ބުޅާމަހުން ތަކެތި ހަދައިގެން ވިއްކި އަރަފާތު:
ހަބަރު
20 Aug 2024 | 10:48
ބުޅާ މަސް ކައި، އެއިން ކާބޯތަކެތި ހަދައިގެން ވިއްކި ކަމަށް ތުހުމަތުވާ މީހާ ހައްޔަރު ކޮށްފި

ބުޅާމަސް ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރާކަމަށް ތުހުމަތު ކުރެވިފައިވާ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަރަފާތު ހޮސައިން ހައްޔަރުކޮށްފިއެވެ.

އަރަފާތު ހައްޔަރު ކޮށްފައި މިވަނީ އިމިގްރޭޝަނުން ފަސް ދުވަހުގެ ތެރޭގައި އެ އިދާރާއަށް ހާޒިރުވާން ނޯޓިސްވެސް ނެރެފައި ވަނިކޮށެވެ.

އަރަފާތަކީ އޭނާ އާމެދު ބައެއް އާއްމު ފަރާތަކުން ވަރަށް ސީރިއަސް ތުހުމަތުތަކެއް ކުރެވޭ މީހެކެވެ. މިގޮތުން މާލެ ސަރަހައްދުގައި ގިނަވެފައިވާ ބުޅާތައް ބަލަހައްޓަމުން އަންނަ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ ފެލައިން ވެލްފެއާ އޯގަނައިޒޭޝަނުންވެސް ވަނީ އަރަފާތުގެ މައްސަލަ އެންމެންގެ ސަމާލުކަމަށް ގެނެސްފައެވެ. 

ފެލައިން ވެލްފެއާއިން ވަނީ ބުޅާ ހިފައިގެން އެ ކަތިލުމަށްފަހު އޭގެ މަސް ކައްކައި އަދި ވިއްކާކަމުގެ ތުހުމަތު އަރަފާތުގެ މައްޗަށް ކޮށްފައެވެ.

އަރަފާތުގެ ކަންކަން އެނގޭ ބައެއް މީހުންވެސް ވަނީ އޭނާ އާ ގުޅޭ ބައެއް ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މިގޮތުން އަރަފާތު ދިރިއުޅެމުންދާ ގޭދޮށުން ބުޅަލުގެ ގުނަވަންތައް ފެނިފައިވާކަމަށް އަވައްޓެރިން ބުނެފައިވާކަމަށް އެފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ވޮއިސްއަށް ވަރަށް މުއުތަބަރުކޮށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަރަފާތު ދިރިއުޅެމުންދިޔަ ތަނުން ކާބޯތަކެތި ތައްޔާރުކޮށް، ސައްހަ ލޭބަލް ނުޖަހައި ބާގަރ އަދި ސަބްމެރިން ފަދަ ތަކެތި ވިއްކަމުން ގޮސްފައިވާއިރު، މިތަކެތި ވިއްކުމަށް ބޭނުންކޮށްފައިވަނީ ބިދޭސީންގެ ނުފޫޒު އޮންނަ ފިހާރަތަކެވެ. 

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބިލެއް ތަސްދީގުކޮށްފައިވާއިރު، މި ޤާނޫނަށް މިހިނގާ އޮގަސްޓްމަހުގެ 24 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެއެވެ. މި ޤާނޫނު ވުޖޫދަށް އައުމުގެ މަޤްސަދުތަކުގެ ތެރޭގައި ކާބޯތަކެތި އުފައްދާ، ނުވަތަ ތައްޔާރުކުރާ، ނުވަތަ ބަންދުކުރާ، ނުވަތަ ލޭބަލްކުރާ، ނުވަތަ ރައްކާކުރާ، ނުވަތަ ގުދަންކުރާ، ނުވަތަ ގަނެ ވިއްކާ، ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލާ، ނުވަތަ ފޯރުކޮށްދޭ ތަންތަނުގައި ހިފަހައްޓަންޖެހޭ މިންގަނޑުތަކެއް ކަނޑައެޅުން ހިމެނެއެވެ.

މި ޤަނޫނަށް އަމަލުކުރަން ފެށުމުން ވިއްކާ ތައްޔާރީ ކާބޯތަކެތީގައި ލޭބަލް ޖެހުން ލާޒިމްވެގެން ދާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
06 Oct 2026
މާލޭ އުތުރު ފަރާތު ބަނދަރުގައި ހަ ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ ޖުމްލަ އަގަކީ 18.98 މިލިޔަން ރުފިޔާއެވެ. މަޝްރޫއުގެ ތެރެއިން 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
06 Oct 2026
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކުރުމުގެ ބަދަލުގައި ޕްރޮމޯޓްކޮށްފި
ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ވިވެކް ބާގަތް ޖަންތަރު މަންތަރުގައި އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، ހޯމަ ދުވަހު ނެރުނު އަމުރެއްގެ ދަށުން ބާގަތް ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގެ ވަގުތީ ޒިންމާތައް ހަވާލުކުރި 12 ޑެނިޕްސް އޮފިސަރުންގެ ތެރޭގައި ހިމެނިފައެވެ.
06 Oct 2026
އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރުން އާންމު ހާލަތަށް ގެންނާނެ ކަމަށް އިމިގްރޭޝަނުން ބުނެފި
ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ޕާސްޕޯޓު ބުކްލެޓް ސްޓޮކް ލިބުން ލަސްވެ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް އިމިގްރޭޝަނުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
06 Oct 2026
އައިޖީއެމްއެޗުން 50 އަށް ވުރެ ގިނަ ސިއްހީ މާހިރުން ކާރިސާ މެނޭޖްމަންޓަށް ތަމްރީނުކޮށްފި
މި ޕްރޮގްރާމުގައި ބައިވެރިން ވަނީ، ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ އަނިޔާވާ ހާލަތްތަކުގައި (މާސް ކެޝުއެލްޓީ އިންސިޑެންޓް - އެމްސީއައި) ބޭނުންކުރާ މުޅިން އައު ޓްރައެޖް ނިޒާމެއް ތަޖުރިބާކޮށްފައެވެ.
06 Oct 2026
ފްލައިދުބާއީގެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި: ރިޕޯޓް
ދުބާއީން ފުރައިގެން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ މަތިންދާބޯޓެއްގެ ކޮކްޕިޓް ތެރޭގައި ކެޕްޓަނަށް ހަމަލާދިނުމާ ގުޅިގެން، 150 އަށް ވުރެ ގިނަ އިސްރާއީލުގެ މީހުން ދަތުރުކުރި އެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި ކަމަށް ސީބީއެސް ނިއުސް އިން ހޯމަ ދުވަހު ރިޕޯޓްކޮށްފިއެވެ.
06 Oct 2026
މޮޅަދޫ ކައުންސިލްގެ ސެޕްޓެމްބަރު މަހުގެ އާމްދަނީގެ 91 އިންސައްތަ ލިބިފައިވަނީ ހިލޭ އެހީން
އެ ކައުންސިލުން މިއަދު އާންމުކުރި އާމްދަނީ ރިޕޯޓުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 91 އިންސައްތައަކީ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއެވެ.