ތަޖުރިބާ ދަތުރެއްގައި ސީޝެލްސްގެ ދަތުރުފަތުރާއި ބެހޭ ވުޒާރާގެ ވަފުދެއް ވީއައިއޭއަށް ޒިޔާރަތްކުރުން: ފޮޓޯ/ އެމްއޭސީއެލް
ހަބަރު
23 Aug 2024 | 10:22
ތަޖުރިބާ ދަތުރެއްގައި ސީޝެލްސްގެ ދަތުރުފަތުރާއި ބެހޭ ވުޒާރާގެ ވަފުދެއް ވީއައިއޭއަށް ޒިޔާރަތްކޮށްފި

ސީޝެލްސް އެއަރޕޯޓް ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތުގައި ތަޖުރިބާ އާއި ލަފާ ހޯދުމަށް އެގައުމުގެ ދަތުރުފަތުރާބެހޭ ވުޒާރާގެ ވަފުދެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޒިޔާރަތްކޮށްފިއެވެ.

އެ ވަފުދަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން އިއްޔެ ވަނީ މަރުހަބާ ދަންނަވާފައެވެ. 

މި ޒިޔާރަތުގައި ސީޝެލްސްގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޓަނީ ޑެޖާކް އަދި އެ މިނިސްޓްރީގެ އިސް ބޭފުޅުންނާއި ސީޝެލްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިސް ބޭފުޅުންނާއި އެމް.އޭ.ސީ.އެލްގެ މެނޭޖްމަންޓުންވަނީ ބައްދަލުކުރައްވާފައެވެ. 

މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އަފްލާހް އާއި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ މުއާޒް ރަޝީދު އަދި ދިވެހިރާއްޖެއިން ސީޝެލްސްއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮނޮރަރީ ކޮންސުލް މުހައްމަދު ފިރާޤް ބައިވެރިވެވަޑައިގަތެވެ.

ސީޝެލްސްގެ ޓީމުން ބުނިގޮތުގައި އެމީހުންގެ ޒިޔާރަތުގެ އެންމެ ބޮޑު ބޭނުމަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުފަދަ މެގަޕްރޮޖެކްޓެއް ނިންމުމުގައި ރާއްޖެއިން ތަޖުރިބާކުރި ގޮންޖެހުންތައް ދެނެގަނެ، ސީޝެލްސްއިން އެއަރޕޯޓް ތަރައްޤީ ކުރުމުގައި އެ ތަޖުރިބާގެ ބޭނުން ހިފުމެވެ. 

އެހެންކަމުން ސީޝެލްގެ އެއަރޕޯޓް ތަރައްޤީ ކުރުމުގައި އެބޭފުޅުންނަށް ހުރި ގޮންޖެހުންތަކާއި، ގެންގުޅުއްވާ ވިސްނުން ޙިއްސާކޮށް އެކަމުގައި އެމް.އޭ.ސީ.އެލްގެ ތަޖުރިބާކާރު ޓީމްތަކުގެ ލަފާ ހޯދާފައިވާ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

މީގެ އިތުރުން ރާއްޖެފަދަ ޖަޒީރާ ޤައުމަކުން މިހާ ފުރިހަމަ އެއަރޕޯޓެއް ތަރައްޤީ ކުރުމުގައި ގެންގުޅޭ ވިސްނުންތަކާމެދު ޚިޔާލު ބަދަލުކޮށްފައިވާއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގައި  ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރާއި، އެއަރޕޯޓުގެ މަސައްކަތްތައް ހިނގަމުންދިޔަ ދުވެލި ބާރު ކުރުމަށް ކުރެވެމުންދާ ކަންކަން ވެސް ހިއްސާ ކުރެވިފައިވާ ކަމަށްވެސް އެމްއޭސީއެލް އިން މައުލޫމާތު ދެއެވެ.  

މި ބައްދަލުވުމަށްފަހު ވަފުދުން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ނިމިފައި ހުރި ފެސިލިޓީތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ ބޭނުން ހިފަމުންދާ ގޮތް ބަލާފައެވެ. އަދި ތަރައްޤީ ކުރަމުން އަންނަ އައު ޓާރމިނަލާއި އެއާއިގުޅޭ އެހެނިހެން މަސައްކަތްތައްވެސް ބަލާފައި ވެއެވެ.

އެއަރޕޯޓުގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އައު ކޯޑް-އެފް ރަންވޭއަކާއި، އައު ސީޕްލޭން ޓަރމިނަލަކާއި، އައު ކަރގޯ ޓަރމިނަލަކާއި، އައު ފިޔުލް ފާމް ވަނީ އޮޕަރޭޝަނަލައިޒްކޮށްފައެވެ. އަދި އެމް.އޭ.ސީ.އެލް އިން މިހާރު މަސައްކަތް ކުރަމުންދަނީ މިއަހަރުގެ ނިޔަލަށް އައު ޓަރމިނަލްގެ ބައެއް ޚިދުމަތްތައް ފަށައިގަތުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