ބުޅާމަހުގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މީހާ: އޭނާ ހޯދަން އިމިގްރޭޝަނުން ވަނީ އިއުލާންކޮށްފައި --- ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
19 Aug 2024 | 20:42
ބުޅާ މަސް ކައްކައި ވިއްކާ މައްސަލަ ފުލުހަށް ހުށަހެޅިން: މިނިސްޓްރީ

ބުޅާ މަސް ކައްކައި ވިއްކާކަމުގެ މައްސަލަ ފުލުހަށް މިއަދު ހުށަހެޅި ކަމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނެފިއެވެ.

އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި، ބުޅާ ކަތިލައި އޭގެ މަސް ކައްކައި ވިއްކާކަމުގެ މައްސަލައެއް ފުލުހުންނަށް މިއަދު އެމިނިސްޓްރީގެ ފަރާތުން ވަނީ ހުށަހަޅައިފައެވެ.

މިނިސްޓްރީގެ އިސް އޮފިޝަލެއް ވިދާޅުވި ގޮތުގައި، މި މައްސަލަ އާންމު ފަރާތަކުން މިއަދު ހެނދުނު މިނިސްޓްރީއަށް ހުށަހެޅުމާ ގުޅިގެން، މިނިސްޓްރީން ވަނީ އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ. އަދި އެނިމަލް ވެލްފެއާ މިނިސްޓްރީގެ އިތުރުން ހޯމް މިނިސްޓްރީން ވެސް މި މައްސަލަ ގާތުން ބަލަމުންދާ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލައިގައި ތުހުމަތުކުރެވެނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަރަފާތު ހޮސައިންގެ މައްޗަށެވެ. އިމިގްރޭޝަނުން މިއަދު އިއުލާންކޮށްފައިވާ ގޮތުގައި، އަރަފާތު ހޮސައިން ވަނީ ފަސް ދުވަހުގެ ތެރޭގައި އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގާފައެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަޙްމަދު ޝިފާން ވިދާޅުވި ގޮތުގައި ފުލުހުން ވެސް މި މައްސަލައިގައި ތުހުމަތުކުރެވޭ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދެއެވެ.

މި މައްސަލައާ ގުޅޭ އެއްވެސް މަޢުލޫމާތެއް އާންމުންނަށް ލިބިފައިވާނަމަ، އިމިގްރޭޝަނުގެ ނަންބަރު 9199017 އަށް ގުޅުމަށް ނުވަތަ [email protected] އަށް މެއިލް ކުރުމަށް އެ އިދާރާއިން އެދިފައިވެއެވެ.

ކޮމެންޓް
އިއްބެ
ދެން މިނިސްޓްރީންޕޮލިހަށްހުށައެޅީމައި ޕޮލިހުންފަރުވާކުޑަކުރީކީއްވެތީބަލަންއެބަޖެހޭ
19 Aug 2024
ޖުމެއިލް
މަގުތަކުގައާއި ކުޑަކުދިންގެ ޕާކާއި ފްލެޓްތަކުގެ ސަރަހައްދުފަދަ އާންމު ސަރަހަްދުތަކުގައި ބުޅަލަށް ކާންއަޅައި އެ އާލާކޮށް ގެންގުޅުން މަނާކޮށް އަދަބު ކަނޑައަޅަންޖެހޭ.
20 Aug 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.