ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު -- ފޮޓޮ: ސަން
ހަބަރު
19 Aug 2024 | 19:09
ނޫމަޑި މައްސަލާގައި ރައީސް މުއިއްޒުއާ ބައްދަލުކުރި ކަމަށް ބުނާ ވާހަކަ ސީޕީ ދޮގުކުރައްވައިފި

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އާއި ދިވެހި ސަރުކާރާ ދެމެދު އުފެދިފައިވާ މައްސަލައަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރެއްވި ކަމަށް ބުނެ ދެކެވޭ ވާހަކަތައް މިއަދު ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ދޮގުކުރައްވައިފިއެވެ.

ރޭ ބޭއްވުނު ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ޖަލްސާއެއްގައި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު މި މައްސަލައާ ގުޅިގެން ވިދާޅުވެފައިވަނީ އޭރު ރައީސް މުއިއްޒުއާ ބައްދަލުކުރެއްވި ކަމަށާއި، އެ ބައްދަލުވުމުގައި މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް ޝުޖާއުވެސް ބައިވެރިވެވަޑައިގަތް ކަމަށެވެ. އަދި އޭނާ ވަނީ ރައީސް މުއިއްޒުއާ ގުޅުވައި އިތުރު ތުހުމަތުތަކެއްވެސް ކުރައްވާފައެވެ.

ނަމަވެސް މިއަދު ނެރުއްވި ބަޔާނެއްގައި ކޮމިޝަނަރ އޮފް ޕޮލިސް ޝުޖާއު ވިދާޅުވެފައިވަނީ ނޫމަޑި މައްސަލާގައި ރައީސް މުއިއްޒުއާ ބައްދަލުކުރެއްވުމަށް ހުސައިން ވަހީދުއާއެކު ވަޑައިގެންނެވި ކަމަށް ދެއްކެވި ވާހަކައަކީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ. އަދި އެ މައްސަލައާ ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއް ކުރުމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދުއާ އެކު އެއްވެސް ފަރާތަކާ ބައްދަލުކުރައްވާފައި ނުވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ނޫމަޑި ކުންފުންޏާ އަތޮޅުތެރޭގައި ހައުސިންގ ޔުނިޓުތަކެއް އެޅުމަށް ހަވާލުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސްވަރުއެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ އެއްބަސްވުން ބާތިލުކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް މުއިއްޒު ހައުސިންގ މިނިސްޓަރަކަށް ހުންނެވި ދުވަސްވަރުއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެ އެއްބަސްވުން ބާތިލުކުރުމުން ނޫމަޑިއަށް 55 މިލިއަން ޑޮލަރު ބަދަލެއްގެ ގޮތުގައި ސަރުކާރުން ދޭން ޖެހުނެވެ. އަދި އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމުން ދެއްވި ބަޔާނަކާ ގުޅިގެން ރައީސް މުއިއްޒުއާ ދެކޮޅަށް މިދިޔަ ސަރުކާރުން ދައުވާކުރި ނަމަވެސް އެ މައްސަލަ ސާބިތުވެފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jun 2026
އަލިފުށީ އެއާޕޯޓާއި ހޮސްޕިޓަލް ހުޅުވާނަން
އަލިފުށީގައި ތަރައްޤީކުރަމުންދާ 30 އެނދުގެ ހޮސްޕިޓަލާއި އެއާޕޯޓުގެ މަސައްކަތް ނިންމައި މި ދައުރުގެ ތެރޭގައި ހުޅުވާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
29 Jun 2026
މިފްކޯ އާބާދީ ބޮޑު ރަށްރަށުގައި ފިހާރަތައް ހުޅުވަނީ
މިފްކޯ އިން ސިޓީތަކާއި އާބާދީ ބޮޑު ރަށްރަށުގައި ފިހާރަތައް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ ސީއޯއޯ ހާމިދު ނަޒީމް ވިދާޅުވެއްޖެއެވެ. މިއަހަރުގެ މެއި މަހު އައްޑޫ ސިޓީގައި ވަނީ އަތޮޅުތެރޭގެ ފުރަތަމަ އައުޓްލެޓް ހުޅުވައިފައެވެ.
29 Jun 2026
ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަންނަމަހު ފެށޭނެ
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ 13 ރަށެއްގައި ހައުސިންގ ޔުނިޓް އެޅުމަށް އެޑްވާންސް ޕޭމަންޓު ހަމަޖެހި، ޢަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވެ ނިމިފައިވާ ކަމަށެވެ.
29 Jun 2026
ބަކިންގަމް ގަނޑުވަރުގައި ރަސްގެފާނު ނޫޅުއްވާނެ
ބަކިންގަމް ގަނޑުވަރުގެ 10 އަހަރުގެ މަރާމާތު 2025 ގައި ނިމުމުން ވެސް ޗާލްސް ރަސްގެފާނު ކުރީގެ އާވާހަކައަށް ކްލެރެންސް ހައުސްގައި ދިރިއުޅުއްވާނެ ކަމަށް ޝާހީ އޮފިޝަލުން ހާމަކުރައްވައިފި
29 Jun 2026
ސަޢޫދީ ހެލިކޮޕްޓަރެއް ވެއްޓި ދަތުރުކުރި އެންމެން ނިޔާވެއްޖެ
ސަޢޫދީ އަރަބިއްޔާގެ އަރަމްކޯގައި 14 މީހުންނާއެކު ދަތުރުކުރަމުންދިޔަ މި ހެލިކޮޕްޓަރު ވެއްޓުނީ އިއްޔެ ސައުދީ ގަޑިން 6:00 ކަންހާއިރުއެވެ. މި ހާދިސާގައި ހެލިކޮޕްޓަރުން ދަތުރުކުރި އެންމެން ވަނީ ނިޔާވެފައެވެ.
29 Jun 2026
އާންމު ދިރިއުޅުމުގެ ތެރެއިންވެސް ފައިސާ ރައްކާކުރެވިދާނެ
29 Jun 2026
ގަދަ 16 އިން ޖާގަހޯދި ފުރަތަމަ ޓީމަކަށް ކެނެޑާ
މުބާރާތުގެ ކުއާޓާ ފައިނަލުގައި ކެނެޑާ ބައްދަލުކުރަން ޖެހޭނީ މޮރޯކޯ ނުވަތަ ނެދަލޭންޑްސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ
29 Jun 2026
ފުލުހުންނަށް ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދޭނެ: ރައީސް
ރައީސުލްޖުމްހޫރިއްޔާ ވަނީ، ފުލުހުންގެ ޚިދުމަތް ދިނުމުގައި ހުރަސްތަކެއް އެބަހުރިކަން ފާހަގަކުރައްވާ އެންމެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މާލޭ ސަރަޙައްދުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދޭނެ އިތުރު މަރުކަޒަކާއި، ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދެއްވާނެކަމުގައި ވިދާޅުވެފަ އެވެ.