގުމުގައި އިސްވެ މަސައްކަތް ކުރާ “ޓީމް ދައުވާ މޯލްޑިވްސް” (ޓީޑީއެމް) އިން މި ހަރަކާތް އިއްޔެ ހަވީރު 16:30 އިން ފެށިގެން ކުރިއަށް ގެންގޮސްފައިވަނީ، ހުޅުމާލޭ ބީޗު ސަރަހައްދުގައެވެ. 

ޓީޑީއެމް އިން ބުނެފައިވާ ގޮތުން މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ޔޫތްޔޫނިއަން އާއި ގުޅިގެންނެވެ. 

ހުޅުމާލޭގައި ބޭއްވުނު ދައުވާ ހަރަކާތުގެ ތެރެއިން: ފޮޓޯ/ ޓީޑީއެމް

މި ހަރަކާތުގެ ތެރެއިން، ބީޗް ސަރަހައްދުގައި އެވަގުތު އުޅުނު ފަތުރުވެރިންނަށާއި، އެ ސަރަހައްދު ހުރި ކެފޭ ފަދަ ތަންތަނުގައި މަސައްކަތް ކުރާ ޣައިރު ދީން ތަކުގެ މީހުންނަށް ކީރިތި ޤުރުޢާނުގެ ތަރުޖަމާ ބަހާފައިވެއެވެ.

އަދި އިސްލާމް ދީނާމެދު އެމީހުންގެ ހިތުގައި ހުރި ސުވާލު ތަކަށް ޖަވާބުދީ ކަންކަން އޮޅުންފިލުވައިދެވިފައުވާ ކަމަށްވެސް ޓީޑީއެމް އިން ބުނެފައިވެއެވެ.

ހުޅުމާލޭގައި ބޭއްވުނު ދައުވާ ހަރަކާތުގެ ތެރެއިން: ފޮޓޯ/ ޓީޑީއެމް

ޓީމް ދައުވާ މޯލްޑިވްސް އިން މީގެ ކުރިންވެސް މިސްކިތް ތަކުގަޔާއި މަގުތަކުގައިވެސް ޣައިރު މުސްލިމުންނަށް ދައުވާ ދިނުމުގެ ހަރަކާތްތައް ކުރިއަށް  ގެންގޮސްފައި ވެއެވެ. 

މީގެ އިތުރުން ކޮންމެ ރޯދަމަހަކުވެސް، ރޯދަވީއްލަން ގެއަށް ނުވަތަ މިސްކިތަށްވެސް ނުދެވިފައި ތިބޭ މީހުންނަށް ރޯދަވީއްލުން އަވަސްކޮށްދިނުމުގެ ގޮތުން މަގުމަތިން ރޯދަވީއްލުން ފޯރުކޮށްދިނުމުގެ ކަންކަން ކުރިއަށް ގެންދެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
06 Oct 2026
މާލޭ އުތުރު ފަރާތު ބަނދަރުގައި ހަ ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ ޖުމްލަ އަގަކީ 18.98 މިލިޔަން ރުފިޔާއެވެ. މަޝްރޫއުގެ ތެރެއިން 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
06 Oct 2026
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކުރުމުގެ ބަދަލުގައި ޕްރޮމޯޓްކޮށްފި
ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ވިވެކް ބާގަތް ޖަންތަރު މަންތަރުގައި އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، ހޯމަ ދުވަހު ނެރުނު އަމުރެއްގެ ދަށުން ބާގަތް ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގެ ވަގުތީ ޒިންމާތައް ހަވާލުކުރި 12 ޑެނިޕްސް އޮފިސަރުންގެ ތެރޭގައި ހިމެނިފައެވެ.
06 Oct 2026
އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރުން އާންމު ހާލަތަށް ގެންނާނެ ކަމަށް އިމިގްރޭޝަނުން ބުނެފި
ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ޕާސްޕޯޓު ބުކްލެޓް ސްޓޮކް ލިބުން ލަސްވެ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް އިމިގްރޭޝަނުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
06 Oct 2026
އައިޖީއެމްއެޗުން 50 އަށް ވުރެ ގިނަ ސިއްހީ މާހިރުން ކާރިސާ މެނޭޖްމަންޓަށް ތަމްރީނުކޮށްފި
މި ޕްރޮގްރާމުގައި ބައިވެރިން ވަނީ، ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ އަނިޔާވާ ހާލަތްތަކުގައި (މާސް ކެޝުއެލްޓީ އިންސިޑެންޓް - އެމްސީއައި) ބޭނުންކުރާ މުޅިން އައު ޓްރައެޖް ނިޒާމެއް ތަޖުރިބާކޮށްފައެވެ.