މަކުނުވިދުރިއަކީ ދުނިޔެއަށް ހުރި ނުރައްކަލެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައި --
ހަބަރު
19 Aug 2024 | 23:46
މަކުނުވިދުރި ބަލި ފެތުރޭ ޤައުމުތަކުން އަންނަ ފަސިންޖަރުން ސްކްރީން ކުރުމަށް އެޗްޕީއޭ ތައްޔާރުވަނީ

މަކުނުވިދުރި ބަލި ފެތުރޭ ޤައުމުތަކުން އަންނަ ފަސިންޖަރުން ސްކްރީން ކުރުމަށް އެޗްޕީއޭ ތައްޔާރުވަމުންދާކަމަށް އެ އެޖެންސީން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، މަކުނުވިދުރި ފެތުރޭ ޤައުމުތަކުން އަންނަ ފަސިންޖަރުން އެއަރޕޯޓުގައި ސްކްރީން ކުރުމުގެ ތައްޔާރީތައް މިހާރުދަނީ ވަމުންނެވެ.

އެޗްޕީއޭގެ ފަރާތުން މިމައުލޫމާތުތައް ހާމާކޮށްފައިވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ފެތުރެމުން އަންނަ މަކުނުވިދުރިއާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި މިރޭ ވާހަކަ ދައްކަވަމުންނެވެ.

އެޗްޕީއޭގެ ޕަބްލިކް ހެލްތު ޑިރެކްޓަރު ސަނާ ސަލީމް ވިދާޅުވި ގޮތުގައި، ދަތުރުފަތުރުގެ ޒަރީޢާއިން މި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވެފައިވާތީ، މަކުނުވިދުރި ފެތުރޭ ޤައުމަކަށް ދަތުރުކޮށްފައިވޭތޯ ބެލުމަށް އިމިގްރޭޝަން ފޯމުގައި ސުވާލު ހިމެނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މި ބަލި ފެތުރޭ ޤައުމަކުން ނުވަތަ ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހަކު ރާއްޖެއަށް އެތެރެވާ ހާލަތެއްގައި އެއަރޕޯޓުގައި ސްކްރީނިންގ ހެދޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސަނާ ފާހަގަކުރެއްވިއެވެ.

ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ޑރ. އަޙްމަދު އަޝްރަފް ވިދާޅުވި ގޮތުގައި، މި ބަލީގެ ކޭހެއް ފެނިއްޖެނަމަ އެކަން ބެލުމަށް ނިޒާމެއް ތައްޔާރުކުރަމުންދާއިރު، ހެލްތު އެމަޖެންސީ ކޮމިޓީއާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް ވެސް މިހާރުވަނީ އެކުލަވާލެވިފައެވެ. އަދި ހޮސްޕިޓަލްތަކުގައި ވެސް މިފަދަ ކޭސްތައް އައިސޮލޭޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ.

އެޗްޕީއޭއިން އިތުރަށް ބުނެފައިވާ ގޮތުގައި، މި ބައްޔަށް ޚާއްޞަ ފަރުވާއެއް ހޯދިފައި ނެތް ނަމަވެސް، ބަލި ޖެހިފައިވާ މީހާގެ ކިބައިން ފެންނަ އަލާމާތްތަކަށް ފަރުވާ ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމާއި، ބައްޔަށް ޓެސްޓުކުރުމާއި، އެކަމާ ގުޅިގެން ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.