ޕީޖީ ޝަމީމް --
ހަބަރު
22 Aug 2024 | 22:13
ޕްރޮސިކިއުޓާ ޖެނަރަލްގެ މަޤާމުން ޝަމީމް ވަކިކުރުމަށް މަޖިލީހުން ފާސްކޮށްފި

ޕްރޮސިކިއުޓާ ޖެނަރަލްގެ މަޤާމުން ހުސެއިން ޝަމީމް ވަކިކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން ޝަމީމް ވަކިކުރުމަށް ނިންމާފައިވާއިރު، އޭނާ އިސްތިއުފާ ދިންކަން މީޑިއާތަކަށްވަނީ ކަށަވަރުވެފައެވެ. އެހެންނަމަވެސް، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވިގޮތުގައި، މަޖިލީހުގެ ވޯޓު ނެގުމާ ހަމައަށްވެސް އެ ސިޓީ ރައީސް އޮފީހަށް އަދި މަޖިލީހަށްވެސް ލިބިފައެއް ނުވެއެވެ.

މީޑިއާތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލިސްގެ ޖަލްސާ ފެށުމުގެ ކުރިން، ޝަމީމްވަނީ އިސްތިއުފާ ދެއްވުމަށްފަހު އޮފީހުން ނުކުމެވަޑައިގެންފައެވެ.

އިސްތިއުފާގެ ސިޓީ މީޑިއާތަކަށް ލިބިފައިވާއިރު، އެސިޓީގައި ޝަމީމް ފާހަގަކުރެއްވިގޮތުގައި އޭނާއާ ދެކޮޅަށް ކުރެވޭ ތުހުމަތުތައް ހާމަކޮށް، އޭނާގެ ޖަވާބު ސިއްރުކުރުމަކީ އަދުލު އިންސާފާއި ޤުދުރަތީ އިންސާފުގެ އުސޫލުތަކާ ޚިލާފު ކަމެކެވެ. މި ކަމާމެދު ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން، ޤާނޫނުއަސާސީގެ 226 ވަނަ މާއްދާގެ ދަށުން އޭނާ އިސްތިއުފާ ދެއްވިކަމަށް އެ ސިޓީގައި ވިދާޅުވިއެވެ.

ޝަމީމު ޕީޖީގެ މަޤާމުން ވަކިކުރުމަށް މަޖިލިހަށް ހުށަހެޅުއްވި އިތުބާރު ނެތްކަމުގެ މައްސަލައިގައި މިއަދު ޖުޑިޝަރީ ކޮމިޓީއަށް ޝަމީމް ހާޒިރުކުރެވުނެވެ. ޝަމީމް އެދިވަޑައިގަތީ ބައްދަލުވުން ހާމަކޮށް ބޭއްވުމަށެވެ. ނަމަވެސް، އޭނާއަށް ޖަވާބުދާރީވުމުގެ ފުރުސަތު ދެވުނީ ސިއްރު ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމަށްފަހު، ޖުޑިޝަރީ ކޮމިޓީން ނިންމީ ޝަމީމް ވަކިކުރުމަށް ހުށަހެޅުމަށެވެ. އަދި މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވުނެވެ.

ޝަމީމް ދެކޭގޮތުގައި، އޭނާއާ ދެކޮޅަށް ކުރެވޭ ތުހުމަތުތަކަކީ ހަޤީޤަތާ ޚިލާފު، ކުރިން ޖަވާބުދީފައިވާ މައްސަލަތަކެކެވެ. އޭނާ ވިދާޅުވީ، މެންބަރުން ޕީޖީ އޮފީހުގެ ކުރީގެ ރިޕޯޓުތަކާއި ލިޔުންތައް ބައްލަވާލެއްވިނަމަ، މިފަދަ ތުހުމަތުތަކެއް ކުރައްވާކަށް ނުޖެހޭނެ ކަމަށެވެ.

