އިންޑިއާގައި ޑޮކްޓަރުން ކުރަމުންދާ މިޒާހަރާގެ ތެރެއިން
ދުނިޔެ
21 Aug 2024 | 11:25
އިންޑިއާގެ ޑޮކްޓަރުނަށް ރައްކާތެރި މާހައުލެއް ގާއިމް ކުރުމަށް ޚާއްސަ ޕެނަލެއް

އިންޑިއާގެ ޑޮކްޓަރުންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް ޑޮކްޓަރުންގެ ޕެނަލެއް އެކުލަވާލަން އިންޑިއާގެ ސްޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ކޯޓުން އެ އަމުރު ނެރުނީ އިންޑިއާގެ ކޮލްކަތާގެ ހޮސްޕިޓަލެއްގައި އުމުރުން 31 އަހަރުގެ އަންހެން ޑޮކްޓަރެއް ރޭޕްކޮށް މަރާލި މައްސަލައިގައި އުފެދިފައިވާ ކަންބޮޑުވުންތަކާ އެކު އިންސާފު ހޯދުމަށާއި ރައްކާތެރިކަން ހޯދައިދިނުމަށް އެދި ޑޮކްޓަރުން މުޒާހަރާ ކުރަމުންދާތީއެވެ.

ޑޮކްޓަރުންގެ ޓާސްކު ފޯސްގައި ހިމެނޭ ޕެނަލް މެދުވެރިކޮށް އެ ގައުމުގެ ޑޮކްޓަރުންނަށް މަސައްކަތުގެ މާހައުލުގައި ހުރި ދަތިތައް ބަލަައި ރަނގަޅު ކުރަންޖެހޭ ކަންކަން ހޯދައި ސަލާމަތީ ގޮތުން އެޅޭނެ ފިޔަވަޅުތައް ދިރާސާކޮށް އެއަށް އަމަލު ކުރުމަށް ކަމާބެހޭ ފަރާތްތަކަށްހުށަހެޅުން ހިމެނެއެވެ.

އިންޑިއާގެ އުއްތަމަ ފަނޑިޔާރު ދަނަންޖަޔާ ޔެޝްވާންތު ޗަންދްރަޗޫދު ވިދާޅުވީ  ޑޮކްޓަރުންނާއި އަންހެން ޑޮކްޓަރުންގެ ރައްކާތެރިކަން ހިމާޔަތްކުރުމަކީ ގައުމީ މަސްލަހަތާއި ހަމަހަމަކަމުގެ އުސޫލެއްކަމާއި މިހާރުން މިހާރަށް އަމަލު ކުރަންޖެހޭކަމަށްބުނެފައިވެއެވ އައިތުރު ރޭޕަކަށް މަޑެއް ނުކުރެވޭނޭކަމަށްވެސް އޭނާވަނީ ބުނެގައެވެ. 

ސްޕްރީމް ކޯޓުން ނެރެގައިވާ އަމުރުގައި ވަނީ ތިން ހަފުތާގެ ތެރޭގައި ވަގުތީ ރިޕޯޓެއް ހުށަހެޅުމާއި ދެ މަސް ދުވަހުގެ ތެރޭގައި ފައިނަލް ރިޕޯޓެއް ހުށަހެޅުމަށް ޓާސްކްފޯހަށް އަންގާފައެވެ.

ޑޮކްޓަރު މަރާލާފައި އޮއްވައި ފެނުނީ އޭނާ މަސައްކަތްކުރާ ހޮސްޕިޓަލްގެ ސެމިނާ ހޯލުންނެވެ.

ގާތްގަޑަކަށް 4 ލައްކަ މެންބަރުން ހިމެނޭ އިންޑިއާގެ އެންމެ ބޮޑު ޑޮކްޓަރުންގެ ގްރޫޕް ކަމަށްވާ އިންޑިއަން މެޑިކަލް އެސޯސިއޭޝަން އިން ވަނީ މިދިޔަ ހަފުތާ ބަންދުގައި 24 ގަޑިއިރު ވަންދެން ހަޅުތާލުކޮށްފައެވެ.

ސުޕްރީމް ކޯޓުން ވަނީ ޑޮކްޓަރުންވެސް ވީހާވެސް އަވަހަށް މަސައްކަތަށް ނިކުތުމަށް އަންގާފައެވެ.

އިންޑިއާގެ ކަލްކަތާގެ ހޮސްޕިޓަލެއްގައި މި މަހުގެ 9 ވަނަ ދުވަހު، ގުރޫޕަކުން އަންހެން ޑޮކްޓަރަކު ރޭޕުކޮށް މަރާލުމުގެ މައްސަލަ ފެންމަތިވެ އެކަމަށް އިންސާފު ހޯދުމަށާއި ރައްކާތެރި މާހައުލެއް ގާއިމު ކުރުމަށް ގޮވާލައި ޑޮކްޓަރުން ވަނީ މަގުތަކަށް ނިކުމެ ބޮޑެތި މުޒާހަރާތައް ފަށާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.