އދ.ގެ ލަޝްކަރުގެ ސިފައިން ލުބުނާންގައި ހަރަކާތްތެރިވަނީ --
ދުނިޔެ
28 Aug 2024 | 23:41
އދ.ގެ ސުލުޙަ ބަލަހައްޓާ ލަޝްކަރު ލުބުނާންގައި ތިބޭ މުއްދަތު އިތުރުކޮށްފި

އދ.ގެ ސުލުޙަ ބަލަހައްޓާ ލަޝްކަރު ލުބުނާންގައި ތިބޭ މުއްދަތު އިތުރުކޮށްފިއެވެ.

ބުދަ ދުވަހު ބޭއްވުނު ޔޫއެން ސެކިއުރިޓީ ކައުންސިލުގެ ބައްދަލުވުމެއްގައި، ލުބުނާންގައި ހަރަކާތްތެރިވާ އިންޓަރިމް ފޯސް (ޔޫނިފިލް) ގެ މުއްދަތު އަހަރު ދުވަހަށް އިތުރުކުރުމަށް ވަނީ ފާސްކޮށްފައެވެ. ފްރާންސްއިން ހުށަހެޅި މި ޤަރާރުގައިވާ ގޮތުން، ޔޫނިފިލްގެ މުއްދަތު 2025 ވަނަ އަހަރުގެ އޯގަސްޓް 31 ވަނަ ދުވަހާ ހަމައަށް އިތުރުކުރެވިފައިވެއެވެ.

ކައުންސިލުގެ 15 މެންބަރުންގެ އިއްތިފާޤުން މި ޤަރާރު ފާސްކުރެވުނެވެ. ވޯޓުލުމުގެ ކުރިން ވާހަކަދައްކަމުން، ޔޫއެންއަށް ކަނޑައަޅާފައިވާ ފްރާންސްގެ ޑެޕިއުޓީ ޕަރމަނަންޓް ރެޕްރެޒެންޓޭޓިވް ނަތަލީ ބްރޯޑްހަރސްޓް ވިދާޅުވީ، ބްލޫ ހެލްމެޓުން މިހާރު ވަރަށް ނުރައްކާތެރި ހާލަތެއްގައި ތިބި ނަމަވެސް، އެ ފަރާތްތަކުން ކުރަމުންދަނީ ފާހަގަކޮށްލެވޭފަދަ މަސައްކަތްތަކެއް ކަމަށެވެ.

މީގެ އިތުރުން، މި ޤަރާރުގައި ހަނގުރާމަވެރި ޙަރަކާތްތައް ހުއްޓާލުމަށާއި، ހުރިހާ ފަރާތްތަކުންވެސް ވަގުތުން ކަންކަން މަޑުޖައްސާލުމަށް މަސައްކަތްކުރުމަށް ގޮވާލާފައިވާ ކަމަށް ބްރޯޑްހަރސްޓް ވިދާޅުވިއެވެ.

ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ޢުދުވާނީ ހަމަލާތަކާ ގުޅިގެން، ލުބުނާން އާއި އިޒްރޭލާ ދެމެދުގައިވާ ސަރަހައްދުގައި ޙިޒްބުﷲއާއި އިޒްރޭލުގެ ސިފައިންނާ ދެމެދު ހަމަލާތައް ބަދަލުކުރެވެމުންދާތީ، އެ ސަރަހައްދުގައި ހަލަބޮލިކަން އިތުރުވެފައިވެއެވެ.

އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ޣައްޒާގައި 40،500 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.