ޣައްޒާގެ މެދުތެރޭގައިވާ އަބްދުﷲ އައްޒާމް މިސްކިއް:ފޮޓޯ/ އަލް-ޖަޒީރާ
ދުނިޔެ
25 Aug 2024 | 11:01
ނިރުބަވެރި އިސްރާއީލުން މާތްވެގެންވާ ޤުރުއާން އަންދައި، އިރާ ވީޑިއޯ ތަކެއް އާއްމުވެއްޖެ

ޣައްޒާގެ މިސްކިތެއްގައި ހައްދުފަހަނަ އަޅާފައިވާ އިސްރާއީލު ސިފައިން ޤުރުއާނުގެ ކޮޕީތައް އަންދާލުމުން އެކަން ކުށްވެރިކޮށް ނުރުހުން ފާޅުކުރުމަށް އަރަބި އަދި މުސްލިމް ޤައުމުތަކަށާއި ޖަމިއްޔާތަކަށް ހަމާސް އިން ގޮވާލައިފިއެވެ.

އަލްޖަޒީރާއިން އިސްރާއީލު ސިފައިންގެ ކެމެރާތަކުން ހޯދާފައިވާ ފުޓޭޖްތައް ގެނެސްދީފައިވާއިރު، މުސްލިމުންގެ މާތް ފޮތުގެ ސަފުހާތައް ވީދާލާ ރޯކުރާމަންޒަރާއި، ޣައްޒާގެ އުތުރުގައި ހުންނަ ބަނީ ސާލިހް މިސްކިތުގައި އަލިފާން ރޯކުރާ މަންޒަރު ވެސް ވަނީ ދައްކާފައެވެ.

ހަމާސްއިން ބުނެފައިވަނީ މިކަމުންވެސް އިސްރާއީލުގެ ނިރުބަވެރިން ފަލަސްޡީނުގެ ބިމަށް ނަފުރަތުކުރާވަރު އެންގޭކަމަށެވެ.

ޚާން ޔުނިސްގެ ތާރީހީ މިސްކިތަށް ބޮން ގޮއްވާލި މަންޒަރު ދައްކުވައިދޭ އިޒްރޭލުގެ ޑްރޯނެއްގެ ވީޑިއޯއެއް ވެސް އެ ޗެނަލުން ވަނީ އާންމުކޮށްފަ އެވެ.

ޣައްޒާ މީޑިއާ އޮފީހުން ބުނީ ފާއިތުވި 10 މަސް ދުވަހުގެ ތެރޭގައި އިސްރާއީލުން ވަނީ ޣައްޒާގެ 610 މިސްކިތާއި ތިން ފައްޅި މުޅިން ހަލާކުކޮށްލާފައެވެ.

ހޮނިހިރު ދުވަހު ހަމާސް ޖަމާއަތުން ވަނީ ފަލަސްތީނުގެ މުސްލިމުންނާއި ކްރިސްޓިއަނުންގެ މާތް ތަންތަން ދިފާއުކޮށް ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމް ނިމުމަކަށް ގެނައުމަށް "ދުނިޔޭގެ މިނިވަން ރައްޔިތުންނަށް" ގޮވާލާފައެވެ.

އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ 40،200 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.