އީވް ކްލިނިކް -- ފޮޓޯ: ސަން
ހަބަރު
20 Aug 2024 | 21:01
އާސަންދައިން އީވް ކްލިނިކަށް ދޭ ޚިދުމަތް ވަގުތީގޮތުން ހުއްޓާލައިފި

ބަލަމުންދާ މައްސަލައަކާއި ގުޅިގެން އާސަންދައިން އީވް ކްލިނިކަށް ދޭ ޚިދުމަތް ވަގުތީގޮތުން ހުއްޓާލައިފިއެވެ.

އާސަންދަ ކޮމްޕެނީގެ މީޑިއާ އޮފިޝަލަކު މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ބަލަމުންދާ މައްސަލައަކާ ގުޅިގެން އީވް ކްލިނިކަށް އާސަންދައިގެ ޚިދުމަތް ދިނުން ވަގުތީގޮތުން ވަނީ ހުއްޓާލާފައެވެ. ނަމަވެސް، މި މައްސަލައިގެ އިތުރު ތަފްސީލެއް އެ އޮފިޝަލް ހާމަކުރައްވާފައެއް ނުވެއެވެ.

އާސަންދައިގެ އޮފިޝަލް އިތުރަށް ވިދާޅުވީ، އެ ކުންފުނިން ގަވާއިދުން ކްލިނިކްތައް ޗެކްކުރާއިރު ފާހަގަކުރެވޭ ކަންތައްތަކުގެ ސަބަބުން ބައެއް ކްލިނިކްތަކަށް އާސަންދަ ދިނުން ވަގުތީގޮތުން މެދުކަނޑާލާ ކަމަށެވެ. އަދި ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު އީވް ކްލިނިކަށް އަލުން އާސަންދަ ދޫކުރާނެ ކަމަށްވެސް އެ އޮފިޝަލް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ މަހުން ފެށިގެން މަނިޕާލް ހޮސްޕިޓަލުގެ އަގުތައް ބޮޑުވުމާ ގުޅިގެން އެ ހޮސްޕިޓަލުން އާސަންދައިގެ ޚިދުމަތް އައު ބަލިމީހުންނަށް ދިނުން ވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ.

އާސަންދައިން 2022 ވަނަ އަހަރުން ފެށިގެން އަންނަނީ ސަސްޕެންޑް ކުރާ ތަންތަނުގެ ލިސްޓު އާންމުކުރަމުންނެވެ. މިގޮތުން، މިދިޔަ އަހަރުގެ ނިޔަލަށް 18 ތަނެއް ސަސްޕެންޑް ކުރުމަށްފަހު އަލުން ޚިދުމަތް ދީފައިވާކަން އާސަންދައިގެ ލިސްޓުން އެނގެއެވެ. މިވަގުތު މި ލިސްޓުގައި ވަނީ މާލޭގައި ހިންގާ ހަތަރު ކްލިނިކެކެވެ. އެއީ، ޔޫރޯ މެޑިކަލްކެއާ، ޑރ. ޕިލް ފާމަސީ، ސްޓެމް ސެންޓަރު އަދި އީވް ކްލިނިކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.