މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ހަބަރު
23 Aug 2024 | 13:52
ޕީޖީގެ މަޤާމަށް ބޭފުޅަކު އައްޔަންކުރަން ދައުރުން ބޭރުން ދެ ޖަލްސާއެއް ބާއްވަނީ

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލުން ބޭފުޅަކު އައްޔަންކުރުމަށް ދައުރުން ބޭރުން ދެ ޖަލްސާއެއް ބާއްވަން ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ ބާއްވާފައިވަނީ ރޭގައެވެ. އެ ޖަލްސާގައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ޙުސައިން ޝަމީމް އެ މަގާމުން ވަކިކުރަން ވަނީ ފާސްކޮށްފައެވެ. އެގޮތުން، ޝަމީމު މަގާމުން ވަކިކުރުމަށް ފެންނަކަމަށް 65 މެމްބަރުން ވޯޓުދެއްވިއެވެ. ވަކިކުރަން ނުފެންނަކަމަށް ވޯޓުދެއްވީ 9 މެމްބަރުންނެވެ.

ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމު އެއްވެސް ޙާލަތެއްގައި ހުސްވެއްޖެނަމަ، މަޤާމު ހުސްވާތާ އެންމެ ލަސްވެގެން ތިރީސް ދުވަހުގެ ތެރޭގައި އެ މަޤާމަށް މީހަކު ޢައްޔަންކުރަންވާނެއެވެ.

މިކަން ފާހަގަކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ އެންމެ ފަހު ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވީ އައު ޕީޖީއެއް އައްޔަނު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ދައުރުން ބޭރުގައި ދެ ޖަލްސާއެއް ބާއްވަންޖެހޭނެކަމަށެވެ.

."ޕްރޮސިކިއުޓަރ ޖެނަރަލްގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމަށް އާ ބޭފުޅަކު 30 ދުވަހުގެ ތެރޭގައި އައްޔަން ކުރަން ޖެހޭކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ގާނޫނުގައި ބަޔާންކޮށްފައިވޭ. އެހެންނަމަވެސް އަޅުގަނޑުމެން ރިސެސްއަށް ދާތީވެ، ދައުރުން ބޭރުގައި ދެ ޖަލްސާއެއް ބާއްވަންޖެހޭނެ ޕްރޮސެކިއުޓަރ ޖެނެރަލް އައްޔަން ކުރެއްވުމަށްޓަކައި. އެއީ ރައީސުލްޖުމްހޫރިއްޔާ ނަންފުޅު ފޮނުއްވުމުން އިއްވަން ބާއްވާ ޖަލްސާ އާއި ދެން ނަންފުޅު ކޮމިޓީއަށް ފޮނުވުނީމަ، ކޮމިޓީން ނިންމާފަ އެންގުމުން ނަންފުޅު ފާސްކުރުމަށް ބާއްވާ ޖަލްސާ"

މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް

ނާޒިމް ވިދާޅުވީ ދައުރުން ބޭރުން ޖަލްސާ ބޭއްވުމުގެ 3 ދުވަސް ކުރިން މެމްބަރުންނަށް ނޯޓިސް ފޮނުއްވާނެކަމަށެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުން ޝަމީމް ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދެވެ. މިމައްސަލަ ޖުޑީޝަރީ ކޮމިޓީގައި ދިރާސާކޮށް ޖަވާބުދާރީވުމުގެ ފުރުސަތު ޝަމީމަށްދިނުމަށްފަހު ކޮމެޓީން ވަނީ، ޝަމީމް މަގާމުން ވަކިކުރަން ފާސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.