މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ)ގެ ރައީސް، މުހައްމަދު ސޮބާހު (ޗޭ): ފޮޓޯ/ ސާފިންގ އެސޯސިއޭޝަން
ކުޅިވަރު
18 Aug 2024 | 13:01
އަޅުގަނޑުމެންނަށް ހޯމް އެޑްވާންޓޭޖް ވަރަށް ބޮޑު؛ އަމާޒަކީ ދިވެހި ދެ އެތްލީޓުން އޭޝިއަން ގޭމްސްއަށް ކޮލިފައި ކުރުން: ޞޮބާޙް

ރާއްޖޭގެ އަމާޒަކީ މިހާރު ތުލުސްދޫގައި ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުން ރާއްޖޭގެ ދެ އެތުލީޓަކު، 2026 ވަނަ އަހަރު ޖަޕާނުގައި ބާއްވާ އޭޝިއަން ގޭމްސް އަށް ކޮލިފައިކޮށްދިނުން ކަމަށް، މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ)ގެ ރައީސް، މުހައްމަދު ސޮބާހު (ޗޭ) ވިދާޅުވެއްޖެއެވެ.

އެޝިއަން ސާފިން ޗެންޕިއަންޝިޕް ފެށުމުގެ ރަސްމިއްޔާތަށްފަހު މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ޗޭ ވިދާޅުވީ, މިއަހަރުގެ މުބާރާތުގައި މިދިޔަ އަހަރުގެ މުބާރާތުގައި ބައިވެރިވި ސާފަރުންނަށް ވުރެ މޮޅެތި ސާފަރުން ބައިވެރިވެފައިވާ ކަމަށެވެ.

އެޝިއަން ސާފިން ޗެންޕިއަންޝިޕް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ސްޕޯޓްސް މިނިސްޓްރީ

އެހެން ނަމަވެސް ރާއްޖޭގެ ދެ ސާފަރުން އޭޝިއަން ގޭމްސް އަށް ކޮލިފައިވުން އެއީ އަމާޒެއް ކަމަށް ސޮބާހު ވިދާޅުވި ވިދާޅުވި އެވެ. 

މިދިޔަ ފަހަރު ނާންނަ ބޮޑެތި އެތައް ސާފަރުން މިފަހަރު އައިސް މި ތިބީ ވަރަށް ވަރުގަދަ ކުދިން. އަދި ހަމަ އެގޮތަށް، ހޯމް އެޑްވާންޓޭޖް ވަރަށް ބޮޑުވާނެ އަޅުގަނޑުމެންނަށް. އަޅުގަނޑުމެންގެ ކުދިންނަށް، ރާޅު އަންނަނީ ކިހިނެއް ކަމާއި ބިންދާނީ ކިހިނެއް ކަމަކާ، މިހުރިހާ ތަފްސީލެއް އަޅުގަނޑުމެންގެ ހުރިހާ ކުދިންނަށް ވަރަށް އެނގޭނެ. އެހެންވީމާ މިއީ ވަރަށް ރަނގަޅު ފުރުސަތެއް. އިރާދަކުރެއްވިއްޔާ ދެ ކުދިން އަޅުގަނޑުމެންގެ އޭޝިއަން ގޭމްސްއަށް ކޮލިފައިވާނެ. 

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ)ގެ ރައީސް، މުހައްމަދު ސޮބާހު (ޗޭ) 

އެޝިއަން ސާފިން ޗެންޕިއަންޝިޕް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ސްޕޯޓްސް މިނިސްޓްރީ

މި ފަހަރުގެ މުބާރާތުގައި 20 ގައުމަކުން 100 އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ދެ ޓީމު ވެސް ހިމެނެ އެވެ.

ޗޭ ވިދާޅުވީ، އާއްމު ގޮތެއްގައި ކޮލިފައިން އިވެންޓެއްގައި ދެ ޓީމުން ބައިވެރި ކުރުމުގެ ފުރުސަތު ނުލިބުނު ނަމަވެސް، އޭޝިއަން ސާފިންގ ފެޑެރޭޝަނާއިއެކު ވަރަށް ބޮޑަށް ވާހަކަ ދެކެވި، ނެގޯޝިއޭޝަންތަކާއެކު ދެ ޓީމަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.