މާލޭ ސިޓީކައުންސިލް ---
ހަބަރު
18 Aug 2024 | 20:34
މާލޭ ސިޓީ ކައުންސިލުގެ މައްޗަށް ކޯޓު އަމުރެއް: ތަޅާލި ފާރު އަލުން ރާނަން އަންގައިފި

މާލޭގައި ގެއެއްގެ މީހުންނަށް ވަދެނުކުމެވޭ ގޮތަށް ރާނާފައިވާ ފާރެއް މާލޭ ސިޓީ ކައުންސިލުން ތަޅާލުމާ ގުޅިގެން، އެ ފާރު އަލުން ރޭނުމަށް އަންގައި ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅީ ހ. ހުދުފިނިފެންމާގޭގެ ވެރިޔާ، ހަސަން ޝާކިރު މުހައްމަދެވެ. މިދިޔަ މަހު ސިޓީ ކައުންސިލުން ހުދުފިނިފެންމާގޭ ފާރެއް ތަޅާލީ އިންވެގެން ހުރި ގޭގެ މީހުންނަށް ވަދެނުކުމެ ނޫޅެވޭތީއެވެ. ނަމަވެސް، މި ފާރު ރާނާފައިވަނީ ސިޓީ ކައުންސިލްގެ ހުއްދައާ އެކުގައެވެ.

ޝާކިރު ވަނީ ކައުންސިލުން ފާރު ތަޅާލުމަށް ނިންމީ ގާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި، މައްސަލަ ނިމެންދެން ކުރިން އޮތްގޮތަށް އެތަން ބޭއްވުމަށް އެދިފައެވެ.

ސިވިލް ކޯޓުން ނެރުނު އަމުރުގައި، ޝަރީޢަތުން އެހެން ގޮތަކަށް އަންގަންދެން، ހުދުފިނިފެންމާގޭގެ އިރުމަތީގައިވާ އިމާރާތަށް ކުރިން ވަދެނުކުމެ އުޅުނު ގޮތަށް، އިންވެގެން އޮންނަ ގޯޅިމަގުން ވަދެނުކުމެވޭނެ ގޮތް 48 ގަޑިއިރުގެ ތެރޭގައި ހަމަޖައްސައިދިނުމަށް ސިޓީ ކައުންސިލަށް އަންގާފައިވެއެވެ. އަދި ހުދުފިނިފެންމާގޭ ފާރު ތަޅާލުމުގެ ކުރިން އޮތް ހާލަތަށް އަނބުރާ ގެނައުމަށްފަހު، ކައުންސިލްގެ މުވައްޒަފުން އެތަނުން ނުކުތުމަށްވެސް އަމުރުކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.