މަރާލައިފައިވާ 2 އިޒްރާއީލުގެ ސިފައިންގެމީހުންކަމުގައިވާ މޭޖާ ޔޮތަމް އިޒްހަކް ޕެލެޑް(ކ) ސާޖަންޓް މޭޖާ މޯޑެޗައި ޔޯސެފް ބެން ޝޮއާމް(ވ)
ދުނިޔެ
18 Aug 2024 | 10:46
ޣައްޒާގައި އިސްރާއީލްގެ 2 ސިފައިންގެ މީހުން މަރާލައިފި!

ހައްދުފަހަނަ އަޅާފައިވާ އިޒްރާއީލުގެ ޔަހޫދީންނާއި ޣައްޒާ މިނިވަންކުރުމަށް ޖިހާދުކުރަމުންދާ މުޖާހިދުންނާ ހިންގި ކުރިމަތިލުމެއްގައި އިސްރާއީލްގެ 2 ސިފައިންގެ މީހުން މަރާލައިފިއިވާ ކަމަށް އިޒްރާއީލުގެ މީޑިއާތަކުން ބުނެފިއެވެ.

އިޒްރާއީލުގެ މީޑިޔާތަކުން އާންމުކޮށްފައިވާ ގޮތުން އެމީހުން ލޮގިސްޓިކް ފޯސް ޣައްޒާގެ މެދުތެރޭގައިއޮންނަ ޒައިތޫން ނޭބާހޫޑްއަށްވަންނީ އެސަރަހައްދުގައި މަސައްކަތްކުރަމުންދާ އެމީހުންގެ ނިރުބަވެރިންނަށްބޭނުންވާ އެހީހިފައިގެން ކަމަށެވެ. އެމީހުން އެތަނަށް ވަދެގެންދައިކޮށް މުޖާހިދުން ހަރުކޮށްފައިވާ ބޮމެއްގޮވައި އެމީހުންގެ 2 އެފިސަރަކުމަރުވެ އެތައްބައެއް ޒަހަމްވީކަމަށްވެސް އެމީހުންވަނީ އާންމުކޮށްފައެވެ.

ޕއަދި މީގެ އިތުރުން މި ވަގުތުގައި މުޖާހިދުން އެތަނުގައި ބަޑިން ވެސް ވަނީ ހަމަލާދީފައެވެ. އިޒްރާއީލުގެ ސިފައިންގެމީހުން ރައްދު ދިންނަމަވެސް ސަލާމަތްކަމާއެކު އެތަނުން މުޖާހިދުން ސިޔަކަމަށްވެސް އެމީހުންވަނީބުނެފައެވެ.

މަރާލި ދެ ސިފައިންގެ މީހުންނަކީ ޔޮތަމް އިޒްހަކް ޕެލެޑް 34، އާއި މޯޑެޗައި ޔޯސެފް ބެން ޝޮއާމް 34 އެވެ. މިި މީހުންގެ ތެރެއިން ޕެލެޑްއަކީ ލޮޖިސްޓިކް އޮފިސަރެކެވެ. އަދި ޝޮއާމްއަކީ ޓްރަކް ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ.

ޒެއިތޫން ސަރަހައްދަކީ ހަމާސްގެ ބާރު ވަރަށް ވަރުގަދަ ނޭބާހޫޑެކެވެ. މި ފަހުން، މި ސަރަހައްދުގައި ހަމާސްގެ މުޖާހިދުންނާއި އިސްރާއީލް ސިފައިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިންގައެވެ.

އަދި މީގެ އިތުރުން އިއްޔެގެ ވަގުތެއްގައި ވަނީ ރަޙާފް ގައިވެސް 2 އިޒްރާއީލުގެ ސިފައިންގެ މީހުންން ވަނީ މަރާލާފައެވެ. އަދި 11 މީހުން ވަނީ ޒަހަމްކޮށްލާފައެވެ. ނަމަވެސް އިތުރުތަފްސީލު އާންމުކޮށްފައިނުވެއްވެ.

މި ހަމަލާދީފައިމިވަނީ އިޒްރާއީލުން ރަޙާފްގައި ޙަމާސްގެ މުޖާހިދުންގެ ބާރުކެންޑިފައިވާކަމަށް ބުނިތާދެދުވަސް ނުވަނިސްއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އދގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލީހަށް ފުރަތަމަ ފަހަރަށް ރާއްޖެ އިންތިހާބުވެއްޖެ
04 Jun 2026
އީދު ފާހަގަކުރަން މިލަންދޫ ކައުންސިލުން 321،000ރ، މާލި ނެރެ ދަފިނަގަން ލައްކައެއް
އެހެން ކަމުން ބޮޑު އީދު ފާހަގަކުރުމަށް މިލަންދޫ ކައުންސިލުން ވަނީ 321,940 ރުފިޔާ ހަރަދުކޮށްފަ އެވެ.
04 Jun 2026
ނަޝީދަށް ދައުލަތުގެ ވެރިކަން ދޭގޮތަށް އެއްބަސްވުމަކީ އެމްޑީޕީ އެކުވެރިވާނެ ކަމެއް ނޫން: ފަޒްނާ
"އަޅުގަނޑުގެ ޕޮއިންޓަކީ ވަކި އަތަކަށް ނުޖެހި އިންސާފުވެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭ މަޤާމަކަށް ވަކިއަތަކަށް ޖެހިގެން ހުރިމީހަކު އައިސްގެން ޕާޓީގެ އެކުވެރި ކަމެއް ނުދެމެހެއްޓޭނެއޭ އެވެ,"
04 Jun 2026
ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ
އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން ހުން ނުވަތަ ރޯގާއަށް ޝައްކު ކުރެވޭފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލްގެ ކުއްލި ފަރުވާދޭ ބަޔަށް އައިސް ކައުންޓަރުގައި އިންނަ މުއައްޒަފަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ
04 Jun 2026
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ
މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