މެންބަރު ޤާސިމް އިބްރާހިމް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހަބަރު
20 Aug 2024 | 18:56
ބޭންކުގައި ހުންނަ މީހުންގެ ފައިސާަ ރައްކާތެރިކޮށް ބެހެއްޓޭނެ ނިޒާމެއް ކަނޑައެޅުމަކީ ބޭންކުގެ ޒިންމާއެއް: ޤާސިމް

ބޭންކުގައި މީހުން ބަހައްޓާފައި ހުންނަ ފައިސާ ރައްކާތެރި ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަކީ ބޭންކުގެ ޒިންމާއެއް ކަމަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މަކަރާއި ހީލަތުގެ މައްސަލަތަކުގައި ފައިސާ ދައުރު ކުރުން ހުއްޓުވުމަށް ބޭންކު އެކައުންޓުތައް ކޯޓު އަމުރަކާއި ނުލައި ހިފެހެއްޓުމުގެ ބާރު ލިބިދޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅާފައިވާ ބިލަަށް ބަހުސް ކުރައްވަމުން ގާސިމް ވިދާޅުވީ ކުޑޫގެ އިސްލާޙުތައް ރަނގަޅު ނަމަވެސް އެ އިސްލާހުން ސްކޭމްގެ މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށެވެ.

އަދި ބޭންކިންގ ގެ ގާނޫނަށް އިސްލާޙްގެނައުމާ ގުޅޭ ގޮތުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގް ދެއްކެވި ވާހަކައަށް ތާއީދު ކުރައްވައި ވާހަކަދައްކަވަމުން ގާސިމް އިތުރަށް ވިދާޅުވީ ބެންކިން ގާނޫނަށް ގާނޫނަށް އިސްލާހު ގެނަޔަސް ނުގެނަޔަސް ބެންކުގައި ހުންނަ ރައްޔިތުންގެ ފައިސާ ރައްކާތެރިކޮށް ބެހެއްޓޭނެ ނިޒާމެއް ކަނޑައެޅުމަކީ ބެންކުގެ ޒިންމާއެއް ކަމަށެވެ.

ބޭންކުގެ ޒިންމާއެއް ބޭންކުގައި ހުންނަ މީހުންގެ ފައިސާ ރައްކާކުރެވޭނެ ނިޒާމެއް ކަނޑައޅައިގެން ކަންކަން ކުރިއަށް ގެންދިޔުމަކީ. 

މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް

އެގޮތުން ގާސިމް ވިދާޅުވީ، މީގެ ކުރިން ޗެކުން މީހުންނަށް ފައިސާ ދޫކޮށް ނުވަތަ ބެންކަށް އެމީހާ ހާޒިރުވެ ސޮއިކޮށް، ފައިސާ ދޫކުރުމާ އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ބަދަލުވެގެން ދިޔައިރު މިފަދަ މައްސަލަތައް ނާންނަ ކަމަށެވެ. 

އެކަމު މިއަދު ރައްޔިތުންނަށް ފަސޭހައަށްޓަކައި މެޝިންތަކުން ފައިސާ ނުވަތަ ބެންކުތަކުގަ ހުންނަ ތަންތަނުން ކްރެޑިޓް ކާޑު ބޭނުންކޮށްގެން މެޝިންތައް ބޭނުންކޮށްގެން ފައިސާ ނަގާ ހިސާބަށް މި ނިޒާމު ގެންދެވުނީމަ މި މައްސަލަ ދިމާވެގެން މިއުޅެނީ. އެއީ އެ ކޮމްޕިއުޓަރ ޕްރޮގްރާމްގަ ހުރި މައްސަލައެއްގެ ގޮތުގަ އަޅުގަނޑު ފާހަގަކުރަން.

މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް

އެހެންކަމުން ގާސިމް ވަނީ އެފަދަ ކޮމްޕިއުޓަރ ޕްރޮގްރާމްތައް ހެދިގެންދާއިރު ހެދެން ޖެހޭނީ ގާނޫނެއް އޮތަސް ނެތަސް ކަސްޓަމަރުންގެ ފައިސާ ރާއްކާކުރެވޭނެ ގޮތަށް ކަމަށާ، އެ ފައިސާ ހިމާޔަތްކޮށް ރައްކާތެރިކޮށްދީ ބެލެހެއްޓުމަކީ ބޭންކުގެ ޒިންމާއެއް ކަން ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.