ޝަމީމް އިތުރަށް ވިދާޅުވީ، މި ތުހުމަތުތަކަކީ އޭނާ މަޤާމުން ވަކިކުރުމަށް ކުރެވޭ ހަޤީޤަތާ ޚިލާފު ތުހުމަތުތަކެއް ކަމަށެވެ. އޭނާ މި ތުހުމަތުތަކަށް ކުރިން ޖަވާބުދާރީވެފައިވާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މަޖިލީހުން މިރޭ ޝަމީމް ޕީޖީގެ މަޤާމުން ވަކިކުރުމަށް ނެގި ވޯޓްގައި ޝަމީމް ވަކިކުރަން 65 މެމްބަރުން ވޯޓްދެއްވާފައިވާއިރު، ވަކިކުރަން ނުފެންނަކަމަށް 9 މެމްބަރަކު ވަނީ ވޯޓްދެއްވާފައެވެ. އަދި ވަކިކޮޅަކަށް ވޯޓް ނުދެއްވާވެސް އެއް މެމްބަރަކު އިންނެވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jun 2026
ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަންނަމަހު ފެށޭނެ
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ 13 ރަށެއްގައި ހައުސިންގ ޔުނިޓް އެޅުމަށް އެޑްވާންސް ޕޭމަންޓު ހަމަޖެހި، ޢަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވެ ނިމިފައިވާ ކަމަށެވެ.
29 Jun 2026
ބަކިންގަމް ގަނޑުވަރުގައި ރަސްގެފާނު ނޫޅުއްވާނެ
ބަކިންގަމް ގަނޑުވަރުގެ 10 އަހަރުގެ މަރާމާތު 2025 ގައި ނިމުމުން ވެސް ޗާލްސް ރަސްގެފާނު ކުރީގެ އާވާހަކައަށް ކްލެރެންސް ހައުސްގައި ދިރިއުޅުއްވާނެ ކަމަށް ޝާހީ އޮފިޝަލުން ހާމަކުރައްވައިފި
29 Jun 2026
ސަޢޫދީ ހެލިކޮޕްޓަރެއް ވެއްޓި ދަތުރުކުރި އެންމެން ނިޔާވެއްޖެ
ސަޢޫދީ އަރަބިއްޔާގެ އަރަމްކޯގައި 14 މީހުންނާއެކު ދަތުރުކުރަމުންދިޔަ މި ހެލިކޮޕްޓަރު ވެއްޓުނީ އިއްޔެ ސައުދީ ގަޑިން 6:00 ކަންހާއިރުއެވެ. މި ހާދިސާގައި ހެލިކޮޕްޓަރުން ދަތުރުކުރި އެންމެން ވަނީ ނިޔާވެފައެވެ.
29 Jun 2026
އާންމު ދިރިއުޅުމުގެ ތެރެއިންވެސް ފައިސާ ރައްކާކުރެވިދާނެ
29 Jun 2026
ގަދަ 16 އިން ޖާގަހޯދި ފުރަތަމަ ޓީމަކަށް ކެނެޑާ
މުބާރާތުގެ ކުއާޓާ ފައިނަލުގައި ކެނެޑާ ބައްދަލުކުރަން ޖެހޭނީ މޮރޯކޯ ނުވަތަ ނެދަލޭންޑްސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ
29 Jun 2026
ފުލުހުންނަށް ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދޭނެ: ރައީސް
ރައީސުލްޖުމްހޫރިއްޔާ ވަނީ، ފުލުހުންގެ ޚިދުމަތް ދިނުމުގައި ހުރަސްތަކެއް އެބަހުރިކަން ފާހަގަކުރައްވާ އެންމެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މާލޭ ސަރަޙައްދުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދޭނެ އިތުރު މަރުކަޒަކާއި، ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދެއްވާނެކަމުގައި ވިދާޅުވެފަ އެވެ.
29 Jun 2026
ރައީސުލްޖުމްހޫރިއްޔާގެ މެޑަލް 7 ފުލުހަކަށް، ކުލަ 20 ފުލުހަކަށް
ރައީސުލްޖުމްހޫރިއްޔާގެ މެޑަލް 7 ފުލުހަކަށް، ކުލަ 20 ފުލުހަކަށް ވަނީ އަރުވާފަ އެވެ.
29 Jun 2026
ޑްރަގް ވިޔަފާރި ހިންގާ މީހުންނަށް ޓާގެޓްކޮށްގެން ފުލުހުންގެ މަސައްކަތް އިތުރު ގިޔަރަކަށް
ވަޒީރު އިތުރަށް ވިދާޅުވީ، ގޭންގު ހަދައިގެން ރަށުތެރޭގެ އަމާންކަން ނަގާލަން މަސައްކަތް ކުރަމުންދިޔަ ކުދިން އެ މާހައުލުން ދުރުކޮށް އެ ކުދިން މުޖުތަމައުގައި އަބުރުވެރިކަމާއެކު ދިރިއުޅޭނެ އަހަރެއްކަމުގައި ވެސް ކުރިއަށް މިއޮތް އަހަރު ވެގެންދާނެ ކަމަށެވެ.