ރައީސް ޑރ މުހައްމަދު މުއިއްޒު-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
19 Aug 2024 | 11:08
އަމާޒަކީ ހެއްކަށް ބިނާކޮށް ހުރިހާ ސިޔާސަތެއް ވެސް ކަނޑައެޅުން: ރައީސް މުޢިއްޒު

މި ސަރުކާރުގެ އަމާޒަކީ ސިޔާސަތުތައް އެކަށައެޅުމުގައި ނިންމާ ކޮންމެ ނިންމުމަކީ ހެއްކަށް ބިނާކޮށް ނިންމާ ނިންމުމަކަށް ހެދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ “ތެވެލި މަހާސިންތާ 2024” އިފްތިތާޙް ކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކުރާ މި ކޮންފަރެންސް ބާއްވާތާ މިއީ ހަތްވަނަ އަހަރެވެ. މި ކޮންފަރެންސް ކުރިއަށްދާނީ 19-20 އޯގަސްޓު 2024 ގައެވެ. މި އަހަރުގެ ތީމަކީ "ބްރިޖިންގ ބައުންޑަރީސް: އެކްސްޕްލޯރިންގ ސިނަރޖީސް އެކްރޮސް ރިސަރޗް ޑިސިޕްލިންސް”.

ކޮންފަރެންސްގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މި ސަރުކާރުން ދެކެން ބޭނުންވަނީ ކޮންމެ ސިޔާސަތެއް ކަނޑައެޅުމުގައި އަދި ކޮންމެ ގޮންޖެހުމަކާ ކުރިމަތިލުމުގައި ހެކިތަކުގެ މައްޗަށް ބިނާކޮށް، ޕްރޮފެޝަނަލް ހައްލުތައް ހޯދާ ދިވެހިރާއްޖެއެއް ކަމަށެވެ.

"އަޅުގަނޑުމެން ތަޞައްވުރުކުރަނީ، ކޮންމެ ސިޔާސަތެއް ވެސް ހެކިތަކަށް ބިނާކޮށް ނިންމަން، އަދި ކޮންމެ ގޮންޖެހުމަކާ ވެސް ތަޖުރިބާކާރުންގެ ޢިލްމުގެ މައްޗަށް ބިނާވެފައިވާ ހައްލަކާ އެކު ކުރިމަތިލުން،"

ރައީސް ޑރ މުހައްމަދު މުޢިއްޒު

އެހެންކަމުން، މި މުހިންމު މަސައްކަތުގައި އެކަޑަމިކް ދާއިރާއާއި، ދިރާސާކުރާ ފަރާތްތަކާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އަމިއްލަ ވިޔަފާރިތަކާއި، އަދި އާންމު ރައްޔިތުން ހިމެނޭ ގޮތަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށް ރައީސް ގޮވާލެއްވިއެވެ.

 “ތެވެލި މަހާސިންތާ 2024” އިފްތިތާޙް ކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް

އަމިއްލަ ދިރާސާތަކުގެ މުހިންމުކަން ފާހަގަކުރައްވަމުން، ދިވެހިންގެ ދިރާސާކުރުމުގެ ނިޒާމުތައް ހަރުދަނާކޮށް، ތަރައްޤީގެ ނަމޫނާތައް ދިވެހި މުޖުތަމަޢުތަކާއި، ޢަޤީދާއާއި، މުސްތަޤްބަލަށް ކުރާ ތަޞައްވުރާ އެއްގޮތްވާކަން ޔަޤީންކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ރައީސް ވިދާޅުވިއެވެ.

މިއާއެކު ދިރާސާއާއި ތަރައްޤީ ކުރިއެރުވުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި، ދިރާސާގެ މައްޗަށް ބިނާވެފައިވާ މުސްތަޤްބަލެއްގެ މައިގަނޑު ބިންގަލެއްގެ ގޮތުގައި ނޭޝަނަލް ރިސަރޗް ކައުންސިލެއް އުފެއްދުން ފާހަގަކުރެއްވިއެވެ.

ނިންމާލަމުން ރައީސް ގޮވާލެއްވީ، އެންމެން ވެސް ދިރާސާތަކަށް އަގުދީ އެއަށް އެހީތެރިވެ، ސުވާލުކޮށް، ޢިލްމު ހޯދައި، އަދި ޤައުމު ކުރިއެރުވުމުގައި ޢަމަލީގޮތުން ބައިވެރިވުމަށެވެ. އަބަދުވެސް ބަދަލުވަމުންދާ ދުނިޔެއެއްގައި ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ކުރިއެރުމާއި، އައު އީޖާދުތަކާއި، ފާގަތިކަން ޔަޤީންކުރެވޭނެ ކަމުގެ އުންމީދު ރައީސް ފާޅުކުރެއްވިއެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
06 Oct 2026
މާލޭ އުތުރު ފަރާތު ބަނދަރުގައި ހަ ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ ޖުމްލަ އަގަކީ 18.98 މިލިޔަން ރުފިޔާއެވެ. މަޝްރޫއުގެ ތެރެއިން 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
06 Oct 2026
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކުރުމުގެ ބަދަލުގައި ޕްރޮމޯޓްކޮށްފި
ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ވިވެކް ބާގަތް ޖަންތަރު މަންތަރުގައި އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، ހޯމަ ދުވަހު ނެރުނު އަމުރެއްގެ ދަށުން ބާގަތް ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގެ ވަގުތީ ޒިންމާތައް ހަވާލުކުރި 12 ޑެނިޕްސް އޮފިސަރުންގެ ތެރޭގައި ހިމެނިފައެވެ.
06 Oct 2026
އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރުން އާންމު ހާލަތަށް ގެންނާނެ ކަމަށް އިމިގްރޭޝަނުން ބުނެފި
ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ޕާސްޕޯޓު ބުކްލެޓް ސްޓޮކް ލިބުން ލަސްވެ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް އިމިގްރޭޝަނުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
06 Oct 2026
އައިޖީއެމްއެޗުން 50 އަށް ވުރެ ގިނަ ސިއްހީ މާހިރުން ކާރިސާ މެނޭޖްމަންޓަށް ތަމްރީނުކޮށްފި
މި ޕްރޮގްރާމުގައި ބައިވެރިން ވަނީ، ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ އަނިޔާވާ ހާލަތްތަކުގައި (މާސް ކެޝުއެލްޓީ އިންސިޑެންޓް - އެމްސީއައި) ބޭނުންކުރާ މުޅިން އައު ޓްރައެޖް ނިޒާމެއް ތަޖުރިބާކޮށްފައެވެ.
06 Oct 2026
ފްލައިދުބާއީގެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި: ރިޕޯޓް
ދުބާއީން ފުރައިގެން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ މަތިންދާބޯޓެއްގެ ކޮކްޕިޓް ތެރޭގައި ކެޕްޓަނަށް ހަމަލާދިނުމާ ގުޅިގެން، 150 އަށް ވުރެ ގިނަ އިސްރާއީލުގެ މީހުން ދަތުރުކުރި އެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި ކަމަށް ސީބީއެސް ނިއުސް އިން ހޯމަ ދުވަހު ރިޕޯޓްކޮށްފިއެވެ.
06 Oct 2026
މޮޅަދޫ ކައުންސިލްގެ ސެޕްޓެމްބަރު މަހުގެ އާމްދަނީގެ 91 އިންސައްތަ ލިބިފައިވަނީ ހިލޭ އެހީން
އެ ކައުންސިލުން މިއަދު އާންމުކުރި އާމްދަނީ ރިޕޯޓުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 91 އިންސައްތައަކީ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއެވެ.