ރާއްޖެ މިހާތަަނަށް ދުށް އެންމެ އަނިޔާވެރި އަކީ ޔާާމީން: ރައީސް ސޯލިހު

31 Mar 2019 | 13:54

ދިވެހިރާއްޖެ މިހާތަނަށް ދުށް އެންމެ އަނިޔާވެރި ވެރިއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހދ.ހަނިމާދޫގައި އޮތް ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ކުރީގެ ރައީސް ޔާމީން މިދިޔަ ފަސް އަހަރު ކުރެއްވީ ރާއްޖެ ދުށް އެންމެ އަނިޔާވެރި ހުދުމުހުތާރު ވެރިކަންކަމަށެވެ. އެގޮތުން ދައުލަތުގެ މާލިއްޔަތުން ދުވަހަކު ވެސް ވައްކަން ނުކުރާވަރަށް އެ ބޭފުޅުން އެތިއްބެވީ ވައްކަމާއި ހިޔާނާތްތައް ކުރައްވާފައިވާކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

އަދި 2014 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބު ރައީސް ޔާމީން ކާމިޔާބުކުރީ ވޯޓު ގަނެގެންކަމަށް ރައީސް ސާިލް ތުހުމަތު ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ މިދިޔަ ސަރުކާރުގެ ބައެއް ކޮރަޕްޝަންތަކަށްވެސް އަލި އަޅުއްވާލައްވާފައެވެ.

"އެމްޕީއެލް، ސަރުކާރުގެ ކުންފުންޏެއް. އެތަނުން ޑޮލަރުގަތުމުގެ ނަމުގައި 70 މިލިއަން އެތައް ރުފިޔާއެއް ނަގައި އެ ބޭފުޅުންގެ ކެންޑިޑޭޓުންނަށް ބަހައި ވޯޓު ގަނެ އެބޭފުޅުން ކާމިޔާބު ކުރި. މިއަދާ ހަމައަށް ވެސް އެ ފައިސާ އެމްޕީއެލް އަށް ނުލިބޭ. އެ ވައްކަން ވެސް އެއޮތީ ކޮށް ނިންމާފައި. މިހާރު މި ވިދާޅުވަނީ ތިމަންނައަށް ހަމަ ނޭވާ ލެވޭނީ އަނެއްކާ ވެސް މި ބާރު ދީގެންނޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

އިދިކޮޅު ޕާޓީ ޕީޕީއެމްއަށް ކަރޮޕްޝަންގެ ތުހުމަތު އަޅުވައި ވާހަކަފުޅުދެއްކެވިއިރު އެމަނިކުފާނުގެ ސަރުކާރުގެ މިހިގަމުންދާ ފަސް މަހުގެތެރޭގައި ވަރުގަދަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމަށް ތުހުމަތުދަނީ ކުރެވެމުންނެވެ. އެއީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ ކުންފުންޏަކަށް ދައުލަތުގެ މުއައްސަސާއަކުން އޮޅުވާލައިގެން 70 މިލިޔަން ރުފިޔާ ދޭން ނިންމި މައްސަލައަކާއި އަދި އެމްޑީޕީގެ ކުރީގެ އިސްވެރިޔެއްގެ ކުންފުންޏަށް 22 މިލިޔަން ރުފިޔާ ހޯދައިދިންކަމަށް ކުރެވޭ ތުހަތު ތަކެކެވެ. 70 މިލިޔަން ރުފިޔާއަކީ އެމްއެންބީސީގެ މައްޗަށް ކޯޓުންކޮށްފައިވާ ހުކުމެއް، އެކުންފުނި އުވާލުމުން ދައުލަތުގެ މުއައްސަސާއަކުން ނަގާފައިދޭ ފައިސާއެވެ.

Advertisement

ކޮމެންޓް