ތެވެލި ކޮންފަރެންސް އިފްތާތާޙް ކުރުމުގެ ޖަލްސާއަށް ރައީސް ވަޑައިގެންނެވުން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
19 Aug 2024 | 10:25
ތިމާވެއްޓާއި، އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާތަކުގެ ދިރާސާތަކަށް ގްރާންޓްތައް ތަޢާރަފުކުރަނީ!

ވަޢުުފުޅާއި އެއްގޮތަށް ރިސާޗް ސެންޓަރެއް ހަދައި، ތިމާވެށި ދެމެހެއްޓުމާއި، އިޤްތިޞާދީ ތަރައްޤީ އަދި އިޖްތިމާޢީ ދުޅަހެޔޮކަމުގެ ދާއިރާތަކުގެ ދިރާސާ ތަކަށް ގްރާންޓްތައް ތަޢާރަފުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

“ތެވެލި މަހާސިންތާ 2024” އިފްތިތާޙް ކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ދިރާސާކުރުމަކީ ސިޔާސަތުތައް އެކުލަވާލުމުގައި ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެއީ ހެކީގެ މައްޗަށް ބިނާކޮށް އެކަށީގެންވާ އާންމު ސިޔާސަތުތަކެއް އެކުލަވާލުމަށް އަސާސެއް ގާއިމުކޮށްދޭ ކަމެއް. މިކަމުން ނިންމުންތައް ނިންމާ ފަރާތްތަކަށް މަގުދައްކައިދިނުމުގެ އިތުރުން، މާލީ އިންވެސްޓްމަންޓްތައް އިތުރުކޮށް، ސައިންސާއި ޓެކްނޮލޮޖީގެ ކުރިއެރުމަށް މަގުފަހިކޮށްދީ، އައު އަދި މުހިންމު ގޮތެއްގައި ހެކީގެ މައްޗަށް ބިނާކޮށްފައިވާ ހައްލުތައް ގައުމީ އަދި ދުނިޔޭގެ ގޮންޖެހުންތަކަށް ހޯދައިދޭ.

ރައީސުލްޖުމްހޫރުއްޔާ ޑރ މުހައްމަދު މުޢިއްޒު

މިއާއެކު ރައީސް ވިދާޅުވީ، ގިނަ ދާއިރާތަކުގެ ދިރާސާތަކަކީ އައު ކަންތައްތައް އުފެއްދުމާއި މުޖުތަމަޢުގެ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ގައުމީ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށެވެ. އަދި ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމަކަށް، ގައުމުގެ މުސްތަގުބަލާ މެދު އޮތް ތަސައްވުރާ ގުޅޭގޮތަށް ދިރާސާ ނިޒާމުތައް ކުރިއެރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. 

ރައީސް އިތުރަށް ވިދާޅުވީ، ޤައުމުގެ ކުރިއެރުމުގައި ދިރާސާތަކުގެ މުހިންމު ދައުރު ފާހަގަކޮށް، ފާއިތުވި ނޮވެމްބަރު މަހު އެމަނިކުފާނު މަޤާމާ ހަވާލުވެވަޑައުގެންނެވި ފުރަތަމަ ދުވަހު، ޢިލްމުވެރިންނާއި ތަޢުލީމީ މާހިރުންނަށް އެބޭފުޅުންގެ ތަޖުރިބާ ބޭނުންކުރުމަށް އިލްތިމާސްކުރެއްވި ކަމަށެވެ. ސަރުކާރުން ޢިލްމުވެރިންނަށް މަރުޙަބާ ކިޔައި އެހީތެރިވެދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވަޢުދުވެ ވަޑައިގެންފައެވެ.

މި މަޤްޞަދު ހާސިލުކުރުމަށްޓަކައި، އަޅުގަނޑުމެން ދިރާސާތަކުގެ މައްޗަށް ބިނާކުރެވިފައިވާ މުސްތަޤްބަލެއްގެ މައިގަނޑު ބިންގަލެއްގެ ގޮތުގައި ނޭޝަނަލް ރިސަރޗް ކައުންސިލެއް ޤާއިމުކުރަމުން މިދަނީ. މި މަސައްކަތާއެކު، އަޅުގަނޑުމެންގެ އިސްލާޙީ އެޖެންޑާއާ އެއްގޮތަށް، ޚާއްޞަކޮށް ތިމާވެށި ދެމެހެއްޓުމާއި، އިޤްތިޞާދީ ތަރައްޤީ އަދި އިޖްތިމާޢީ ދުޅަހެޔޮކަމުގެ ދާއިރާތަކުގައި ދިރާސާ ގްރާންޓްތައް ތަޢާރަފުކުރުމަކީ، ބިނާކުރުވަނިވި ޢިލްމީ މުޖުތަމަޢުއެއް ބިނާ ކުރުމަށް ވެފައިވާ ވަޢުދުގެ ހެއްކެއް 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

