ފޮރިން މިނިސްޓަރު ޒަމީރު، ސައުދީ ފަންޑުގެ ސީއީއޯ އާ ބައްދަލުކުރައްވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ
ހަބަރު
22 Aug 2024 | 23:05
ސަރުކާރުގެ އިތުރު މަޝްރޫއުތަކަށް ސައުދީ ފަންޑުގެ އެހީ ހޯދުމަށް މަޝްވަރާކޮށްފި

ސަރުކާރުގެ ތަރައްޤީގެ އެޖެންޑާގައި ހިމެނޭ އިތުރު މަޝްރޫއުތަކަށް ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓް (އެސްޑީއެފް)ގެ އެހީތެރިކަން ހޯދުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މަސައްކަތް ފައްޓަވައި, ސައުދީ ފަންޑުގެ ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދު އާ މަޝްވަރާ ކުރައްވައިފިއެވެ.

ސައުދީ އަރަބިއާއަށް ކުރައްވަމުންދާ ދަތުރުފުޅެއްގައި މިނިސްޓަރު ޒަމީރު މިއަދު ސައުދީ ފަންޑުގެ ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވިއެވެ. މި ބައްދަލުވުމުގައި ރާއްޖެއަށް އެ ފަންޑުން ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރައްޤީގެ އެޖެންޑާގައި ހިމެނޭ އުމްރާނީ ތަރައްޤީއާއި ޞިއްޙީ ޚިދުމަތް ތަރައްޤީކުރުމަށް އެ ފަންޑުގެ އެހީތެރިކަން އިތުރު ދާއިރާތަކަށް ފުޅާކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިކަމަށްވެސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ސައުދީ ފަންޑުން މިހާތަނަށް ރާއްޖޭގެ 16 މަޝްރޫއަކަށް 470 މިލިއަން ޑޮލަރު (7.2 ބިލިއަން ރުފިޔާ)ގެ އެހީ ފޯރުކޮށްދީފައިވާއިރު، އޭގެ ތެރޭގައި ފެނާއި ނަރުދަމާ އަދި އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫއުތައް ހިމެނެއެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫއަށްވެސް އެ ފަންޑުން ވަނީ ލޯނު އެހީ ދީފައެވެ.

މިދިޔަ މެއި މަހު މަރުޝަދު ރާއްޖެއަށް ކުރެއްވި ދަތުރުފުޅެއްގައި އެއަރޕޯޓު މަޝްރޫއު އަވަސްކުރުމަށް އިތުރު 100 މިލިއަން ޑޮލަރުގެ އެހީ ހަމަޖައްސައިދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.