މީގެ އިތުރުން، ރައީސް މުޢިއްޒު ވިދާޅުވީ، ދިރާސާކުރާ ފަރާތްތަކާއި ސިޔާސަތު އެކުލަވާލާ ފަރާތްތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް އާ ނިޒާމުތަކެއް ތަޢާރަފުކުރަމުންދާ ކަމަށާ އެކަމުގެ ސަބަބުން، ސިޔާސަތުތައް އެކުލަވާލުމުގެ މަރުޙަލާގައި ދިރާސާތަކުގެ ނަތީޖާތައް ހިމެނޭކަން ކަށަވަރުކުރެވި، ދިވެހިރާއްޖޭގައި ދިރާސާތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ ސަގާފަތެއް އުފެދި، އެކަން އިތުރަށް ފުޅާވަމުންދާނެ ކަމަށެވެ. 

މިއާއެކު، ދިރާސާތައް ކުރިއަރައި ދިއުމަށްޓަކައި، އެކަމަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭކަން ފާހަގަކުރައްވައި ރައީސް ވަނީ، ދިރާސާތަކަށާއި ތަރައްޤީއަށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުކުރުމަށާއި، ތަޢުލީމީ މަރުކަޒުތައް ވަރުގަދަކުރުމަށް އާ މަޝްރޫޢުތަކެއް ފެށުމަށާއި، އަދި ޤައުމީ ތަރައްޤީގެ އިސްކަންދޭ ދާއިރާތަކާ ގުޅޭގޮތުން ދިރާސާކުރާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަށް ނިންމަވާފައިވާ ކަމަށެވެ.

އަދި ތަރައްޤީގެ އިސްކަންދޭ ކަންތައްތައް ކަނޑައެޅިގެންދާނީ ރައްޔިތުންގެ ބޭނުންތަކާއި، އެންމެހާ ފަރާތްތަކުގެ ޢިލްމާއި ހުނަރުގެ މައްޗަށް ބިނާކޮށް ކަމަށްވެސް ވިދާޅުވެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
06 Oct 2026
މާލޭ އުތުރު ފަރާތު ބަނދަރުގައި ހަ ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ ޖުމްލަ އަގަކީ 18.98 މިލިޔަން ރުފިޔާއެވެ. މަޝްރޫއުގެ ތެރެއިން 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
06 Oct 2026
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކުރުމުގެ ބަދަލުގައި ޕްރޮމޯޓްކޮށްފި
ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ވިވެކް ބާގަތް ޖަންތަރު މަންތަރުގައި އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، ހޯމަ ދުވަހު ނެރުނު އަމުރެއްގެ ދަށުން ބާގަތް ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގެ ވަގުތީ ޒިންމާތައް ހަވާލުކުރި 12 ޑެނިޕްސް އޮފިސަރުންގެ ތެރޭގައި ހިމެނިފައެވެ.
06 Oct 2026
އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރުން އާންމު ހާލަތަށް ގެންނާނެ ކަމަށް އިމިގްރޭޝަނުން ބުނެފި
ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ޕާސްޕޯޓު ބުކްލެޓް ސްޓޮކް ލިބުން ލަސްވެ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް އިމިގްރޭޝަނުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
06 Oct 2026
އައިޖީއެމްއެޗުން 50 އަށް ވުރެ ގިނަ ސިއްހީ މާހިރުން ކާރިސާ މެނޭޖްމަންޓަށް ތަމްރީނުކޮށްފި
މި ޕްރޮގްރާމުގައި ބައިވެރިން ވަނީ، ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ އަނިޔާވާ ހާލަތްތަކުގައި (މާސް ކެޝުއެލްޓީ އިންސިޑެންޓް - އެމްސީއައި) ބޭނުންކުރާ މުޅިން އައު ޓްރައެޖް ނިޒާމެއް ތަޖުރިބާކޮށްފައެވެ.
06 Oct 2026
ފްލައިދުބާއީގެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި: ރިޕޯޓް
ދުބާއީން ފުރައިގެން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ މަތިންދާބޯޓެއްގެ ކޮކްޕިޓް ތެރޭގައި ކެޕްޓަނަށް ހަމަލާދިނުމާ ގުޅިގެން، 150 އަށް ވުރެ ގިނަ އިސްރާއީލުގެ މީހުން ދަތުރުކުރި އެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި ކަމަށް ސީބީއެސް ނިއުސް އިން ހޯމަ ދުވަހު ރިޕޯޓްކޮށްފިއެވެ.
06 Oct 2026
މޮޅަދޫ ކައުންސިލްގެ ސެޕްޓެމްބަރު މަހުގެ އާމްދަނީގެ 91 އިންސައްތަ ލިބިފައިވަނީ ހިލޭ އެހީން
އެ ކައުންސިލުން މިއަދު އާންމުކުރި އާމްދަނީ ރިޕޯޓުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 91 އިންސައްތައަކީ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއެވެ.